ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ފަރުމަސްވެރިކަމަށް ހާއްސަކޮށްގެން ދޫކުރާ ލުއި ލޯނު ޕްރޮގްރާމް ކޮމަންޑޫގައި އިފްތިތާހުކޮށްފި

މަސްވެރިންގެ ދަފްތަރާއި ފަރުމަހުގެ މަސްވެރިކަން ކުރާ ފަރާތްތަކަަށް ސަރުކާރުން ހުޅުވާލާ ލޯނު ސްކީމް އިފްތިތާޙް ކުރުމުގެ ޖަލްސާ ....... ފޮޓޯ: ފިޝަރީޒް މިނިސްޓްރީ
ޝެއާރކޮށްލާ ކަހަލަދޯ؟

ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުގެ ހަފްތާ 14ގެ މަގު ޗާޓުގައި ހިމެނޭ ދެ ޙަރަކާތް ކަމުގައިވާ މަސްވެރިންގެ ޤައުމީ ދަފްތަރު އަދި ފަރުމަސްވެރިކަމަށް ޙާއްސަ ކޮށްގެން ދޫކުރާ ލުއި ލޯނު ޕްރޮގްރާމްރޭގައި ށ. ކޮމަންޑޫގައި އިފްތިތާޙުކޮށްފިއެވެ.

މި ޙަފްލާ ޝަރަފުވެރި ކޮށްދެއްވާފައި ވަނީ މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު، އަޙްމަދު ޝިޔާމެވެ. މީގެ އިތުރުން އެސް.އެމް.އީ ޑިވޮލޮޕްމަންޓް އެންޑް ފައިނޭންސް ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ އަލްފާޟިލާ ޢައިޝަތު ފިފްޝީން ޢަލީ އާއި ކޮމަންޑޫ ކައުންސިލްގެ ނައިބު ރައީސް އަލްފާޟިލް އާދަމް ޢަބްދުﷲ އާއި ކޮމަންޑޫގެ އިދާރާތަކުގެ އިސްވެރިންނާއި، އަތޮޅުގެ މަސްވެރިން އަދި ދައުލަތުގެ އެހެނިހެން އިދާރާތަކުން މި ޙަފްލާގައި ބައިވެރިވެވަޑައިގެންފައިވެއެވެ.

މަސްވެރިންގެ ޤައުމީ ދަފްތަރެއް އެކުލަވާލުމުގެ މަޤުސަދަކީ މަސްވެރިންނަށް މާލީ ވަސީލަތްތަކުގެ ފައިދާ ލިބިގަތުމަށް ހުރި ހުރަސްތައް ނައްތާލައި، މަސްވެރިކަމަކީވެސް ރާއްޖޭގައި ރަސްމީކޮށް ބަލައިގަންނަ ވަޒީފާއެއްކަމުގައި ހެދުމެވެ. މިކަމަށް ތައްޔާރުކޮށްފައިވާ އޮންލައިން ޕްލެޓްފޯމުގައި ރަޖިސްޓަރީވުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލެވިފައެވެ. މިއީ ޤައުމީ ފެންވަރެއްގައި ރާއްޖޭގައި ރަސްމީ މަސްވެރިންގެ ދަފުތަރެއް އެކުލަވާލެވޭ ފުރަތަމަ ފަހަރެވެ.

ރޭގެ ޙަފްލާގައި މަސްވެރިކަމާ ބެހޭ ވަޒީރު، އަހުމަދު ޝިޔާމް ވަނީ، މަސްވެރިންގެ ދަފްތަރާއި ގުޅިލާމެހިފައިވާ ގިނަ ކަންތައްތަކެއް ވާ ކަމަށާއި މަސްވެރިންގެ ދަފްތަރު ފުރިހަމަކުރެވުމުން މަސްވެރިންނަށް ދިމާވާ ގިނަ މައްސަލަތައް ޖުމްލަ ހައްލެއް ލިބެގެންދާނޭކަމަށް އުއްމީދު ކުރާކަމަށް ވިދާޅުވެފައެވެ. އަދި މަސްވެރިކަމުގެ ދަފްތަރެއް އެކުލަވާލުމުން، މަސްވެރިންގެ ފުރިހަމަ މަޢުލޫމާތު ދައުލަތަށް ލިބި، ދައުލަތް ދަންނަ ބަޔަކަށް މަސްވެރިން ހެދުމަށްމަގުފަހިވެގެންދާނެ ކަމަށް ވިދާޅުވިއެވެ.

ފަރުމަސްވެރިކަމުގެ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް އިތުރަށް ތަރައްޤީކުރުމަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމަކީ ހަފުތާ 14ގެ މަގުޗާޓުގައި ހިމެނޭ މުހިއްމު ޙަރަކާތެކެވެ. މިގޮތުން ފަރުމަހުގެ އުފެއްދުންތައް އުފައްދާ ފެސިލިޓީތައް ޤާއިމްކޮށް ތަރަޤީކުރުމަށާއި ފަރުމަހުގެ މަސްވެރިކަން ކުރާ ފަރާތްތަކަށް ޚާއްސަކޮށްގެން ކުދި އައިސްޕްލާންޓްތައް ގާއިމު ކުރުމަށް ބޭނުންވާ ލޯނު އެސް.އެމް.އީ. ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން އާ ގުޅިގެން ހިންގާ [ކަނޑުފަޅުނަފާ ލޯނު] ގެ ދަށުން ލިބޭނެ ލުއި ފަސޭހަގޮތްތަކެއް މިހާރު ވަނީ ފަހިވެފައެވެ. މިއީ ފަސް ޕަސެންޓު އިންޓަރެސްޓުގައި 10 އަހަރު ދުވަހުން އަދާ ކުރާ ގޮތަށް ދޫކުރުމަށް ހަމަޖެހިފައިވާ ލޯން ސްކީމެކެވެ. މި ލޯނަށް އޮންލައިންކޮށް އެދި ހުށަހެޅުމުގެ ފުރުސަތު މިފެށޭ ހަފުތާގެ ތެރޭގައި ހުޅުވާލެވޭނެއެވެ.

އެސް.ޑީ.އެފް.ސީ ގެ މެނޭޖިންގ ޑިރެކްޓަރ އަލްފާޟިލާ ޢައިޝަތު ފިފްޝީން ޢަލީ ފާހަގަކުރެވިގޮތުގައި، ފަރު މަހުގެ މަސްވެރިކަމުގައި ހަރަކާތްތެރިވާ ވިޔަފާރިތަކަށް ދިމާވެފައިވާ ގޮންޖެހުންތަކަށް ހައްލު ހޯދައިދިނުމަށާއި ފަރުމަސްވެރިކަން ފުޅާކުރުމަށް ފުރުޞަތު ފަހިކޮށްދިނުމުގެގޮތުން އާ ޕޮރްޑަކްޓުތަކެއް ފަރުމާކޮށް ތަޢާރަފު ކުރުމަކީ މި މަސްވެރިކަމުގެ ސިނާޢަތަށް ލިބިގެންދާނެ ކުރިއެރުމެކެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: