ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ގޭގައި ވިޔަފާރި ކުރުމަކީ މައްސަލައެއް ނޫން، މައްސަލައަކަށް ވަނީ ރަޖިސްޓަރީ ކޮށްފައި ބިދޭސީން ހިންގާނަމަ: މޫސަ

ފޮޓޯ: މޯލްޑިވްސްޓައިމްސް
ޝެއާރކޮށްލާ ކަހަލަދޯ؟

ގޭގައި ވިޔަފާރި ކުރުމަކީ މައްސަލައެއް ނޫން، މައްސަލައަކަށް ވަނީ ރަޖިސްޓަރީ ކޮށްފައި ބިދޭސީން ހިންގާނަމަ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނައިބް ރައީސް މޫސަ މަނިކު ވިދާޅުވެއްޖެއެވެ.

މޫސަ މިހެން މި ވިދާޅުވީ އޮންލައިންކޮށް ކާބޯތަކެތި ވިއްކާނަމަ ރަޖިސްޓްރީކުރަން އެޗްޕީއޭއިން އެންގުމާ ގުޅިގެން ގިނަ ބަޔެއްގެ ފާޑުކިޔުން ސަރުކާރަށް އަމާޒުވަމުންދާ ދަނޑިވަޅެއްގައެވެ.

އެގޮތުން މޫސަ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ވިޔަފާރީގެ ބާޒާރުގާ ކަނބަލުންގެ ހިއްސާ ބޮޑުވާނީ އަލަށް ފަށާ ވިޔަފާރިތަކަށް ކަމަށެވެ.

“ޤާނޫނުން ލުއިދީގެން، ކާބޯތަކެތި ގޭގައި އަމިއްލަޔަށް އުފައްދައިގެން ވިއްކުމަކީ މައްސަލައެއްނޫން، މައްސަލައަކަށް ވާނީ އަންހެން ވިޔަސް ފިރިހެންވިޔަސް ރަޖިސްޓަރީ ކޮށްފަ ބަންގާޅީން ހިންގާނަމަ.” މޫސަ ވިދާޅުވިއެވެ.

އެޗްޕީއޭ އިން މިދިޔަ ހޯމަ ދުވަހު ކުރި އިއުލާނެއްގައި ބުނެފައި ވަނީ އެ އެޖެންސީ އާއި ސަރުކާރުގެ ކަމާބެހޭ އެހެން އިދާރާތަކުން ނަގަންޖެހޭ ހުއްދަތައް ނުނަގާ، ގަވާއިދާ ހިލާފަށް ރަޖިސްޓްރީނުކޮށް، ވިޔަފާރި އުސޫލުން ކާބޯތަކެތީގެ ހިދުމަތްތައް ދެމުން ގެންދާކަން ފާހަގަވެފައިވާ ކަމަށެވެ.

އެގޮތުން ރަޖިސްޓްރީ ނުކުރާ ބަދިގެ ފަދަ ތަންތަނުގައި ކާބޯތަކެތި ތައްޔާރުކޮށް ވިއްކުމާއި، ފިހާރަތަކާއި ގޭގޭގައި ކާބޯތަކެތީގެ ބާވަތްތަކާއި ދުންފަތުގެ ބާވަތްތައް އޮންލައިން ޕްލެޓްފޯމްތަކުގައި އާއި އެހެނިހެން ގޮތްގޮތަށް އިޝްތިހާރުކޮށް ޑެލިވަރީގެ ހިދުމަތް ދެމުންގެންދާކަމުގެ މައުލޫމާތާއި ޝަކުވާ އެ އެޖެންސީއަށް ލިބެމުން އަންނަ ކަމަށެވެ.

އެހެންކަމުން އެއްވެސް ފަރާތަކުން ވިޔަފާރީގެ އުސޫލުން ކާބޯތަކެތީގެ ހިދުމަތް ފޯރުކޮށްދޭނަމަ ކާބޯތަކެތީގެ ހިދުމަތް ދިނުމުގައި ހުންނަންޖެހޭ ސާފުތާހިރުކަމުގެ މިންގަނޑުތައް ބަޔާންކުރާ ގަވާއިދާއި ކަމާގުޅޭ އެހެން ގަވާއިދުތަކާ އެއްގޮތްވާ ގޮތުގެ މަތިން ހުއްދަ ނެގުމަށް އެޗްޕީއޭގެ އިއުލާނުގައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: