ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ބޮޑެތި ޖޫރިމަނާތަކާއެކު މަސްވެރިކަމުގެ ގަވާއިދު އާންމުކޮށްފި!

މަސްވެރިންތަކެއް އައިނަކަށް އަރާ މަސްބާނާ މަންޒަރު:_ފޮޓޯ- ދިވެހި މަސްވެރިން
ޝެއާރކޮށްލާ ކަހަލަދޯ؟

މަސްވެރިކަމުގެ ގާނޫނާއި، ގަވާއިދުތަކާ ހިލާފުވާ ފަރާތްތައް ބޮޑެތި އަދަދުތަކުން ޖޫރިމަނާކުރެވޭ ގޮތަށް ދިވެހިރާއްޖޭގެ މަސްވެރިކަމުގެ އާންމު ގަވާއިދު ގެޒެޓުކޮށްފިއެވެ.

އަލަށް އެކުލަވާލެވުނު ޤައިވާއިދުގައި މަސްވެރިކަން ކުރުމުގައި ކުރުން މަނާ ކަންތައްތަކާއި ރާއްޖޭގައި ކުރުން މަނާ ބާވަތުގެ މަސްވެރިކަމުގެ ގޮތުގައި ޤާނޫނުގައި ބަޔާންކޮށްފައިވާ ކަމެއް ކޮށްފިނަމަ ޖޫރިމަނާ ކުރެވޭނެ މިންވަރު ގަވާއިދުގައި ބަޔާންކޮށްފައިވެއެވެ.

އެގޮތުން ބޮޑު ދަލުގެ (ޕަރސްސެއިން) މަސްވެރިކަން ކޮށްފިނަމަ ހަތަރު ލައްރުފިޔާއިން ޖޫރިމަނާ ކުރުމާއި އޮޔާދާ ދަލުގެ (ޑްރިފްޓް ނެޓް) މަސްވެރިކަންކޮށްފި ނަމަވެސް ހަތަރު ލައްކަ ރުފިޔާ އިން ޖޫރިމަނާ ކުރުމާއި ދަމާ ދަލުގެ (ޓްރޯލް ނެޓް) މަސްވެރިކަންކޮށްފިނަމަ ހަތަރު ލައްކަ ރުފިޔާއިން ޖޫރިމަނާ ކުރުން ހިމެނެއެވެ.

ގޮވާ އެއްޗެއް ބޭނުންކޮށްގެން މަސްވެރިކަން ކުރުމަކީ އެއްލައްކަ ރުފިޔާ އިން ޖޫރިމަނާ ކުރާނެ ކަމެއްގެ ގޮތުގައި ކަނޑައަޅާ، ތަކުރާރުވާ ކޮންމެ ފަހަރަކު، އޭގެ ކުރިން ކޮށްފައިވާ ޖޫރިމަނާގެ އަދަދަށް 30،000 ރުފިޔާ އިތުރުކޮށް 400،000 ރުފިޔާއާ ހަމައަށް ޖޫރިމަނާ އުފުލޭ ގޮތަށްވަނީ ކަނޑައަޅާފައެވެ.

މީގެ އިތުރުން ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ބޭރުގައި ހުއްދަނެތި މަސްވެރި އުޅަނދެއް ހަރަކާތްތެރިވެއްޖެ ނަމަ، 75000 ރުފިޔާއިން ޖޫރިމަނާ ކުރުމާއި އެހެން ގައުމެއްގެ ސިޔާދަތީ ބާރު ހިނގާ ސަރަހައްދެއްގައި މަސްވެރި އުޅަނދެއް ހަރަކާތްތެރިވެއްޖެ ނަމަ 150،000 ރުފިޔާއިން ޖޫރިމަނާކުރެވޭނެއެވެ.

އަމިއްލަ ބޭނުމަށް ކުރާ މަސްވެރިކަމުގައި، ދައު އަޅައިގެން، ނުވަ ބާވަތެއްގެ މަސް ހިފުން ވަނީ މަނާކޮށްފައެވެ. އެގޮތުން ރެހ، ބޯދި، މުގުރާން، ހޮނޑެލި، މިޔަރެން، ނިލަމެހި، ތާވަޅު، މުށިމަސް އަދި ރިންމަސް ހިމެނެއެވެ.

ގަވައިދުގައިވާ ގޮތުން ދާ އަޅައިގެން ހިފުން މަނާ ބާވަތެއް ހިފައިފިނަމަ، އަދި ދާ ބޭނުންކުރަންޖެހޭ ހަމަތަކާ ހިލާފަށް ދާ ބޭނުންކޮށްފި ނަމަ، 2000 ރުފިޔާއިން ޖޫރިމަނާ ކުރެވޭނެ އެވެ. އަދި ތަކުރާރުވާ ކޮންމެ ފަހަރަކު 500 ރުފިޔާ އިތުރު ކުރެވޭނެ އެވެ.

މަސްވެރިކަން ކުރުމުގައި އެންމެ ރަނގަޅު ގޮތްތަކާއި އުސޫލުތައް ނުވަތަ “ބެސްޓް ޕްރެކްޓިސް” އަށް އަމަލުކުރަން ޖެހޭނެ ކަމަށް ގަވަދުގައިވެއެވެ.

މަސްވެރިކަން ކުރުމުގައި ކުރުން މަނާ ކަންތައްތަކުގެ ތެރޭގައި މަސްހިފުމަށް، ނުވަތަ މަސް ބޭނުމަށް ނުވަތަ މަހަކަށް ހަމަލާ ދިނުމަށް، މަސް މަރާ ބަޑި ބޭނުންކުރުމާއި ހިމާޔަތްކޮށްފައިވާ ސަރަހައްދެއްގައި އެ ސަރަހައްދަކަށް ކަނޑައަޅާފައިވާ އުސޫލުތަކާ ހިލާފަށް މަސްވެރިކަން ކުރުން ހިމެނެއެވެ.

މީގެ އިތުރުން މަސްއައިން ހޯދުމަށް ނުވަތަ މަސް ހިފުމަށް ޑްރޯން ފަދަ ވައިގެ އުޅަނދެއް ބޭނުންކުރުމާއި ރޮދުލުމާއި ވައިފުޅި އަޅައިގެން ފީނައިގެން ހުއިފިލަނޑާ ނެގުންވެސް މަނާކޮށްފައިވެއެވެ.

މަސްވެރިކަން ކުރާ އުޅަނދުތަކުގައި ބިދޭސީންނަށް ހަރަކާތްތެރި ވެވޭނީ، އެކަމާ ގުޅޭ ގޮތުން ސަރުކާރުގެ ކަމާ ގުޅޭ އިދާރާތަކުން ކަނޑައަޅާފައިވާ އުސޫލާ އެއްގޮތްވާ ގޮތުގެ މަތިން ވަކި އުޅަނދެއްގައި އެ މަސައްކަތް ކުރުމަށް ވޯކްޕާމިޓް ލިބިގެންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 100%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: