ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މޭޔަރު ސިފާގެ އިތުބާރު ނެތްކަމުގެ މައްސަލަ މާދަމާ ތިނެއް ޖަހާއިރު!

މާލޭ ސިޓީ ކައުންސިލްގެ މެމްބަރުން/ ފޮޓޯ: މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

މާލޭ ސިޓީ މޭޔަރު ސިފާ މުހައްމަދުގެ އިތުބާރުގެ ނެތްކަމުގެ މައްސަލަ މާދަމާ ނެގުމަށް ތައްޔާރުވެއްޖެއެވެ.

މާލޭގެ ރައްޔިތުންނަށް ޚިދުމަތް ނުދެވޭތީ އާއި ލާމަރުކަޒީ ގާނޫނާ އެއްގޮތަށް ކައުންސިލް ނުހިންގަވާ ކަމުގެ ތުހުމަތާ އެކު ޝިފާގެ އިތުބާރު ނެތް ކަމުގެ ވޯޓެއް ނަގަން އެޖެންޑާކޮށްފައިވަނީ މާދަމާގެ 03:00 އަށެވެ. އެމްޑީޕީގެ ބޮޑު މެޖޯރިޓީއެއް އޮތް އެމްޑީޕީގެ މެމްބަރުންގެ ތެރެއިން 08 ބޭފުޅެއް ސިފާގެ އިތުބާރު ނެތްކަމަށް ތާއީދުކޮށްފައި ވެއެވެ.

ސިފާގެ އިތުބާރު ނެތްކަމަށް ކައުންސިލަށް ހުށަހަޅާފައިވަނީ ވެސް ފަހަކަށް އައިސް ސިފާ އާއި ޑެޕިއުޓީ މޭޔަރު ޝަމާއު ޝަރީފާއި ބޮޑެތި މައްސަލަތަކެއް ޖެހި، ހިޔާލުތަފާތުވުންތަކެއް އުފެދިފައިވާ މާފަންނު އުތުރު ދާއިރާގެ ކައުންސިލަރު މުހައްމަދު ފަޒީނެވެ.

ފަޒީން ވަނީ މީގެ ކުރިން ވެސް ސިފާ ސިޓީ ކައުންސިލްގެ ގަވައިދާއި ހިލާފަށް ކުރައްވާ މަސަައްކަތްތަކުގެ މައްސަލަ ހުށަހަޅާފައެވެ. އަދި އޭގެއިން ބައެއްކަން ކަން ސޯޝަލް މީޑިއާގައި ވެސް ފަޒީން ހިއްސާކޮށްފައި ވެއެވެ.

ސިފާގެ އިތުބާރު ނެތްކަމަށް ސިފާ ހުށަހަޅާފައިވަނީ 39 މައްސަލައަކާއި އެކުއެވެ. އެ މައްސަލައިގައި ބުނެފައިވަނީ ސިފާ ސިޓީ ކައުންސިލްގެ މަސައްކަތްތައް ކުރައްވަނީ ލާމަރުކަޒީ ގާނޫނާއި ހިލާފަށް އަމިއްލަ ގޮތްތައް އިސްކޮށްގެން ކަމަށެވެ.

މާލެ ސިޓީ މޭޔަރު، ކައުންސިލްއިން ނިންމަންޖެހޭ ނިންމުތަކުގައި ދުވަހަކުވެސް ގާނޫނާއި ގަވާއިދާއި އެއްގޮތަށް އަމަލުކޮށްފައި ނުވާކަމަށް ފަޒީން ވިދާޅުވެފައި ވެއެވެ. މޭޔަރު ސިފާގެ އަމަލުތައް ހުރިގޮތުން އޭގެ ގެއްލުންތައް ލިބެނީވެސް ދިވެހި ދައުލަތަށް ކަމަށް އެ ޓްވީޓުގައި ފަޒީން ވަނީ ވިދާޅުވެފައެވެ.

ސިފާގެ އިތުބާރު ނެތްކަމުގެ މައްސަލައިގައި ކުރައްވާފައިވާ ޓްވީޓެއްގައި ވިދާޅުވެފައިވަނީ ކައުންސިލްގެ އެއްވެސް މަސަައްކަތެއް އަމިއްލަ މަންފާއަށް ނުކުރާ ކަމަށެވެ. އަދި މިއީ ޒާތީ މައްސަލައަކާއި ހެދި ހުށަހަޅާފައިވާ ވޯޓެއްގެ ގޮތުގައި ސިފާ ވަނީ ތުހުމަތު ކުރައްވާފައެވެ.

ވަރަށް ގަދަ
29%ވަރަށް ގަދަ 14%ވަރަށް ގަޔާވޭ 57%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: