ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހައްޖާއި އުމްރާގެ ހިދުމަތުގެ މައުރަޒު އަދި ކޮންފަރެންސް އިފްތިތާހުކުރުމުގައި މިނިސްޓަރ ޝަހީމް ބައިވެރިވެވަޑައިގަންނަވައިފި

ހައްޖާއި އުމްރާގެ ހިދުމަތުގެ މައުރަޒު އަދި ކޮންފަރެންސް އިފްތިތާހު ކުރުމުގެ ރަސްމިއްޔާތުގައި މިނިސްޓަރ ޝަހީމް ބައިވެރިވެވަޑައިގަންނެވުން.
ޝެއާރކޮށްލާ ކަހަލަދޯ؟

ހައްޖާއި އުމްރާގެ ހިދުމަތުގެ މައުރަޒު އަދި ކޮންފަރެންސް އިފްތިތާހު ކުރުމުގެ ރަސްމިއްޔާތުގައި އިސްލާމީ ކަންތައްތަކާއި ބެހޭ ވަޒީރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ބައިވެރިވެވަޑައިގަންނަވައިފިއެވެ.

ހައްޖު އެންޑް އުމްރާ ކޮންފަރެންސް ގައި ބައިވެރިވެވަޑައިގަތުމަށާއި ހައްޖު އެންޑް އުމްރާ ސާވިސް އެގްރީމެންޓްގައި ސޮއިކުރެއްވުމަށް ރަސްމީދަތުރުފުޅެއްގައި ވަޑައިގެން ވަޒީރު ޑރ. ޝަހީމް މިވަގުތު ހުންނެވީ މައްކާގައެވެ.

މި ކޮންފަރެންސްގައި ހައްޖުވެރިންގެ ހިދުމަތްތަކާ ބެހޭ ގޮތުން މަޝްވަރާތައް ކުރިއަށް ގެންގޮސްފައިވާއިރު، ހައްޖު ދަތުރުތަކުގެ ފެންވަރު ރަނގަޅުކޮށް ޒިޔާރަތްކުރާ މީހުންގެ ދީނީ އަދި ސަގާފީ ތަޖުރިބާތައް މުއްސަނދި ކުރުމުގެ އަމާޒު ހިމަނާފައިވެއެވެ.

މި ކޮންފަރެންސްގައި އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރުގެ ނައިބުން، އަލީ އަޙްސަނާއި، އައްޝައިޚް އުސާމް މުޙައްމަދު ސަޢީދުގެ އިތުރުން މޯލްޑިވްސް ހައްޖު ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ޝަކީލްވެސް ބައިވެރިވެޑައިގަތެވެ.

މި ދަތުރުފުޅުގައި ޑރ. ޝަހީމް ވަނީ މައްކާގައި ތިބި ހައްޖު ކޯޕަރޭޝަންގެ އުމްރާ ވެރިންނާއި ބައްދަލުކުރައްވާފައެވެ.

އިސްލާމީ ކަންތައްތަކާއި ބެހޭ ވުޒާރާއިން ބުނެފައިވަނީ ވަޒީރު ޑރ. ޝަހީމް އުމްރާވެރިންގެ ވާހަކަތައް ވަރަށް ގާތުން އަޑުއައްސަވައިފައިވާކަމަށެވެ. އަދި ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވައުދުފުޅާއި އެއްގޮތަށް ހައްޖާއި އުމްރާގެ ކަންކަން އިތުރަށް ހަރުދަނާ ކުރައްވާނެ ކަމަށް މި ބައްދަލުވުމުގައި ވަޒީރު ވިދާޅުވެފައިވާ ކަމަށް އެ ވުޒާރާއިން ބުންޏެވެ.

މި ބައްދަލުވުމުގައި އެ ވުޒާރާއާއި ޖިއްދާގައި ހުންނަ ދިވެހިރާއްޖޭގެ ކޮންސިއުލޭޓާއި ހައްޖުކޯޕަރޭޝަންގެ އިސްބައެެއް ބޭފުޅުން ބައިވެރިވަޑައިގެންނެވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 100%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: