ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހައިރިސްކް މީހުން ޕޮޒިޓިވްވާ މިންވަރު އިތުރުވާން ފަށައިފި!

ނޫސްވެރިންގެ ބައްދަލުވުމެއްގައި ޑރ. އަފްޒަލް މައުލޫމާތު ހިއްސާ ކުރަްއވަނީ
ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖޭން ކޮވިޑް-19 އަށް ޕޮޒިޓިވްވާ މީހުންގެ ތެރޭގައި ހައި ރިސްކު ކެޓަގަރީގެ މީހުން އިތުރުވާން ފަށާފައިވާ ކަމަށް ހެލްްތު ޕްރޮޓެކްޝަން އެޖެންސީން ބުނެފިއެވެ.

ކޮވިޑް-19 ގެ އެންމެ ބޮޑު ނުރައްކަލެއް ކުރިމަތިވާ ކެޓަގަރީގެ މީހުން ޕޮޒިޓިވްވާ އަދަދު ގިނަވަމުން އަންނާތީ އެކަމާއި ކަންބޮޑުވުން ފާޅުކޮށް އެޗްޕީއޭގެ އެޕިޑެމިއޮލޮޖިސްޓް ޑރ. އިބްރާހީމް އަފްޒަލް ވިދާޅުވީ ހައިރިސްކު ކެޓަގަރީގެ މީހުންނަށް ކޮވިޑް ޖެހޭ ވަރު މިދިޔަ ތިން ހަފްތާގައި ވަނީ ކުރީ ހަފްތާއަށް ވުރެ އިތުރުވެފައި ކަމަށެވެ.

އަފްޒަލް ވިދާޅުވީ ކޮވިޑްގެ ކޭސްތަކުގެ ތެރޭގައި ގައިންގަޔަށް ނާރާ ބޮޑެތި ބަލިތަކުގައި އުޅޭ މީހުންނާއި މާބަނޑުމީހުން މިހާރު ގިނަވަމުން ދިޔުމަކީ ކަންބޮޑުވާ ކަމެއް ކަމަށެވެ.

މިދިއަ ހަފްތާގައި ހައިރިސްކް ކެޓަގަރީގެ މީހުންގެ ތެރެއިން 130 އަށް ވުރެ ގިނަ މީހުން ޕޮޒިޓިވްވެފައިވާ ކަމަށާއި އަދި އޭގެ ކުރީ ހަފްތާގައި ވެސް އެފަދަ ކޭސްތައް ހުރީ 100 އިން މަތީގައި ކަމަށް އަފްޒަލް ވިދާޅުވިއެވެ.

“ދިގު މުއްދަތަށް ފަރުވާދޭން ޖެހޭ ފަދަ ގައިން ގަޔަށް ނާރާ ބަލިތައް ހުންނަ ބޭފުޅުންނަކީ ހައިރިސްކް ބޭފުޅުން. މިގޮތަށް ބަލައިލާއިރު ވަރަށް ކަންބޮޑުވާން ޖެހޭ ފަދަ މަންޒަރުތަކެއް މިފެންނަނީ” ޑރ. އަފްޒަލް

މީގެ އިތުރުން އަފްޒަލް ވިދާޅުވީ ދިގުމުއްދަތަށް ފަރުވާ ކުރާ މީހުންގެ ތެރެއިން ކޮވިޑް ޖެހުނު މީހުންގެ ތެރޭގައި ފުއްޕާމޭގެ ބަލިތަކާއި ހިތުގެ ބަލިތަކާއި ލޭނާރުތަކުގެ ބަލީގެ މީހުން ހިމެނޭ ކަމަށެވެ.

ބޮޑެތި ބަލިތަކުގެ މީހުންނާއި މާބަނޑު މީހުންނަށް ކޮވިޑް ޖެހޭ ވަރު މަދުކުރުމަށް ޓަކައި އާއްމުން މިހާރަށް ވުރެ ބޮޑަށް ސަމާލުކަން ދޭންޖެހޭ ކަމަށް އަފްޒަލް ވިދާޅުވިއެވެ.

ކޮވިޑްގެ ކޭސްތައް މި މަހު ވަރަށް ބޮޑަށް އިތުރުވި ނަމަވެސް ރާއްޖޭގައި އުޅޭ ބިދޭސީންގެ ތެރޭގައި ބަލި ފެތުރޭ ނިސްބަތް ހުރީ މާލެ ލޮކްޑައުންކޮށްފައި އޮތް އިރު ވެސް ހުރި ވަރަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: