ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޖޭޕީގެ މެންބަރުން ޑރ މުއިއްޒަށް ތާއީދުކޮށްދެއްވާ: ޑރ ޝަހީމް

ކުރީގެ އިސްލާމިކް މިނިސްޓަރ އަދި ޕީޕީއެމްގެ އެޑްވައިޒަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު
ޝެއާރކޮށްލާ ކަހަލަދޯ؟

ސެޕްޓެމްބަރ 30 ގައި ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ޖުމްހޫރީ ޕާޓީ (ޖޭޕީ) އިން އިދިކޮޅުގެ ރިޔާސީ ކެންޑިޑޭޓު ޑރ މުހައްމަދު މުއިއްޒަށް ތާއީދުކޮށްދިނުމަށް ޕީޕީއެމްގެ އެޑްވައިޒަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު އެދިވަޑައިގެންފިއެވެ.

ދެވަނަ ބުރަށް ޑރ މުއިއްޒު ދަތުރުކުރުމާއިއެކު އިދިކޮޅުން ވަނީ ޖޭޕީގެ ތާއީދު ހޯދުމަށް އެ ޕާޓީގެ ލީޑަރ ގާސިމް އިބްރާހީމްގެ އަރިހަށް ވަޑައިގެންފައެވެ. ނަމަވެސް ޖޭޕީއިން ނިންމީ އެއްވެސް ކެންޑިޑޭޓެއްގެ ފަހަތަށް ނޭރުމަށެވެ. އަދި އެއީ ވެރިކަމަށް އައުމަށްފަހު، ސަރުކާރުގައި ހުރި މައްސަލަތައް ހައްލުކުރުމުގެ ފުރުސަތު ޖޭޕީއަށް ނުދޭތީކަމަށް ގާސިމް ވިދާޅުވިއެވެ. ޖޭޕީއިން ވަކި ކެންޑިޑޭޓެއްގެ ފަހަތަށް ނޭރުމަށް ނިންމި ނަމަވެސް، އެ ޕާޓިގެ އާންމު މެންބަރުންނަށް ބޭނުން ކެންޑިޑޭޓަކަށް ތާއީދުކުރުމުގެ ފުރުސަތު އޮންނާނެކަމަށް ގާސިމް ވިދާޅުވިއެވެ.

މިކަމާއި ގުޅިގެން ޑރ ޝަހީމް އެދިވަޑައިގަތީ ޖޭޕީގެ މެންބަރުން ޑރ މުއިއްޒަށް ތާއިދު ކުރެއްވުމަށެވެ.

ރިޔާސީ އިންތިހާބުގައި ވާދަ ކުރެއްވި 8 ކެންޑިޑޭޓުންގެ ތެރޭއިން ފަސްވަނައިގައި ގާސިމް ހުންނެވީ 5،460 ވޯޓާއިއެކުއެވެ. ފުރަތަމަ ބުރުގައި ޑރ މުއިއްޒަށް 101،635 ވޯޓު ލިބިވަޑައިގެންނެވިއެވެ. ދެވަނަ ބުރުގައި ޑރ މުއިއްޒާއި ވާދަ ކުރައްވާނީ އެމްޑީޕީގެ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހެވެ. އެމަނިކުފާނަށް ލިބިވަޑައިގެންނެވީ 86،161 ވޯޓެވެ.

މިހާތަނަށް ޕީޕިއެމް/ޕީއެންސީއާއިއެކު ކޯލިޝަން ހައްދަވާފައިވަނީ ހަމައެކަނި އެމްއެންޕީއިންނެވެ. ރައީސް ސާލިހާއިއެކު އަދިވެސް އެމްޑީއޭ އަދި އަދާލަތު ޕާޓީ އެބައޮތެވެ.

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: