ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޕްރޮސެސްތަކަށް އަވަސް ކުރުމަށް ހުއްދަ ދިނިން: އަމީރު

ހެލްތް މިނިސްޓަރު އަބްދުﷲ އަމީނާއި، ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު
ޝެއާރކޮށްލާ ކަހަލަދޯ؟

ކޮވިޑާއި ދެކޮޅަށް ކުރާ މަސައްކަތްތަކުގައި އަވަހަށް ތަކެތި ހޯދުން އެއީ ވަގުތު ނަގާނެ ކަމަކަށް ވާތީ ބައެއް ޕްރޮސެސްތަކަށް މާލިއްޔަތު ގަވައިދު ތަން ދިން ގޮތަކުން އަވަސް ކުރުމަށް ހުއްދަ ދީފައިވާނެކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވެއްޖެއެވެ.

އަމީރު ކޮމިޓީއަށް ހާޒިރުކޮށްފައިވަނީ ކޮވިޑާއި ގުޅިގެން ކުރި ހަރަދުތަކަށް އޮޑިޓާ ޖެނެރަލް އޮފީހުން ތައްޔާރުކުރި އޮޑިޓު ރިޕޯޓުގައި ހެލްތު މިނިސްޓްރީން ވެންޓިލޭޓަރު ހޯދުމުގައި ގޯސްތަކެއް ހަދާފައިވާ ކަމުގައި ފާހަގަވުމާ ގުޅިގެންނެވެ.

ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގައި ވާހަކަ ދައްކަވަމުން އަމީރު ވިދާޅުވީ ދުނިޔޭގެ ގައުމުތަކުގައި ކޮވިޑް-19 ފެތުރެމުން ދިޔައީ ވަރަށް ބާރު ސްޕީޑެއްގައި ކަމަށެވެ. އަދި އޭގެ ސަބަބުން ވެންޓިލޭޓަރަށް ގައުމުތަކުގެ ޑިމާންޑު ބޮޑުވެ، އެ ގައުމުތަކުން ދިބީ ކިތަންމެ ބޮޑު އަގެއްގައި ވެސް ވެންޓިލޭޓަރުތައް ގަތުމަށް ތައްޔާރަށް ކަމަށެވެ.

އަމީރު ވަނީ އޭގެ މިސާލެއްގެ ގޮތުގައި ހަލުވިކަމާއި އެކު ކޮވިޑު ފެތުރެމުންދިޔަ އެމެރިކާ ފާހަގަ ކުރައްވާފައެވެ. އޭގެ އިތުރުން އިޓަލީގައި އެއްވެސް ކޮންޓްރޯލެއް ނެތި ބަލި ފެތުރެމުންދިޔައިރު، ވެންޓިލޭޓަރުތަކަށް ލާން ޖެހުނު މީހުން އޮތީ ގިނަވެފައިކަމަށް އަމީރު ވިދާޅުވިއެވެ.

އަމީރު ވިދާޅުވީ މާލެއިން އެންމެ ފުރަތަމަ ކޮވިޑުގެ ކޭސްއެއް ފެނި، މުޅި މާލެ ސަރަހައްދު އެކީ ލޮކްޑައުންކޮށް އަރާ ފޭބުން މަނާ ކުރީ އޭޕްރިލް މަހުގެ 15 ގައި ކަމަށެވެ. އަދި އޭގެ ކުރިން ރާއްޖެއިން ވެސް މި ބަލި ފެނިދާނެކަމަށް ބަލާ، ހޯދަންޖެހޭ މެޑިކަލް ސާމާނުތައް ހޯދުމުގެ މަސައްކަތްތައް ކުރިޔަށް ގެންދެވުނުކަމަށް އަމީރު ވިދާޅުވިއެވެ. އެހެން ކަމުން މާލޭން ކޮމިއުނިޓީ ސްޕްރެޑެއް ފެނުނުއިރު ބޭނުންވާ ޕީޕީއީތަކާއި، ކޮވިޑަށް ފަރުވާދެވޭނެ އައިސޮލޭޓު ކުރެވިފައިވާ އެނދާއި، ފަރުވާ ދޭން ބޭނުންވާ މެޑިކަލް އިކުއިޕްމެންޓުތައް ބޭނުންވާނެ ކަމަށް ސިއްހީ ދާއިރާގެ މާހިރުން ދިޔައީ ބުނަމުން ކަމަށެވެ. އަދި ތަކެތީގެ ބޭނުން ޖެހުނުއިރު ގިނަ ތަކެތި ހޯދައިފައިވާ ކަމަށް އަމީރު ވިދާޅުވިއެވެ،

އަމީރު ވިދާޅުވީ މިހާރު ވެސް މާލެއިން ފެންނަ ކޭސްތަކުގެ އަދަދު 100 އިން މައްޗަށް އަރާއިރު ސިއްހީ ނިޒާމަށް ކިރިޔާވެސް އެ ކޯޕް ކުރެވެނީ ސިއްހީ ދާއިރާގެ މަސައްކަތްތެރިންގެ ސަބަބުންނާއި، އޭރު ކުރެވުނު އިންވެސްޓުމެންޓުތަކުގެ ވެސް ސަބަބުން ކަމަށެވެ.

”އަޅުގަނޑުމެން 300 އެނދުގެ ފަރުވާ ދޭނެ މަރުކަޒެއް ހުޅުމާލޭގައި ގާއިމް ކުރިން. ރާއްޖޭގެ ފަސް ސަރަހަދެއްގައި މިފަދަ މަރުކަޒުތައް ގާއިމް ކުރިން. ކޮވިޑުގެ ޓެސްޓުތައް އެންމެ ފުރަތަމަ ހެދީ ރާއްޖެއިން ބޭރަށް ފޮނުވައިގެން، މިއަދު އެއް ހާހަށް ވުރެ ގިނަ ޓެސްޓު ހެދުމުގެ ގާބިލުކަން ވަނީ އުފެއްދިފައި. ބޭނުންވާވަރަށް ކޮންސިއުމަބްލަސް އާއި ޕީޕީތައް އެބަހުރި އަދިހަމަ އެހެންމެ އިޖްތިމާއީ ރައްކާތެރިކަމާއި، އިގްތިސޯދީ ރިލީފް ދިނުމަށް ގިނަ ގުނަ މަސައްކަތްތަކެއް ކުރެވިއްޖެ.“ އަމީރު

މީގެ އިތުރުން ކޮމިޓީގައި އަމީރު ވިދާޅުވީ މިފަދަ ކޮންމެ މަސައްކަތްތަކެއް ވެސް ކުރަނީ، ހާލަތާއި ބަލައި އެންމެ ފުރިހަމަ ގޮތުގައި ކުރުމަށް ކަމަށެވެ. ސިއްހީ ގޮތުން ފުރިހަމަ ކުރަން ޖެހެނީ ފަރުވާ ދޭނެ ހިދުމަތްތައް ގާއިމް ކުރުމާއި، މެޑިކަލް އިކުއިޕްމެންޓުތަކާއި ޕީޕީތައް ހޯދުމަށް ކަމަށާއި، މި ހުރިހާ ސާމާނެއް ވެސް ހޯދަން ޖެހިފައިވަނީ އަވަސް ގޮތަކަށް ކުރު މަގަކުން ކަމަށް އަމީރު ވިދާޅުވިއެވެ.

އަމީރު ވިދާޅުވީ، ކޮވިޑާއި ދެކޮޅަށް ކުރާ މަސައްކަތްތަކުގައި އަވަހަށް ތަކެތި ހޯދުމަށް ކުރާ މަސައްކަތްތަކުގައި ހުރިޙާ ކަމެއްގެ ތެރެއިން ކުރިޔަށް ދިއުން އެއީ ވަގުތު ނަގާނެ ކަމަކަށް ވާތީ ބައެއް ޕްރޮސެސްތަކަށް މާލިއްޔަތު ގަވައިދު ތަން ދިން ގޮތަކުން އަވަސް ކުރުމަށް ހުއްދަ ދީފައިވާނެ ކަމަށެވެ.

”މިގޮތުން ޕްރޮކިއުމަންޓް ޕްރޮސެސް އަވަސް ކުރުމުގެ ގޮތުން އެންމެ ފުރަތަމަ ފިނޭންސުން ދީފައިވާ ހުއްދައަކީ 2.5 މިލިއަން ރުފިޔާއަށް ވުރެ މަތީ ބިޑުތައް ހެލްތް މިނިސްޓްރީގެ ބިޑު ކޮމިޓީން ނިންމުމަށް ދިން ހުއްދަ. މި ހުއްދައަކީ މިނިސްޓްރީ އޮފް ހެލްއިން 13 ފެބްރުއަރީ 2020 ގައި އެކަމަށް އެދުމުން އެއީ އެ ހާލަތުގައި ގިނަ ތަކެތި ޕްރޮކިއުއާރ ކުރަން ޖެހޭތީ އެ ތަކެތި އަވަހަށް ހޯދުމަށް މަގުފަހިކޮށްދިނިމުގެ ގޮތުން ދިން ހުއްދައެއް. މި ހުއްދަ ދީފައި ވަނީ 17 ފެބްރުއަރީގައި އެއް މަސް ދުވަހުގެ ނިޔަލަށް އަދި 25 ފެބްރުއަރީ ގައި މި މޭރުމުން ހޯދާ ތަކެތީގެ މައުލޫމާތާއި، އެވޯޑު ކުރި ފަރާތާއި މިނިސްޓްރީ އޮފް ފިނޭންސްގެ ޓެންޑާރ ޑިޕާޓްމެންޓާއި ހިއްސާ ކުރަން ވާނީ އެދިފައި“ އަމީރު

އަމީރު ވިދާޅުވީ އޭގެ ބޭނުމަކީ ފިނޭންސްއިން ދިން ހުއްދަ ބޭނުން ކުރި ގޮތް މޮނީޓާރ ކުރުން ކަމަށެވެ. ދެވަނަ ފަހަރަށް މުއްދަތު އިތުރުކޮށް ވެސް ސިޓީގައި ހުރިހާ މަސައްކަތްތަކެއް ދައުލަތުގެ މާލިއްޔަތު ގަވައިދާއި އެއްގޮތަށް ކުރިޔަށް ގެންދިއުމަށް އަންގާފައިވާނެކަމަށް އަމީރުގެ ވާހަކައިގައި ވަނީ ފާހަގަ ކުރައްވާފައެވެ.

މި ހުރިހާ މަގެއް ދައްކައިދިނީ، ސިއްހީ ކެޕޭސިޓީ އިތުރު ކުރަން ޖެހިފައި ވުމުގެ ސަބަބުން ކަމަށް އަމީރު ވިދާޅުވިއެވެ. އަދި ނުރައްކާތެރި ހާލަތަކަށް ނުވަތަ، އެންމެ ގޯސް ހާލަތަކަށް ވެސް ތައްޔާރުވާން ޖެހޭތީ ކަމަށެވެ. ހުއްދަ ދީފައިވާނީ ވެސް މާލިއްޔަތު ގަވައިދުގެ ދަށުން ކަމަށް އަމީރު ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 100%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: