ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ވެންޓިލޭޓަރުތައް ގެނައުމަކީ ހާސްކަމެއްގެ ތެރޭގައި ތިބެންގެން ކުރެވުނުކަމެއް: އަމީރު

ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު:_ ފޮޓޯ_ ސަން
ޝެއާރކޮށްލާ ކަހަލަދޯ؟

ކޮވިޑު-19ގެ ފަރުވާ އަށް ރާއްޖެ އަށް ބޭނުންވި ވެންޓިލޭޓަރުތައް ހޯދުމަށް ދުބާއީގެ އެގްޒެކިއުޓާސް ޖެނެރަލް ޓްރޭޑިންގ އާއި ޙަވާލުކުރުމަށް މަސައްކަތް ކުރެވުނީ ވަރަށްބޮޑު ހާސްކަމެއްގެ ތެރޭގައި ތިބެގެންކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވެއްޖެއެވެ.

ކޮވިޑް-19 އާ ގުޅިގެން ރާއްޖެއަށް ބޭނުންވާ ވެންޓިލޭޓަރުތަކެއް ހޯދުމުގައި ހެލްތު މިނިސްޓްރީން ކުރި ހަރަދުގައި ބޮޑެތި އޮޅުވާލުންތަކެއް ހުރި ކަމަށް އެކަމަށް ހެދި ހާއްސަ އޮޑިޓު ރިޕޯޓުން ވަނީ ފާހަގަކޮށްފަ އެވެ. އަދި އެ ރިޕޯޓާއި ގުޅިގެން ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރުވަނީ ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީއަށް ހާޒިރުކުރައްވާފައެވެ.

މާލިއްޔަތު ކޮމިޓީގެ ބައްދަލުވުމުގައި، ވެންޓިލޭޓަރުތައް ގެނައުމުގައި ހެލްތު މިނިސްޓްރީން މަސައްކަތްކޮށްފައިވަނީ އޮޅުވާލުމެއްގެ ތެރެއިން ކަމަށް ޤާބޫލުކުރައްވާތޯ މެންބަރަކު ސުވާލު ކުރެއްވުމުން އަމީރު ވިދާޅުވީ އޭރުގެ ޙާލަތު އޮތް ގޮތުން އެމަސައްކަތް ކުރެވުނީ ވަރަށް ޙައްސާސް ދަނޑިވަޅެއްގެ ގޮތުގައި ބެލިގެން ކަމަށެވެ.

އަމީރު ވިދާޅުވީ ވެންޓިލޭޓަރުތައް ގެނައުމުގެ މަސައްކަތަކީ އިމަޖެންސީ ޕްރޮކިއުމަންޓެއްގެ ތެރެއިން ވަރަށް ޙައްސާސް ދަނޑިވަޅެއްގައި އެންމެން ހާސްކަމެއްގެ ތެރޭގައި ތިބެގެން ކުރެވުނު ކަމެއް ކަމަށެވެ.

”އަޅުގަނޑު ކުރިންވެސް ފާހަގަކުރިހެން، އިމަޖެންސީ ޕްރޮކިއުމަންޓުގެ ތެރެއިން، އޭރުގެ އޮތް ހާލަތުގެ ތެރެއިން ހަމަ ވަރަށް ޙައްސާސް ދަނޑިވަޅެއްގައި އެންމެ ހާސްކަމެއްގެ ތެރޭގައި ކުރެވުނު ކަންތައްތަކެއް، އަޅުގަނޑު ކުރިންވެސް ފާހަގަކުރިހެން އެކަންކަން ކުރަން ހުއްދަދީފައިވާނީ ސިންގަލް ސޯސް ޕްރޮކިއުމަންޓުގެ ތެރެއިން ބިޑްކޮމިޓީއަށް ހުށަހަޅައިގެން ކަންކަން ކުރަން“ މިނިސްޓަރު އަމީރު

މީގެ އިތުރުން އަމީރު ވިދާޅުވީ ވެންޓިލޭޓަރުތައް ގެނައުމުގައި ހެލްތު މިނިސްޓްރީން އޮޅުވާލާފައިވޭ ނުވަތަ ނޫންތޯ ބެލުމަކީ ފިނޭންސް މިނިސްޓްރީގެ ޒިންމާއެއް ނޫން ކަމަށެވެ. ނަމަވެސް އިދާރީ ގޮތުން އަޅަންޖެހޭ ފިޔަވަޅުތަކާއި ރަނގަޅުކުރަން ހުރި ކަންކަން މިނިސްޓްރީގައި ޤާއިމްވެފައިވާ ކޮމިޓީތަކަށް ހުށަޅުއްވައިގެން ބައްލަވާނެ ކަމަށް އަމީރު ވިދާޅުވިއެވެ.

ދުބާޢީ ކުންފުންޏާއި ޙަވާލުކުރި ވެންޓިލޭޓަރުތަކުގެ މައްސަލަ ފުލުހުންނާއި އޭސީސީންވެސް ތަހުގީގު ކުރަމުން އަންނާތީ އޮޅުވާލާއި އެނޫންވެސް ކަމެއްވާނަމަ އެފަރާތްތަކުން ފާހަގަކުރައްވާނެ ކަމަށް އަމީރު ވިދާޅުވިއެވެ.

ވެންޓިލޭޓަރުތައް ގެންނަން ދުބާއީގެ ކުންފުންޏާ 34 މިލިއަން ރުފިޔާ އަށް ހަވާލުކުރީ ޖުމްލަ ފައިސާ ދައްކާތާ 29 ދުވަހުގެ ތެރޭގައި ގެނައުމަށެވެ. ގެރެންޓީއަކާ ނުލައި އެޑްވާންސް ޕޭމަންޓުގެ ގޮތުގައި ޕްރޮޖެކްޓުގެ އަގުގެ 90 ޕަސެންޓަށްވާ 30 މިލިއަން ރުފިޔާ އެ ކުންފުންޏަށް ވަނީ ދީފަ އެވެ. މެޑްޓެކާ ހަވާލުކުރި 50 ވެންޓިލޭޓަރު ވަނީ ލިބިފަ އެވެ. އެކަަމަކު ރާއްޖޭގެ އަނެއް ކުންފުނި ނާޑްއާ ހަވާލުކުރި 20 ވެންޓިލޭޓަރު އަދި ނުގެނެވެ އެވެ.

ދުބާއީ އެގްޒެކިއުޓާސް ޖެނެރަލް ޓްރޭޑިންގ އިން މިހާތަނަށް ރާއްޖެއަށް 10 ވެންޓިލޭޓަރެއް ފޮނުވާފައިވެއެވެ. ނަމަވެސް އެއްބަސްވުމާ އެއްގޮތަށް ސްޕެސިފިކޭޝަން ދިމާނުވާ އެ ވެންޓިލޭޓަރުތައް ފަރުވާ އަށް ބޭނުންކުރުން ރަނގަޅުނޫން ކަމަށް ބަޔޯމެޑިކަލް އިންޖިނިއަރުންގެ ޓީމަކުން ވަނީ ނިންމައިފައެވެ.

ވަރަށް ގަދަ
20%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 80%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

One Response

  1. ވަގުން ވެސް ވައްކަންކުރަން ހާސްކަމާއި ނުތަނަވަސްކަނުގެ ތެރެއިންނޭ އަދި ވަގަށްނެގި އެތިވެސް އަނބުރާ ރައްދުކުރެއޭ އެކަމަކުވެސް އެމީހުންގެ މައްޗަށް ދަޢުވާކުރެއޭ ސާބިތުވެއްޖެނަމަ ޙުކުމްކޮށް އަދަބުވެސްދޭ. އެއީ އެހެންމީހުންގެ މުދަލެއް މަސްތުވެ ހުރެގެންނާއި ހާސްކަމުގެ ތެރެއިން ވަގަށްނެގީތީއެވެ.

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: