ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ފޮރިން މިނިސްޓްރީން ބޭރަށް ޒުވާނުން ސިފަކުރާގޮތް: “އެއީ ގޭންގު ބައެއް”

ސައިކަލު ބުރުގެ ތެރެއިން ފޮޓޯ: އަވަސް
ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖެ ވިއްކާލުމާއި ސައިކަލްތަކުގެ ޖޫރިމަނާއާއި ދެކޮޅަށް އިދިކޮޅު ކޯލިޝަނުން މިދިޔަ ހުކުރު ދުވަހު މާލޭގައި ބޭއްވި ސައިކަލު ބުރުގައި ބައިވެރި ޒުވާނުންނަކީ “ގޭންގު ކުދިން” ކަމަށް ސިފަކޮށް، ފޮރިން މިނިސްޓްރީއިން ބޭރު ދުނިޔެއަށް މައުލޫމާތު ދީފިއެވެ.

އިންޑިއާގެ ދަ ވަޔަރ ނޫހުގައި ރިޕޯޓްކޮށްފައިވާގޮތުގައި ހުކުރުދުވަހުގެ ސައިކަލު ބުރަކީ “އިންޑިއާއަށް ރާއްޖެ ވިއްކާލުމާއި ދެކޮޅު” ސައިކަލު ބުރެއްކަމަށެވެ. އަދި އެސްބީއައި ހުންނަ އިމާރާތުގައި އަލިފާން ރޯވުމާއި، ސައިކަލު ބުރާއި، އެންމެހާ ކަންކަމާއި ގުޅިގެން އިންޑިއާ އެމްބަސީ ދޮށުގައި ސިފައިން ހަތިޔާރާއެކު ހަރަކާތްތެރިވާކަން ވަނީ ފާހަގަކޮށްފައެވެ.

މިޚަބަރަށް ފޮރިން މިނިސްތްރީގެ އޮފިޝަލެއް ދެއްވި މައުލޫމާތުގައިވަނީ ސައިކަލުބުރުގައި ބައިވެރިވީ ގިނަ މީހުންނަކީ ކުރީ ސަރުކާރުގެ އެހީތެރިކަން ލިބިފައިވާ ގޭންގުތަކަށް ނިސްބަތްވާ ބައެއްކަމަށެވެ.

ފޮރިން މިނިސްޓްރީއިން ބޭރަށް މައުލޫމާތުދިން ދިނުމުގައި ސައިކަލު ބުރުގައި ބައިވެރިވި ގިނަ މީހުންނަކީ ގޭންގްތަކަށް ނިސްބަތްވާ ބައެއްކަމަށް ބުނުމުން، ގިނަ ބައެއްގެ ފާޑު ކިޔުން ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދަށްވަނީ އަމާޒުވެފައެވެ. އަދި ރާއްޖޭގެ ޒުވާނުން ސިޔާސީ ހަރަކާތެއްގައި ބައިވެރިވާ ކޮންމެ ފަހަރަކު ޒުވާނުން ބާރުވެރިކުރުވުމުގެ ބަދަލުގައި “ގޭންގު” ލޭބަލް އެޅުވުމަކީ ދަށް ފެންވަރުގެ ކަމެއްކަމަށް އެކި ފަރާތްތަކުން ދަނީ ސޯޝަލް މީޑިއާގައި ޝުއޫރު ފާޅުކުރަމުންނެވެ.

 

ވަރަށް ގަދަ
8%ވަރަށް ގަދަ 15%ވަރަށް ގަޔާވޭ 8%ބޮޑު ޖޯކެއް 23%ހައިރާންވެއްޖެ 0%ވަރަށް ދެރަ 46%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

One Response

  1. ފޮރިން މިނިސްޓަރ ދިވެހި ޒުވާނުންނަކީ ގޭންގްބައެއްކަން ލޭބަލް ކޮށް ބޭރުދުނިޔޭގައި ދިވެހި ޒުވާނުން ބޮލުގައި އެޅުވިއިލްޒާމަކީ ދިވެހިޒުވާނުންނަށް ވަރަށް ހިތިނަތީޖާއެއް! ޙާއްސަކޮށް މިސަރަހައްދުތެރޭ ދިވެހި ޒުވާނުންނަށް އިންޑިއާ ވެގެންދާނީ ނުރައްކަލަކަށް. އަދި މަދުންނަމަވެސް ބަންގްލަދޭޝްއާއި ނޭޕާލްފަދަ ޤައުމު ތަކުގައިވެސް ދިވެހިކިޔަވާކުދީން އެބަތިބި. އެކުދީންގެ ސަލާމަތްތެރިކަމާއި މެދު ކަންބޮޑުވޭ. މިބާވަތުގެ ކަންތަކެއް ދިވެހިޒުވާނުންނާއި ޢަރަބި ބައެއްޤައުމު ތަކުން ދިމާވި ދުވަސްވަރެއްގައި ވެސް މިކަހަލަ ނޭއްގާނީ ބަސްދީގަތަުމަކުން މިހެންދިމާވާންފެށީ. ބޭރުގައި ޒުވާނަކަށް ކުރިމަތިވާ ކޮންމެ ނުރައްކަލެއްގެ ޒިއްމާ ފޮރިން މިނިސްޓަރ ނަންގަންވަންޖެހޭނެ.

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: