ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މައިންބަފައިންނާއި ބެހި ބޭއަދަބީ ބަސްތަކުން ގޮވިއަސް މަސްއޫލިއްޔަތު އަދާކުރުމުން ފަހަތަކަށް ނުޖެހޭނަން : އަކްރަމް

އިލެކްޝަންސް ކޮމިޝަންގެ ކުރީގެ ނައިބް ރައީސް އަހުމަދު އަކްރަމް
ޝެއާރކޮށްލާ ކަހަލަދޯ؟

މައިންބަފައިންނާއި ބެހި ބޭ އަދަބީ ބަސްތަކުން މުޙާތަބު ކުރިއަސް މަސްއޫލިއްޔަތު އަދާކުރުމުން ކުޑަ ތަންޅެއްވެސް ފަހަތަށް ނުޖެހޭނެ ކަމަށް އިލެކްޝަންސް ކޮމިޝަން ގެ ނައިބު ރައީސް އަހުމަދު އަކްރަމް ވިދާޅުވެއްޖެއެވެ.

އަކްރަމް މިހެން ވިދާޅުވީ އިދިކޮޅުން ހުކުރު ދުވަހު ބޭއްވި ސައިކަލު ބުރުގައި ގާނޫނާ ގަވައިދާ ހިލާފު ކަންތައް ތަކެއް ހުރި ކަމަށް ބުނުމުން, އިދިކޮޅުން އަކުރަމް އަށް ފާޑުކިޔަމުންދާ ދަނޑިވަޅެއްގައެވެ.

ސަންގާ ވާހަކަ ދައްކަމުން އަކްރަމް ވިދާޅުވީ ކިތަންމެ ވަރަކަށް އިންޒާރުތައްދީ މައިންބަފައިންނާ ބޭ އަދަބީ ކޮށް މުޙާތަބު ކުރިޔަސް މަސްއޫލިއްޔަތު އަދާކުރުމުގައި ފަހަތައް ނުޖެހޭނެ ކަމަށެވެ.

‘ގާނޫނު ތަކުގެ ތެރޭގައި ތިބުމަށް ބުނުމަކީ އިންޒާރުދީ މައިންބަަފައިންނަށް ބޭއަދަބީ ބަސްތަކުން ގޮވަން ޖެހޭނެ ސަބަބެއް ނޫން , މަގާމުގެ މަސްއޫލިއްޔަތު އަދާކުރުމުގައި ކުޑަކޮށްވެސް ފަހަތަކަށް ނުޖެއްސެވޭނެ ” އަކްރަމް ވިދާޅުވިއެވެ.

މީގެ އިތުރުން އަކްރަމް ވަނީ ރިވެތި އަޙުލާގުތައް އިސްކުރުމަށް ގޮވާލާފައެވެ.

މާލެ ސިޓީގައި ނުރައްކާތެރި މިންވަރަކަށް ކޮވިޑު ބަލި ފެތުރެމުންދާއިރު، އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނުން އިންތިޒާމުކޮށްގެން ބޭއްވި، އިހުތިޖާޖަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ސަރުކާރަށް ތާއިދުކުރާ ފަރާތްތަކުންވެސްވަނީ ފާޑު ކިޔާފައެވެ. އެމަނިކުފާނުގެ ވާހަކަފުޅުގައި ވިދާޅުވީ މި ދުވަސްވަރަކީ ކޮވިޑްގެ ބަލިމަޑުކަމުގެ ނުރައްކާ ވެރިރަށް މާލެ ސިޓީގައި ބޮޑު ދުވަސްވަރެއް ކަމަށެވެ. އެހެން ނަމަވެސް ހެލްތް ެޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) ގެ ގައިޑްލައިންތަކާއި ހިލާފަށް ބަަޔަކު އުޅެމުންދާ މަންޒަރު ފާހަގަ ކުރެވޭ ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 100%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: