ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ފުލުހުންގެ މަރުކަޒު އައްޑޫގައި އަޅަން ނިންމީ ވަޒީފާ އިތުރުކުރަން: އުމަރު

ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު
ޝެއާރކޮށްލާ ކަހަލަދޯ؟

އިންޑިއާ ސަރުކާރުގެ ހިލޭ އެހީގައި އައްޑޫ ސިޓީގައި އިމާރާތް ކުރަމުން އަންނަ ފުލުހުންގެ ތަމްރީނުގެ މަރުކަޒު އެސިޓީއަށް ބަދަލުކުރަން ނިންމީ، ވަޒީފާގެ ފުރުސަތު މަދުވުމުގެ ސަބަބުން އިތުރު ފުރުސަތު ހޯދައިދިނުމަށް ކަމަށް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެއެވެ.

އުމަރު އެހެން ވިދާޅުވީ ދ. ވާނީގައި އިންޑިއާގެ ސަރުކާރުން އިމާރާތްކުރާ ފުލުހުންގެ މަރުކަޒުގެ ދެ ވަނަ ފިޔަވަހީގެ ނިމުން ފާހަގަކުރަން ބޭއްވި ރަސްމިއްޔާތުގައި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ދެއްކެވި ވާހަކައަށް ރައްދު ދެއްވުމުގެ ގޮތުންނެވެ.

އެ ރަސްމިއްޔާތުގައި ޝާހިދު ވިދާޅުވީ އައްޑޫ ހިތަދޫގައި އިމާރާތް ކުރަމުން އަންނަ ފުލުހުންގެ ތަމްރީނުގެ މަރުކަޒުގެ އެއްބަސްވުމުގައި ސޮއިކުރައްވައި، އަދި އެއާ ގުޅޭ ކަންކަން ނިންމެވި ކުރީގެ ދެ ހޯމް މިނިސްޓަރުން ކަމަށްވާ ޑރ. މުހައްމަދު ޖަމީލް އަހުމަދާއި އުމަރު ނަސީރު ކަމަށެވެ.

އައްޑޫ ޕޮލިސް އެކަޑެމީގެ ބޭނުމަކީ އެ އިންޑިއާ ސިފައިން އައްޑޫގައި ބޭތިއްބުން ކަމަށް ބުނެ އިދިކޮޅުން ވާހަކަ ދެއްކިޔަސް އެ އެކަޑެމީ ގާއިމުކުރުމުގެ މޭސްތިރިންނަކީ ޖަމީލާއި އުމަރު ކަމަށް ޝާހިދު ވިދާޅުވިއެވެ.

އެވާހަކަތަކަށް ރައްދު ދެއްވައި އުމަރު ވިދާޅުވީ އައްޑޫ އަކީ ރާއްޖޭގައި ދެވަނައަށް އެންމެ އާބާދީ ބޮޑު އަތޮޅު ކަމަށް ވެފައި، ވަޒީފާގެ ފުރުސަތުތައް މަދު ކަމުން، އެ އަތޮޅަށް އިތުރު ފުރުސަތު ހޯދާދިނުމުގެ ގޮތުން ފުލުހުންގެ ތަމްރީން މަރުކަޒު އައްޑޫގައި ގާއިމް ކުރަން ނިންމި ކަމަށެވެ.

އުމަރު ވިދާޅުވީ  މިހާރު އަޅަމުންދާ މަރުކަޒަކީ އޭރުގައި އަޅަން ނިންމި ފުލުހުންގެ މަރުކަޒު ކަމަށް ވެއްޖެ ނަމަ، އުފަލުގެ ކޮޅެއްވެސް ނެތް ކަމަށެވެ. ނަމަވެސް ޑިޒައިން ބަދަލުކޮށް، އިމާރާތްތަކުގައި ކުރެވޭ ބޭނުން ބަދަލުކުރެވޭ ގޮތަށް އެމަރުކަޒެއް އަޅަމުންދާނަމަ ހިތާމައިގެ ކޮޅެއްނެތް ކަމަށް އުމަރު ވިދާޅުވިއެވެ.

ސޮއިކުރީ ހިލޭއެހީގައި ތަމްރީން މަރުކަޒެއް އެޅުމަށް ކަމަށާއި މި ސަރުކާރު އައިފަހުން އެ އެގްރީމަންޓް އަށް އިތުރު ކުރެވުނު ނުކުތާތައް އެގިލައްވާނީ މިނިސްޓަރ ޝާހިދުއަށް ކަމަށް އުމަރު ވިދާޅުވިއެވެ.

އުމަރު ވިދާޅުވީ މުޅިންވެސް ފެންނަނީ އިންޑިޔާގެ ސިފައިންތައް އައިސް ގޮސްވާތަން ކަމަށެވެ. އަދި ހެލިކޮޕްޓަރެއް ހަދިޔާ ކުރަން އައި މީހުން 8 އަހަރުވީއިރު ހެލިކޮޕްޓަރު ހަވާލު ކޮށްފަ ނުފުރިގެން އުޅޭ ކަމަށް އުމަރު ވިދާޅުވިއެވެ.
އައްޑޫގައި އަޅާ ފުލުހުންގެ ތަމްރީން މަރުކަޒު ބަލާލަން މީޑިޔާތަކަށް ދަޢުވަތު ދިނުމަށް އުމަރުވަނީ އެދިވަޑައިގެންފައެވެ. އަދި އެއްވެސް ސިފައެއްގައި އިންޑިޔާގެ ސިފައިން ނުވަތަ ތަމްރީން ހަދަން ގެންނަ އިންޑިޔާ ސިފައިން އެ މަރުކަޒުގައި ނުތިބޭނެ ކަމުގެ ޔަގީންކަން ސަރުކާރުން ދިނުމަށްވެސް އުމަރުވަނީ އެދިވަޑައިގަންނަވާފައެވެ.

އުމަރު ވިދާޅުވި ގޮތުގައި 2023 ވަނަ އަހަރުގެ އިންތިޚާބަށް ފަހު އިންޑިޔާގެ ހުރިހާ ސިފައިން ރާއްޖޭން ބާލާނެއެވެ.

ޕޮލިސް އެކަޑެމީ ފުރަތަމަ ހަދަން ނިންމާފައި އޮތީ ޅ. ދިއްފުށިމާދޫގައެވެ. ނަމަވެސް ފަހުން ލ. އަތޮޅަށް ބަދަލުކުރުމަށްފަހު. ތިންވަނަ އަށް އެ މަޝްރޫއު ބަދަލުކުރީ އައްޑޫ ސިޓީއަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: