ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެޗްޕީއޭގެ އަމުރާއި ހިލާފް ވެގެން ފިޔަވަޅު އަޅަން ޖެހޭނީ ތަފާތު ކުރުމެއް ނެތި: ޑރ ޝަހީމް

ޑޜ މުހައްމަދު ޝަހީމް އަލީ ސައީދު: ފައިލް ފޮޓޯ
ޝެއާރކޮށްލާ ކަހަލަދޯ؟

ހަލުވި ކަމާއިއެކު ފެތުރެމުންދާ ކޮރޯނާ ވައިރަހުން ރައްކާތެރިވުމުގެ ގޮތުން ހެލްތް ޕްރޮޓެކްޝަންސް އެޖެންސީ (އެޗްޕީއޭ) އިން ނެރެފައިވާ އަމުރުތަކާއި ހިލާފް ވެގެން ފިޔަވަޅު އަޅަން ޖެހޭނީ ތަފާތު ކުރުމެއް ނެތި ކަމަށް ކުރީގެ އިސްލާމިކް މިނިސްޓަރ ޑރ މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.

ޑރ ޝަހީމް މިފަދައިން ވިދާޅުވީ ހުކުރު ދުވަހު އިދިކޮޅު ޕީޕީއެމް، ޕީއެންސީ ކޯލިޝަނުން މާލޭގައި ބޭއްވި އިހުތިޖާޖުގައި މާސްކް ނާޅައި އަދި ގައިދުރުކަމެއް ނެތި އިހުތިޖާޖު ކުރިއަށް ގެންދިޔަ ކަމަށް ބުނެ ޕީޕީއެމް އަދި ޕީއެންސީގެ ލީޑަރޝިޕްގެ ބޭފުޅުންގެ ފުލުހުންގެ އިދާރާއަށް ހާޒިރުކޮށް ޖޫރިމަނާ ކުރުމާއި ގުޅިގެންނެވެ.

އިދިކޮޅު ކޯލިޝަންގެ ލީޑަރޝިޕްގެ ބޭފުޅުން އެޗްޕީއޭގެ އަމުރާއި ހިލާފްވެފައިވާ ކަމަށް ބުނެ ޖޫރިމަނާ ކޮށްފައި ވާތީ އެކަމަށް ފާޑުވިދާޅުވެ ޑރ ޝަހީމް ކުރެއްވި ޓުވިޓުގައި ވިދާޅުވީ އަމުރާއި ހިލާފް ވގެން ގާނޫނީ ފިޔަވަޅު އަޅާނަމަ ތަފާތު ކުރުމެއްނެތި ފިޔަވަޅު އަޅަން ޖެހޭނެ ކަމަށެވެ.

ޑރ ޝަހީމް ވިދާޅުވީ ގާނޫނީ ގޮތުން ފިޔަވަޅެއް އަޅާނަމަ ވަކި ބަޔަކަށް ވަކި ގޮތެއް ހެދުމަކީ ތަހުޒީމް ޒަމާނީ މުޖުތަމައުތަކުގައި ގަބޫލު ކުރެވޭނެ ކަމެއް ނޫން ކަމަށެވެ. އަދި އެއީ އިސްލާމީ އުސޫލެއް ވެސް ނޫން ކަމަށް ޑރ ޝަހީމް ވިދާޅުވިއެވެ.

ސަރުކާރާއި ދެކޮޅަސް އިދިކޮޅު ކޯލިޝަނުން ހުކުރު ދުވަހު ބޭއްވި އިހުތިޖާޖާއި ގުޅިގެން ފުލުހުންގެ އިދާރާއަށް ހާޒިރުކޮށް ޖޫރިމަނާ ކޮށްފައި ވަނީ ޕީޕީއެމްގެ އެޑްވައިޒަރު އަދި ކުރީގެ ރައީސް ޑރ މުހައްމަދު ވަހީދު ހަސަން މަނިކްއާއި ޕީޕީއެމްގެ ނައިބް ރައީސް އަދި މަޖިލީހުގެ ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމްއާއި ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲގެ އިތުރުން ޕީއެންސީގެ ނައިބް ރައީސް އިބްރާހިމް ޝުޖާއުއެވެ. މި ހަތަރު ބޭފުޅުން ވެސް ޖޫރިމަނާ ކޮށްފައި ވަނީ1000ރ އިންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: