ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިލެކްޝަންސް ކޮމިޝަންގެ ނައިބް ރައީސް، އަކްރަމް ކޮމިޝަންގެ މެމްބަރުކަމުން އިސްތިއުފާ ދީފި

އަހުމަދު އަކްރަމް: ފައިލް ފޮޓޯ
ޝެއާރކޮށްލާ ކަހަލަދޯ؟

އިލެކްޝަންސް ކޮމިޝަންގެ ނައިބް ރައީސް ކަމުންނާއި، ކޮމިޝަންގެ މެމްބަރުކަމުން އަހުމަދު އަކްރަމް އިސްތިއުފާ ދެއްވައިފިއެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް އެޑްރެސް ކުރައްވާ އަކްރަމް ފޮނުއްވި ސިޓީގައި ބުނެފައިވަނީ މަގާމުން އިސްތިއުފާ ދިނީ އޭނާގެ މައްޗަށް ތުހުމަތުކޮށް ރައްޔިތުންގެ މަޖިލީހުގެ މިނިވަންމުޢައްސަސާތަކާ ބެހޭ ކޮމެޓީއަށް ހުށަހެޅިފައިވާ މައްސަލައަކާ ގުޅިގެން ކަމަށެވެ. އަދި އެ މައްސަލައިގައި ކޮމެޓީން މަގާމުން ވަކި ކުރުމަށް ނިންމާފައިވާއިރު ކޮމެޓީގެ އިތުބާރު ނެތި މިނިވަން މުޢައްސަސާއެއްގެ މެންބަރުކަމުގައި ދެމިހުރުމަކީ އެންމެ ރަނގަޅު ގޮތްކަމުގައި ނުދެކޭތީ ކަމަށެވެ.

އެ ސިޓީގައި އަކްރަމް ވިދާޅުވީ އޭނާގެ މައްޗަށް ތުހުމަތުކޮށް ރައްޔިތުންގެ މަޖިލީހުގެ މިނިވަންމުޢައްސަސާތަކާ ބެހޭ ކޮމެޓީއަށް ހުށަހަޅާފައިވާ މައްސަލައަކީ ވަކި ބަޔެއްގެ ރޭވުމެއްގެ ތެރެއިން ކަނޑައެޅިގެން ހަޤީޤަތާ ޚިލާފު ވާހަކަތަކެއްގެ މައްޗަށް ބިނާކޮށް ހުށަހަޅާފައިވާ މައްސަލައެއްކަމަށެވެ. އަދި އެ މައްސަލާގައި ތުހުމަތުކޮށްފައިވާ އެއްވެސް ކަމެއް އޭނާގެ ފަރާތުން ހިނގާފައިނުވާ ކަމުގެ ފުރިހަމަ ޔަގީންކަން އަރުވާކަމަށް އަކްރަމް ވިދާޅުވިއެވެ.

އެ ސިޓީގައި އަކްރަމް ވިދާޅުވީ އެކަން ހިނގާ ދިޔަ ގޮތުގެ ތަފްސީލް މަޢުލޫމާތު ހެއްކާ އެކު ރައްޔިތުންގެ މަޖިލީހުގެ މިނިވަންމުޢައްސަސާތަކާ ބެހޭ ކޮމެޓީއާ ހިއްސާކޮށްފައިވާނެ ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 100%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

One Response

  1. ވަރުގަދަ ރޭވުންތަކުގެ ދަށުން މިއަދު މިކަހަލަ ކަންތައް ކުރެވިދާނެ! މީ ކޮމިޝަންގައި ބާކީ ތިބި ބައެއް މެންބަރުންގެ އިރުޝާދުގެ ދަށުން ދުނިޔޭގެ އެދުމާއި ވަޒީފާގެ ކުރިއެރުމުގެ ދަހިވެތިކަމުގައި ކޮމިޝަނުގައި “ބާންދީ” ގެ ނަމުން މަޝްހޫރު އަންހެން ގުރޫޕް ކުރި ކަމެއްކަން ދޭހަވޭ! ފައިސާ އާ މަގާމުގެ ދަހިވެތިކަމުގައި ކުޑަކަކޫ ޖަހަން ފަސްނުޖެހޭ ބައިގަނޑެއް އުޅޭ ނާސި ގެ އަކަށް ދޫ ނުކުރާ ވަރުގެ ތަނެއް ތިޔަ އިލެކްޝަން ކޮމިޝަނަކީ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: