ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އީސީއިން އަކްރަމް ވަކި ކުރުމަށް ނިންމީ ޖިންސީ ފުރައްސާރައިގެ މައްސަލައެއްގައެއް ނޫން: ރޮޒެއިނާ

އިލެކްޝަންސް ކޮމިޝަންގެ ކުރީގެ ނައިބް ރައީސް އަހުމަދު އަކްރަމް
ޝެއާރކޮށްލާ ކަހަލަދޯ؟

އިލެކްޝަންސް ކޮމިޝަންގެ މެމްބަރު ކަމުން އަހުމަދު އަކްރަމް ވަކި ކުރުމަށް ނިންމީ ޖިންސީ ފުރައްސާރައިގެ މައްސަލައެއްގައި ނޫން ކަމަށް މިނިވަން މުވައްސަސާތަކައި ބެހޭ ކޮމިޓީގެ މުގައްރިރު ރޮޒެއިނާ އާދަމް ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިނިވަންމުޢައްސަސާތަކާ ބެހޭ ކޮމެޓީއަށް ހުށަހެޅިފައިވާ މައްސަލައަކާ ގުޅިގެން އަކްރަމް ވަނީ މަގާމުން އިސްތިއުފާ ދެއްވާފައެވެ. އަދި އެކަމާއި ގުޅިގެން ތަފާތު އެކި ވާހަކަތައް ފެތުރެމުން ދާއިރު، ރޮޒެއިނާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ބަލަމުން ދަނީ ސުލޫކީ މައްސަލައެއް ކަމަށެވެ. އަދި އެއީ މުވައްޒަފަކާއި ވާހަކަ ދެއްކުމުގައި ކޮމިޝަންގެ މެމްބަރެއް ހިފަހައްޓަން ޖެހޭ ސުލޫކީ މިންގަނޑެއް ހިފަހައްޓާފައި ނުވާތީ ނިންމި ނިންމެއްގެ ގޮތުގައި ރޮޒެއިނާ ވިދާޅުވިއެވެ.

ކޮމިޓީން ބަލަމުން ދާ މައްސަލައާއި ގުޅިގެން މަގާމުން އިސްތިއުފާ ދެއްވާ، އަކްރަމް ރައީސް އިބްރާހިމް މުހައްމަދު ސޯލިހުއަށް ފޮނުއްވި ސިޓީގައި ވިދާޅުވެފައި ވަނީ އޭނާގެ މައްޗަށް ތުހުމަތުކޮށް ރައްޔިތުންގެ މަޖިލީހުގެ މިނިވަންމުޢައްސަސާތަކާ ބެހޭ ކޮމެޓީއަށް ހުށަހަޅާފައިވާ މައްސަލައަކީ ވަކި ބަޔެއްގެ ރޭވުމެއްގެ ތެރެއިން ކަނޑައެޅިގެން ހަޤީޤަތާ ޚިލާފު ވާހަކަތަކެއްގެ މައްޗަށް ބިނާކޮށް ހުށަހަޅާފައިވާ މައްސަލައެއްކަމަށެވެ. އަދި އެ މައްސަލާގައި ތުހުމަތުކޮށްފައިވާ އެއްވެސް ކަމެއް އޭނާގެ ފަރާތުން ހިނގާފައިނުވާ ކަމުގެ ފުރިހަމަ ޔަގީންކަން އަރުވާކަމަށް އަކްރަމް ވިދާޅުވިއެވެ.

އެ ސިޓީގައި އަކްރަމް ވިދާޅުވީ އެކަން ހިނގާ ދިޔަ ގޮތުގެ ތަފްސީލް މަޢުލޫމާތު ހެއްކާ އެކު ރައްޔިތުންގެ މަޖިލީހުގެ މިނިވަންމުޢައްސަސާތަކާ ބެހޭ ކޮމެޓީއާ ހިއްސާކޮށްފައިވާނެ ކަމަށެވެ.

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: