ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ފުލުހަކީ އަހަރެމެންނަށް ނުލިބިފައިވާ ހައްޤު ހޯދައިދޭ މީހާ: އިމްރާން

ޝެއާރކޮށްލާ ކަހަލަދޯ؟

ދިވެހި ފުލުހުންނާއި، ސިފައިންނާ ނުލައި މި ވަޠަންގެ ބަހާތައް ދެމެހެއްޓިގެން ނުދާނެ ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.

ފުލުހުންގެ 87 ވަނަ އަހަރީ ދުވަހާ ގުޅިގެން މުވައްޒަފުންގެ ޚިދުމަތުގެ އަގުވަޒަންކުރުމުގެ ގޮތުން ބޭއްވި ހާއްސަ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު އިމްރާން ވިދާޅުވީ ކޮންމެ އިންސާނީ މުޖުތަމައެއްގައި އެމުޖުތަމައު ބިނާވެފައި އޮންނަ ވަކި ހާއްސަ އަސާސްތަކެއް ނުވަތަ ބަހާތަކެއް އޮންނާނެކަމަށެވެ. އެއަސާސްތަކާއި ބަހާތައް ނެގެހެއްޓުމަށް ވަކި ހާއްސަ ބަޔަކަށް ހަވާލުކުރެވިފައިވާ ކަމަށް ވިދާޅުވިއެވެ.

ފުލުހުންނާއި، ސިފައިންނާ ނުލައި މި ލޮބުވެތި ވަޠަންގެ ބަހާތައް ދެމެހެއްޓިގެން ނުދާނެ. މިކަހަލަ ކޮންމެ މުއައްސަސާއެއްގައި މަސައްކަތް ކުރާ މީހެއްގެ އަޞާސީ ސިފައަކީ އެމުއްސަސާއާއި، ވަޠަންދެކެ ލޯބިވުން: އިމްރާން

ހަމައެއާއެކު މުސްތަގިއްލު މިނިވަންކަމާއެކު ދެމިއޮންނަ ކޮންމެ މުޖުތަމައެއްގައި އަސާސީ އެއް ސިފައަކީ ވަޠަން ދެކެ ލޯބިވުންކަމަށާއި މިފަދަ މުއައްސަސާއެއްގެ ކޮންމެ މުވައްޒަފެއްގެ އެންމެ އަސާސީ ސިފައަކީ މުއައްސަސާއާއި ވަޠަން ދެކެ ލޯބިވުންކަމަށް އިމްރާން ވިދާޅުވިއެވެ.

އިމްރާން ވިދާޅުވީ އަމިއްލަ ނަފްސަށް ވުރެ، އަމިއްލަ މަސްލަހަތަށްވުރެ މުއައްސަސާގެ މަސްލަހަތާއި ލޯބި އިސްކުރެވިގެން ނޫނީ މުއައްސަސާގެ ހަގީގީ ދަރިއަކަށްވުމުގެ ސިފަ ފުރިހަމަ ނުވާނެ ކަމަށާއި ފުލުހުން މުއައްސަސާއެއްގައި މަސައްކަތްކުރާ ކޮންމެ ފަރުދެއްގެ ކިބައިގައި އެސިފަ އިސްވާނެކަމަށެވެ.

“މިފަދަ މުއައްސަސާތަކަށް ގައުމީ ނުވަތަ ވަޠަނީ މުއައްސަސާތަކޭ ކިޔަނީ އެހެންވެ. މިފަދަ މުއައްސަސާއެއްގައި 25 އަހަރު 20 އަހަރު ހޭދަކުރެއްވުމަކީ ބޮޑުކަމެއް އޭގެ އަގު ވަޒަންކުރަންޖޭނެ.” ދިގު މުއްދަތެއްގައި ހިދުމަތްކުރެވި މުވައްޒަފުންނަށް ސަރުކާރާއި ރައްޔިތުންނާއި މިނިސްޓަރުގެ އަމިއްލަ ނަންފުޅުގައި ޝުކުރު އަދާކުރައްވަމުން އިމްރާން ވިދާޅުވިއެވެ.

އިމްރާން އިތުރަށް ވިދާޅުވީ ދިވެހިން ދެކެނީ ފުލުހަކީ އަހަރެމެނަށް ނުލިބިފައިވާ ހައްޤު ހޯދައިދޭ މީހާ ކަމަށާއި އަމާންކަމާއި ރައްކާތެރިކަން ކަށަވަރު ކޮށްދޭނެ މީހާ ކަމަށެވެ. އަދި ކޮންމެ ނުރައްކަލެއް ކުރިމަތިވާ ހިނދު އެކަމުން ސަލާމަތްކޮށްދީ ރައްކާތެރިކޮށްދޭނެ މީހާއަކީ ފުލުހުން ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

އެ ރަސްމިއްޔާރުގައި ފުލުހުންގެ ހިދުމަތުގައި 20 އަހަރަށްވުރެ ދިގު މުއްދަތެއްގައި ހިދުމަތްކުރައްވާފައިވާ 47 ފުލުހަކަށް ހަނދާނީ ލިޔުމާއި، ފުލުހުންގެ ހިދުމަތުން ޝަރަފްވެރިކަމާއެކު ރިޓަޔަރ ކުރައްވާފައިވާ ތިން ފުލުހަކަށް “ފުލުހުންގެ ވަޒީފާއިން ރިޓަޔަރކޮށް، އިނާޔަތް ހަމަޖެއްސެވި ޗިޓް” އަދި ފުލުހުންގެ ހިދުމަތުގައި ހޭދަކުރެއްވި މުއްދަތުގައި ލިބިލައްވާފައިވާ ކުލައާ މެޑަލް ހަވާލުކޮށްދެއްވީ ކޮމިޝަނަރ އޮފް މުޙައްމަދު ހަމީދެވެ.

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: