ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިންތިހާބުގެ ނަތީޖާ ބަދަލު ކުރުމުގައި މުހިންމު ދައުރެއް އަދާކުރީ ޒުވާނުން: ޑރ. ޝަހީމް

އިސްލާމިކް މިނިސްޓަރ ޑރ މުހައްމަދު ޝަހީމް އަލީ ސައީދު: ފައިލް ފޮޓޯ
ޝެއާރކޮށްލާ ކަހަލަދޯ؟

މިއަހަރުގެ ރިޔާސީ އިންތިހާބުގެ ނަތީޖާ ބަދަލު ކުރުމުގައި މުހިންމު ދައުރެއް އަދާކުރީ ގައުމުގެ ޒުވާނުން ކަމަށް ކުރީގެ އިސްލާމިކް މިނިސްޓަރ ޑރ މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހްގެ ސަރުކާރުގައި ކުށްތަކަށް އަރައިގަތުމާއި އަދި ކުށުގެ ވެއްޓަށް ކުއްޖަކު ހުށަހެޅިގެން ދިއުމާ މިކަން ކަން މަދު ކުރެވިފައި ވީ ނަމަވެސް އެކަމަށް ދާއިމީ ހައްލެއް ގެނެވިފައެއް ނުވެއެވެ. ދުވަހުން ދުވަހަށް ކުށްތަކަށް އަރައިގަނެ ބޮޑެ ޖަރީމާތަށް ހިންގަމުން ދާ އަދަދު މަތިވަމުން ދާއިރު އެކަމަށް ދާއިމީ ހައްލެއް ނުގެނެވި އޮތުމަކީ ވަރަށް ބޮޑަށް ކަން ބޮޑުވާކަމެއް ކަމަށް ގިނަ މީހުން ދަނީ ބުނަމުންނެވެ. އަދި އެކަން ކަން އިސްލާހުކުރުމަށް ހުރި މުވައްސަސާ ތަކަށް ރަނގަޅު ބަދަލެއް ނާންނަ ވާހަކައަކީވެސް ގިނަ ސިޔާސީ ބޭފުޅުން ވިދާޅުވާ ވާހަކަތަކެކެވެ. އަދި އެ މައްސަލަތަށް ދުވަހުން ދުވަހަށް ގިނަވަމުން ދާކަމަށް ތަފާސް ހިސާބުތަކުންވެސް ދައްކައެވެ.

މިފަދަ ކުށްތަކަށް އަރައިގަތުން ހުއްޓުމަށް އިންތިހާބީ ރައީސް ކިހާވަރެއްގެ މަސައްކަތެއް ތޯ ސުވާލު ކުރެއްވުމުން ސަންގުޓީވީގެ “23 ގެ ރައީސް:ޑރ މުހައްމަދު މުއިއްޒު” ޕްރޮގްރާމް ގައި ޝަހީމް ވިދާޅުވީ ޑރ. މުއިއްޒު ކުރައްވަން ޖެހެވަޑައިގަންނަވާ އެންމެ މުހިންމު އަދި އެންމެ އުނދަގޫ ކަމަކީ ގައުމުގެ އިޖުތިމާއީ ފޭރާން އަލުން އިޔާދަ ކުރެއްވުން ކަމަށެވެ. ޝަހީމް ވިދާޅުވީ ގައުމުގެ މާއްދީ ކަންކަން ރަނގަޅުވާނީ މުޖުތަމައު ރަނގަޅުވެގެން ކަމަށެވެ. އިޖުތިމާއީ ކަންކަމުގައި ބޮޑެތި މައްސަލަތަކެއް ހުރި ކަން ފާހަގަކުރައްވައި ޝަހީމް ވިދާޅުވީ ޑްރަގުގެ މައްސަލާއާއި، އާއިލާތައް ރޫޅުމާއި އެފަދަ ގިނަ މައްސަލަތަކެއް ހުރި ކަމަށެވެ. އެކަން ރަނގަޅު ކުރެވޭނީ ގައުމީ ރޫހު އާލާކޮށް އިސްލާމް ދީނަށް މީހުންގެ ހިތުގައި އޮތް ލޯތްބާއި އިހުތިރާމް އިތުރުކޮށްގެންކަމަށް ވިދާޅުވިއެވެ.

ޒުވާނުންނާއި ހަމައަށް އިސްލާމީ ރީތި އަދަތަށް ވާސިލުކުރުވުމަކީ މުހިންމުކަމެއް ކަމަށް ޝަހީމް ވިދާޅުވިއެވެ. އަބަދުވެސް އަޑު އިވެމުންދަނީ ޒުވާނުން ގޭންގުތަކުގައި އުޅޭ ވާހަކަ އާއި، ގޯސް ވާހަކަތައްކަމަށް ޝަހީމް ވިދާޅުވިއެވެ. އެހެންނަމަވެސް ހަމައެކަނި ޒުވާނުންގެ ތެރޭގައި އޮތީ ގޯސް ކަންކަން އެކަނި ނޫންކަމަށް ޝަހީމް ވިދާޅުވިއެވެ. އޭނާ ވިދާޅުވީ އިންތިހާބުގެ ނަތީޖާ ބަދަލު ކުރުމުގައި ޒުވާނުނެގެ ދައުރު ބޮޑު އިރު އޭގެން ފެނިގެން ދޔައީ ރާއްޖޭގެ ކަންކަމާއި މެދު ޒުވާނުން ވިސްނާ މިންވަރު ކަމަށެވެ. ގައުމުގެ ކަންކަމުގައި ބަސްބުނެ މިނިވަންކަމާ މެދު ޒުވާނުން ވިސްނާކަމަށް ވިދާޅުވިއެވެ. އަދި ރާއްޖޭގައި ބޭރުުގެ ސިފައިން ތިބުމަށް ޖާގަދޭން ބޭނުންނުވާ އެތަށް ޒުވާނުންނެއް މިއަދު ވަނީ ބަސް ބުނެފައިކަމަށް ވިދާޅުވިއެވެ.

މީގެއިތުރުން ޝަހީމް ވިދާޅުވީ ދީނީ އިލްމުވެރިންނަށް ވެސް ވަރަށް ފުރިހަމަ ދައުރެއް އަދާ ކުރެވޭނެ ކަމަށެވެ. ޒުވާނުންނަށް ފޯރުކޮށްދޭން ބޭނުންވާ ބަސް ލޯތްބާއެކު ފޯރުކޮށްދެވޭނެ ކަމަށް ޝަހީމް ވިދާޅުވިއެވެ. ޒުވާނުންނާއި ދީނީ އިލްމުވެރިންނާ މެދު ވެސް ވަރަށް ބޮޑު ގެޕެއް އޮތްކަމަށް ޝަހީމް ވިދާޅުވިއެވެ. އެހެން އެކަންވާން މެދުވެރިވާ އެއްސަބަބަކީ ދީނީ ދައުވަތު ފޯރު ކޮށްދެއްވާ ގޮތް ޒުވާނުންނަށް ބަލައިނުގަނެވުން ކަމަށް ވިދާޅުވިއެވެ.

ޝަހީމް ވިދާޅުވީ މިހާރު ފޮތްތައް ކިތަންމެ ބޮޑު ނަމަވެސް އެކަމުގެ އަސަރު ވަރަށް ކުޑަކަމަށެވެ. ދުނިޔެ ބަވަނަމުން އަންނަ އިރު މުޖުތަމައުއަކަށް ކުރާނެ ނޭދެވޭ ކަންކަން ހުންނާނެކަމަށް ވިދާޅުވެ އެކަންކަން ބަލައި ރަނގަޅު ދިރާސާތަކެއް ހަދަންޖެހޭކަމަށް އޭނާ ވިދާޅުވިއެވެ. އަދި ޕޮލިސީ ލެވެލް އެއްގައި އެކަންކަން ރަނގަޅު ކުރެވޭނެ ކަމަށް ވިދާޅުވިއެވެ. މަސަތުވާތަކެތީގެ ވަބާގައި ޖެހިފައިވާ މީހުންނށް ދެވޭނެ ފަރުވާތަށް ހުރިކަމަށާއި އެހެން ކަމުން އެފަރުވާތަށް ވެސް ދޭން ޖެހޭކަމަށް ވިދާޅުވިއެވެ. އަދި އެފަދަ ކަންކަމަށް ދޭންޖެހޭނީ އަދަބު ކަމަށް ބުނާބުނުމަކީވެސް އެންމެ ރަނގަޅުގޮތް ނޫންކަމަށް ޝަހީމް ވިދާޅުވިއެވެ. އެންމެ އިސް ކަމަކީ އަދަބާ ހަމައަށް ނުދާނެ އިންސާނެއް ބިނާކުރުން ކަމަށް ޝަހީމް ވިދާޅުވިއެވެ.

ކުށް މަދުވެއްޓެއް ގާއިމު ކުރަންޖެހޭ ކަމަށާއި އަދި އިސްލާމް ދީނުގައިވެސް އަދަބު ކަނޑައެޅިފައިވަނީ މަދު ކުށަކަށް ކަމަށް ޝަހީމް ވިދާޅުވިއެވެ. އަދި އިންތިހާބީ ރައީސް ޑރ. މުއިއްޒު މިފަދަ މުޖުތަމައުގައި ހިނގާ ނޭދެވޭ ކަންކަން ރަނގަޅު ކުރައްވާނެ ކަމަށް ޝަހީމް ވިދާޅުވިއެވެ. ކުށްތަކުން މުޖުތަމައު ސަލާމަތް ކުރެވޭނެ ގިނަ ގޮތްތަށް ވާއިރު އެކަންކަން ތަންފީޒު ކޮށް އަމާން ވެއްޓެއް ގާއިމު ކުރައްވާނެ ކަމަށް ވެސް ވިދާޅުވިއެވެ. އަދި ޝަހީމް ވަނީ އިންތިހާބީ ރައީސް ގެ ސަރުކާރުން މިފަދަ މައްސަލަތަށް ހައްލުކުރުމަށްޓަކައި ރަނގަޅު ސިޔާސަތުތަކެއް ގެންގުޅުއްވާ އެކަން ރަނގަޅު ކުރައްވާނެ ކަމުގެ ޔަގީންކަން އަރުވާފައެވެ.

ވަރަށް ގަދަ
67%ވަރަށް ގަދަ 33%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: