ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޑރ. ޝަހީމް އުމްރާވެރިންނާއި ބައްދަލު ކުރައްވައިފި

ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގައި އިސްލާމިކް މިނިސްޓަރ ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު/ ފޮޓޯ: ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު މައްކާގައި ތިބި ހައްޖު ކޯޕަރޭޝަންގެ އުމްރާ ވެރިންނާއި ބައްދަލުކުރައްވައިފިއެވެ.

ހައްޖު އެންޑް އުމްރާ ކޮންފަރެންސް ގައި ބައިވެރިވެވަޑައިގަތުމަށާއި ހައްޖު އެންޑް އުމްރާ ސާވިސް އެގްރީމެންޓްގައި ސޮއިކުރެއްވުމަށް ރަސްމީދަތުރުފުޅެއްގައި ވަޑައިގެން ވަޒީރު ޑރ. ޝަހީމް މިވަގުތު ހުންނެވީ މައްކާގައެވެ.

އިސްލާމީ ކަންތައްތަކާއި ބެހޭ ވުޒާރާއިން ބުނެފައިވަނީ ވަޒީރު ޑރ. ޝަހީމް އުމްރާވެރިންގެ ވާހަކަތައް ވަރަށް ގާތުން އަޑުއައްސަވައިފައިވާ ކަމަށެވެ. އަދި ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވައުދުފުޅާއި އެއްގޮތަށް ހައްޖާއި އުމްރާގެ ކަންކަން އިތުރަށް ހަރުދަނާ ކުރައްވާނެ ކަމަށް މި ބައްދަލުވުމުގައި ވަޒީރު ވިދާޅުވެފައިވާ ކަމަށް އެ ވުޒާރާއިން ވިދާޅުވިއެވެ.

މި ބައްދަލުވުމުގައި އެ ވުޒާރާއާއި ޖިއްދާގައި ހުންނަ ދިވެހިރާއްޖޭގެ ކޮންސިއުލޭޓާއި ހައްޖުކޯޕަރޭޝަންގެ އިސްބައެެއް ބޭފުޅުން ބައިވެރިވަޑައިގެންނެވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: