ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މަސްވެރިންނަށް ނުދެވި ހުރި ފައިސާ މާޗު މަހު ދެވޭނެ: ޝިޔާމް

މަސްވެރިކަމުގެ ދުވަސް ފާހަގަކުރުމަށް ބޭއްވި ރަސްމީ ޖަލްސާގައި ފިޝަރީޒް މިނިސްޓަރު ޝިޔާމް ވާހަކަ ދައްކަވަނީ
ޝެއާރކޮށްލާ ކަހަލަދޯ؟

މި ސަރުކާރަށް ވާރުތަވި 250 ވަރަކަށް މިލިޔަން ރުފިޔާ އާއެކު މިހާރު ނުދެވި ހުރި ޖުމްލަ 280 މިލިޔަން ރުފިޔާގެ ބެކްލޮގު އެއްކޮށް މާރޗު މަހުގެ 5 ވަނަދުވަހުގެ ނިޔަލަށް ސަރުކާރުން ނިންމާނެ ކަމަށް މަސްވެރިކަމާއި ބެހޭ ވަޒީރު އަހްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ. 

ކޫއްޑޫގައި މަސްވެރިން ކުރަމުންގެންދާ އިހުތިޖާޖާއި ގުޅިގެން ޝިޔާމް ވަނީ އެކްސްގައި ޕޯސްޓެއް ހިއްސާ ކުރައްވާފައެވެ. ޝިޔާމްގެ ޕޯސްޓުގައި ވަނީ މަހުގެ އަގު މުރާޖާ ކުރެވުނު ދުވަހުން ފެށިގެން ކިރުނުމަހަށްވާ 26 މިލިއަން ރުފިޔާ ކޮންމެ ހަފްތާއަކު މިފްކޯއަށް ކިރާ މަހަށް ދެވޭނެ އިންތިޒާމު މިހަފްތާ މިފްކޯއިން ހަމަޖައްސާނެ ކަމަށެވެ. މަސްވެރިން ކޫއްޑޫގައި ކުރަމުންދާ އިހުތިޖާޖުގެ ބައިވެރިންގެ ނުތަނަވަސް ކަމަކީ މިވަގުތު ސަރުކާރަށް އެކަމެއްގެ ކަންބޮޑުވުން އެންމެބޮޑަށް އޮތް އަދި އެންމެބާރަށް ހައްލު ކުރަން މަސައްކަތް ކުރަމުން ގެންދާ ކަންބޮޑުވުން ކަމަށް ވެސް ޝިޔާމް ވިދާޅުވިއެވެ. 

ޝިޔާމް ވިދާޅުވީ ޑިމޮކްރެޓިކް މުޖުތަމަޢުތަކުގައި ހައްގު ހޯދަންކުރާ ސުލްހަވެރި އިހުތިޖާޖުތަކަށް މަރުޙަބާކިޔާ ކަމަށެވެ. ކޫއްޑުގެ އޮޕަރޭޝަން ކުރިޔަށް ގެންދެވޭނެ މާހައުލެއް އޮތުމަކީ އިހުތިޖާޖުގައި ބައިވެރިނުވާ އެތައް ދޯންޔެއްގެ މަސްވެރިންގެ ވަރަށް ބޮޑު އެދުމެއްކަމަށް ޝިޔާމް ވިދާޅުވިއެވެ.

ކޫއްޑޫގެ އޮޕަރޭޝަން ކުރިޔަށް ގެންދެވޭނެ މާހައުލެއް ގާއިމުކޮށްދެއްވުމަށް ޝިޔާމް ވަނީ އިހުތިޖާޖުގައި ތިއްބެވި މަސްވެރިންގެ އަރިހުން އެދިވަޑައިގެންފައެވެ. 

ޝިޔާމް ވިދާޅުވީ މަސްވެރިންގެ ކަންކަން ރައީސުލްޖުމްޙޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ގެންދަވަނީ ވަރަށްގާތުން ބައްލަވަމުން ކަމަށެވެ. ކޫއްޑޫގައި ތިއްބެވި މަސްވެރިންނާ ބައްދަލުކުރުމަށްޓަކައި ކޫއްޑޫއަށް ދަތުރުކުރައްވާނެ ކަމަށް ޝިޔާމް ވިދާޅުވިއެވެ. މަސްވެރިންގެ ހުރިކަންބޮޑުވުންތައް އަދި މަސްވެރި ސިނާއަތުގައި ހުރި ގޮންޖެހުންތައް ހައްލުކުރާނީ މަސްވެރިކަމުގެ ވުޒާރާއިން ކަމަށްވސް ޝިޔާމް ވަނީ ވިދާޅުވިއެވެ. 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: