ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ފެނަކައިން “މުވައްޒަފު” ވަތްކެއް ނުކުރޭ! ކޮންޓްރެކްޓް ހަމަވީ!

ޝެއާރކޮށްލާ ކަހަލަދޯ؟

މި ސަރުކާރަށް ފާޑުކިޔައިގެން އެއްވެސް މުވައްޒަފަކު ވަޒީފާއިން ވަކިކޮށްފައިނުވާނެކަމަށް ފެނަކަ ކޯޕަރޭޝަން ލިމިޓެޑުން ބުނެފިއެވެ.

މި ސަރުކާރަށް ފާޑު ކިޔައިގެން މުވައްޒަފަކު ވަކިކުރިކަމަށް ބުނެ މީސް މީޑިއާގައި ފެތުރެމުންދާ ވާހަކަތަކާއި ގުޅޭގޮތުން ފެނަކައިގެ މެނޭޖިންގ ޑިރެކްޓަރ އަހްމަދު ސައީދު ސަންގަށް ވިދާޅުވީ، ފެނަކައިން އެ މުވައްޒަފު ވަކި ކުރީ ނޫންކަމަށެވެ. އަދި ހެދިފައިވާ ކޮންޓްރެކްޓްގެ މުއްދަތު ހަމަވުމުން، އެ މުވައްޒަފުގެ ކޮންޓްރެކްޓް އާ ނުކުރުމަށް ޑިޕާޓުމެންޓުން ނިންމީކަމަށެވެ.

ސައީދުގެ ވާހަކާގައި މުވައްޒަފަކު ވަޒީފާއިން ވަކިކުރުމާއި، ކޮންޓްރެކްޓް މުވައްޒަފެއްގެ ކޮންޓްރެކްޓް މުއްދަތު ހަމަވުމުން ކޮންޓްރެކްޓް އައު ނުކުރުން އެއީ ތަފާތު ދެ ކަމެއް ކަމަށެވެ. އަދި ކޮންޓްރެކްޓަކީ ކޮންޓްރެކްޓްގެ މުއްދަތު ހަމަވުމުން އައު ނުކުރާހާ ހިނދަކު އުވޭ އެއްޗެއްކަމަށާއި، އެއީ ވަޒީފާއިން މުވައްޒަފަކު ވަކިކުރުން ނޫންކަމަށެވެ.

އެމްޑީ ސައީދު އިތުރަށް ވިދާޅުވީ، އެއްވެސް މުވައްޒަފަކަށް ސިޔާސީ ނުފޫޒެއް ކުންފުނީގެ ފަރާތުން ފޯރުވާފައި ނުވާނޭކަމަށެވެ. އަދި ސިޔާސީ ގޮތުން ބުނާ އެއްޗެއްގެ ސަބަބުން ކުންފުނީގެ އެއްވެސް މުވައްޒަފެއްގެ ވަޒީފާ ނުގެއްލޭނެކަމަށްވެސް ވިދާޅުވިއެވެ.

ސިޔާސީ ގޮތުން ތަފާތު ކުރުމެއް ފެނަކަ ތެރެއަކު ނޯންނާނެ. ވަކިވަކިން މުވައްޒަފުން ކުރެން އައްސަވާ. ސިޔާސީ ގޮތުން ބިރުދައްކާ ހެދުން މާޒީއާއެކު ނިމި ގޮސްފި. އެކަމަށް ކުންފުނީގެ މުވައްޒަފުން ހެކިވާނެ: އެމްޑީ ސައީދު

ސައީދު ވިދާޅުވީ، ކުންފުނި ހިންގަމުން ދާނީ މުވައްޒަފުންގެ ހައްގުތައް ކަށަވަރުކޮށްދީ މުވައްޒަފުންގެ ހައްގުތަކަށް އިހުތިރާމް ކުރަމުންކަމަށެވެ. އަދި ޤާނޫނާއި ގަވާއިދާއި ހެދިފައިވާ އެއްބަސްވުންތަކަށް އަމަލުކުރާނީ ތަފާތު ކުރުމެއް ނެތިކަމަށްވެސް ވިދާޅުވިއެވެ.

ރައީސް ޞާލިހު ކީރިތިކުރެއްވިކަމަށް ބުނެ ފެނަކަ މުވައްޒަފެއް ވަޒީފާއިން ވަކިކޮށްފިކަމަށް ބައެއް މީޑިއާތަކުން ރިޕޯޓުކޮށްފައި ވެއެވެ. ނަމަވެސް އެއްވެސް މުވައްޒަފަކުް ވަކި ނުކުރާކަމަށާއި، ކޮންޓްރެކްޓް ހަމަވުމުން އާ ނުކުރީ ކަމަށް ފެނަކައިން ބުނެއެވެ. އަދި ހާމަވެފައިވާ ބައެއް ލިޔެކިޔުންތަކުންވެސް ފެންނަނީ އެގޮތަށެވެ.

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: