ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ގޭގައި ކުރާ މަސައްކަތްތަކަށް ލުޔެއް ހޯދަން އެޗްޕީއޭއާއެކު މިއަންނަނީ މަޝްވަރާ ކުރަމުން: ފައްޔާޒް

ޝެއާރކޮށްލާ ކަހަލަދޯ؟

ރެޖިސްޓްރީ ނުކޮށް ގޭގައި ތިބެގެން އާމްދަނީ ހޯދުމަށް ކުރާ މަސައްކަތްތައް، ކުރެވޭނެ ގޮތްތަކެއް ހޯދުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އާއެކު މަޝްވަރާ ކުރެވެމުން އަންނަ ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ވިދާޅުވެއްޖެއެވެ.

އެއްވެސް ފަރާތަކުން ވިޔަފާރީގެ އުސޫލުން ކާބޯތަކެތީގެ ހިދުމަތް ފޯރުކޮށްދޭނަމަ ކާބޯތަކެތީގެ ހިދުމަތް ދިނުމުގައި ހުންނަންޖެހޭ ސާފުތާހިރުކަމުގެ މިންގަނޑުތައް ބަޔާންކުރާ ގަވާއިދާއި ކަމާގުޅޭ އެހެން ގަވާއިދުތަކާ އެއްގޮތްވާ ގޮތުގެ މަތިން ހުއްދަ ނެގުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ވަނީ އަންގައިފައެވެ.

އެޗްޕީއޭގެ ނިންމުމާ ގުޅިގެން ގިނަ ބަޔަކު އަންނަނީ ނުރުހުން ފާޅުކުރަމުންނެވެ.

އެކަމާ ގުޅިގެން މިނިސްޓަރު ފައްޔާޒު ރޭ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އާމްދަނީ ހޯދުމަށް ގޭގައި ކުރާ މަސައްކަތްތައް ރެޖިސްޓާ ކުރުމަށް ގާނޫނުގައި ކަނޑައަޅާފައި ނުވާ ކަމަށެވެ. ނަމަވެސް އާންމުންގެ ސިއްހީ ރާއްކާތެރިކަމަށް، އެޗްޕީއޭގެ މެންޑޭޓްގެ ދަށުން އާމްދަނީ ހޯދުމަށް ގޭގައި ކުރާ މަސައްކަތްތައް ރެޖިސްޓާ ކުރަން ޖެހޭ ގޮތަށް ހެދޭނެ ކަމަށެވެ.

“މިހާރުގެ ހާލަތާ ގުޅިގެން އެކަމަށް ލުޔެއް ދިނުމާ ގުޅޭ ގޮތުން އެޗްޕީއޭއާއެކު އަންނަނީ މަޝްވަރާ ކުރެވެމުން،” ފައްޔާޒު ވިދާޅުވިއެވެ.

އަމިއްލަ ދިރިއުޅުމަށްޓަކައި ކުރާ މަސައްކަތްތަކުގެ ތެރެއިން، އަމިއްލަ ގޭގައި ނުވަތަ އެއްތަނުން އަނެއް ތަނަށް ގޮސް ފަންނީ ހިދުމަތެއް ނުވަތަ އެނޫންވެސް ހިދުމަތެއް ފޯރުކޮށްދިނުމަކީ، ވިޔަފާރިއެއްގެ ގޮތުގައި ރަޖިސްޓަރީކުރަން ނުޖެހޭ ފަދަ މަސައްކަތްތައް ކަމަށް އިކޮނޮމިކް މިނިސްޓްރީން ރޭ ވަނީ ބުނެފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: