ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައީސް ނަޝީދުގެ “ދެ ރަދުން” ފޮތް ނެރުމަށް ބޭއްވީ ސިޔާސީ ހަރަކާތެއް ނޫން، ފިޔަވަޅެއް ނޭޅޭނެ: އީސީ

އީސީގެ ރައީސް އަހުމަދު ޝަރީފު-- ފޮޓޯ: ވަގުތު
ޝެއާރކޮށްލާ ކަހަލަދޯ؟

ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ލިޔުއްވި “ދެ ރަދުން” ފޮތް ނެރުމަށް ބޭއްވި ހަރަކާތަކީ ސިޔާސީ ޕާޓީއަކުން އިންތިޒާމް ކުރި ސިޔާސީ ހަރަކާތެއް ނޫން ކަމަށާއި، އެހެންކަމުން އެކަމުގައި އިލެކްޝަންސް ކޮމިޓީއަށް ފިޔަވަޅު ނޭޅޭނެ ކަމަށް އެ ކޮމިޝަނުން ބުނެފިއެވެ.

އީސީން މިހެން ބުނެފައިވާއިރު، ގާނޫނާއި ހިލާފަށް ކުރިޔަށް ގެންދިޔަ ސިޔާސީ ހަރަކާތެއްގައި ބައިވެރިވެފައި ވާތީ އެކަން ތަކުރާރު ނުކުރުމަށް އިދިކޮޅު ޕީޕީއެމް އަދި ޕީއެންސީގެ ބައެއް އިސް ބޭފުޅުންނަށް އެ ކޮމިޝަނުން އިއްޔެ ވަނީ ނަސޭހަތް ދީފައެވެ. އަދި އެދެ ޕާޓީ ވަނީ 75000 ރުފިޔާއިން ޖޫރިމަނާވެސް ކޮށްފައެވެ.

އީސީން އިދިކޮޅު ފަރާތްތައް ޖޫރިމަނާ ކުރި ނަމަވެސް ރައީސް ނަޝީދާމެދު އެއްވެސް ފިޔަވަޅެއް އަޅާފައި ނުވާތީ ގިނަ ބަޔަކު އަންނަނީ ފާޑުކިޔަމުންނެވެ.

ސަންގު ޓީވީގެ “ހަބަރަށް ފަހު” ޕްރޮގްރާމްގައި ބައިވެރިވެވަޑައިގެން އިލެކްޝަންސް ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފް ރޭ ވިދާޅުވީ، އެ ކޮމިޝަނަށް ފިޔަވަޅު އެޅުމުގެ ބާރު ލިބިފައި އޮންނަނީ ސިޔާސީ ޕާޓީއަކުން ހިންގާ ސިޔާސީ ހަރަކާތްތަކަށް ކަމަށެވެ. އެއީ ސިޔާސީ ޕާޓީއަކުން ހިނގާ ހަރަކާތެއްގައި ގާނޫނާއި ގަވާއިދު ހިލާފު ވުމުން ކަމަށް ޝަރީފް ވިދާޅުވިއެވެ.

“އެހެންވީމަ އެފަދަ ސިޔާސީ ހަރަކާތްތަކުގައި ހަމަ އަމަލުކުރަން ޖެހޭނީ އެޗްޕީއޭގެ ގައިޑްލައިން އާއި ގާނޫނުތަކާ ގަވާއިދުތަކާ އެއްގޮތަށް ކަމަށް. ހަމަ ޕީޕީއެމް ޕީއެންސީއަށް ފޮނުވި މޭރުމުން މިހާރު ހުރިހާ ސިޔާސީ ޕާޓީތަކަށް ވެސް ހުންނާނީ ފޮނުވާފައި،” ޝަރީފް ވިދާޅުވިއެވެ.

“ދެ ރަދުން” ނެރުއްވުމަށް ފަހު، އެ ފޮތް ގަތް މީހުންނަށް އޮޓޯގްރާފް ދެއްވުމަށް އެކި ތަންތަނުގައި ބޭއްވި އިވެންޓުތަކުގައި ނަޝީދު މާސްކު ނާޅައި ހުންނެވި މައްސަލާގައި އެއްވެސް ފަރާތަކުން މިހާތަނަށް ފިޔަވަޅު އަޅާފައެއް ނުވެއެވެ.

ވަރަށް ގަދަ
80%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 20%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: