ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ނުކުރާ ވިޔަފާރިތަކަށް ފައިސާ ކެނޑެނީ، ބީއެމްއެލް އިން ބުނަނީ އެއީ ޖެނުއިން ޓްރާންސެކްޝަންތައް ކަމަށް!

ޝެއާރކޮށްލާ ކަހަލަދޯ؟

ބީއެމްއެލްގެ ކަސްޓަމަރުންގެ އެކައުންޓުން، ކަސްޓަމަރުންނަށް ނޭނގި ފައިސާ ކެނޑޭ މައްސަލައަކީ އާ ވާހަކަތަކެއް ނޫނެވެ. ދޭތެރެ ދޭތެރެއިން ފެންމަތިވާ މި މައްސަލަތައް އަނެއްކާ ވެސް ސޯޝަލް މީޑިއާގައި ތިލަވެފައިވާތާ ދުވަސްތަކެއް ވެއްޖެއެވެ. މީގެ ކުރިން ދުވަހަކު ވެސް ވިޔަފާރިކޮށްފައި ނުވާ މާލޭގެ ފިހާރަތަކުން، ވިޔަފާރި ކުރިކަމަށް ޓްރާންސެކްޝަންތަކެއް ބޭންކް ހިސްޓްރީތަކުން ދައްކައެވެ. އަދި އޭގެ އިތުރުން އިންޓަނޭޝަނަލް އެޓީއެމްތަކުން ފައިސާގެ ޓްރާންސެކްޓަން ހިންގާފައިވާކަމަށް، އިންޓަނެޓް ބޭންކްއިންގެ ހިސްޓްރީން ދައްކައެވެ.

ގިނަ އަދަދެއްގެ އާއްމުން މި މައްސަލައިގައި ޝަކުވާތަކެއްކޮށް، ބީއެމްއެލްއަށް ފާޑުކިއުން އަމާޒު ކުރަމުން ދިޔައިރު ވެސް ބީއެމްއެލް އޮތީ ހަމަ ހިމެނޭނުންނެވެ. އެއަށްފަހު ފާޑުކިއުންތަކަށް ބަޔާނެއް ނެރެ ބުނެފައިވަނީ އެކައުންޓުން ފައިސާ ކެނޑިފައިވަނީ “ޖެނުއިން” ޓްރާންސެކްޝަންތަކަށް ކަމަށެވެ. އަދި މިއީ މީގެ ކުރިން ޕްރޮސެސް ނުވެ، ހޯލްޑުކޮށްފައި ހުރި ފައިސާތަކެއް ކަމަށް ބީއެމްއެލްއިން ވަނީ ބުނެފައެވެ.

މި ޓްރާންސެކްޝަންތަކުގެ ތަފްސީލުތައް އިންޓަނެޓް ބޭންކިން މެދުވެރިކޮށް ލިބޭނެކަމަށް ބީއެމްއެލްއިން ބުނާއިރު ގިނަ އާއްމުން ވަނީ ވިޔަފާރި ހިންގާ ވަގުތު ފޯނަށް އޯޓީޕީ އައުމާއި އެކު ވަގުތުން ފައިސާ އެކައުންޓިން ކެނޑުނުކަމުގެ މެސެޖު އަންނަކަން ގިނަ ބަޔަކު ވަނީ ފާހަގަކޮށްފައެވެ. އަދި ހިސްޓްރީގައި ވިޔަފާރި ކުރި ކަމަށް ބުނާ ފިހާރައެއް، ނުވަތަ އިންޓަނޭޝަނަލް ޓްރާންސެކްޝަން އެއީ މީގެ ކުރިން ދުވަހަކު ވެސް ކުރި ވިޔަފާރިއެއް ނޫންކަން އާއްމުން ވަނީ ފާހަގަކޮށްފައެވެ.

މި މައްސަލައިގައި ވާހަކަ ދެއްކި ބައެއް މީހުން ބުނެފައިވަނީ މީގެ ކުރިން ވިޔަފާރި ކުރި ފިހާރައެއް ނަމަވެސް، ފަހުން ކަނޑާފައި ހުރި ކަމަށް ދައްކާ އަދަދަކީ އަސްލު ވިޔަފާރި ކުރި އަދަދަށް ވުރެ ވެސް ބޮޑު އަދަދެއް ކަމަށެވެ. އެހެން ކަމުން ބީއެމްއެލްއިން ދައްކާ ވާހަކަ ދެކޮޅު ނުޖެހޭކަމަށް ގިނަ ބަޔަު ގަބޫލު ކުރެއެވެ. ބޭންކުގެ ގިނަ އަދަދެއްގެ ކަސްޓަމަރުންގެ އެކައުންޓުން ފޮރިން ޕާރޗޭސްގެ ގޮތުގައި އެއް އަދަދެއް އެތައް ފަހަރަކު ކަނޑައިފައި ވެއެވެ.

އަންކްލިއަރޑް އަމައުންޓްގެ ނަން ބީއެމްއެލްއިން ބޭނުން ކުރަނީ އޮޅުވާލުމުގެ ނިޔަތުގައި ކަމަށް ގިނަ ބަޔަކު ތުހުމަތު ކުރެއެވެ. އެގޮތުން އަން ކްލިއަރޑް އަމައުންޓުން އެއްވެސް ޑިޑަކްޝަންއެއް ނުގެނެސް، އޭގެ އެއް މަސް ފަހުން އެކައުންޓުގެ ބެލެންސްއިން ޑަބަލް ފައިސާ ކަނޑާފައިވާކަން ބައެއް މީހުން ހިއްސާކޮށްފައިވާ ސްކްރީންޝޮޓްތަކުން ދައްކައެވެ. މިއީ ބީއެމްއެލްއިން ޒިންމާވާން ޖެހޭނެ ފައިސާތަކެއް ކަމަށާއި، އަދި އެކައުންޓުން ކަނޑާފައިވާ ފައިސާ އަކީ ބީއެމްއެލްއަށް އުނި ކުރެވޭނެ އަދަދުތަކެއް ނޫން ކަމަށް ގިނަ ބަޔަކު ދެކެއެވެ.

ސެޓްލްމަންޓާއި ބެހޭގޮތުން ބޭންކުން ދައްކާ ވާހަކަތައް ދެކޮޅު ނުޖެހޭ އެއް ސަބަބަކީ ސެޓްލްމަންޓް ނަހަދާ ހުރުމުން މާޗެންޓްގެ އެކައުންޓަށް ފައިސާ ނުވަންނާތީއެވެ. އެހެންކަމަށް ވާނަމަ އެ ކަސްޓަމަރެއްގެ އަތުން ވަގުތުން ފައިސާ ކެނޑޭނެއެވެ. އަދި ވަކި ދުވަހެއް ވަންދެން ސެޓްލް ނުކޮށް ހުންނަ ފައިސާއެއް މާޗެންޓަށް ނުހޯދޭނެއެވެ. ސަބަބަކީ ފައިސާ އިޝޫވި ތޯ ނުވަތަ ނޫން ތޯ އެއީ މާޗެންޓްގެ ޒިންމާއެއް ވީމައެވެ.

އެކައުންޓުން ގޮތް ނޭނގޭ ޓްރާންސެކްޝަންތަކެއް ހިނގާއިރު، ރާއްޖޭގެ އެތައް ބަޔަކަށް ވަނީ މާލީ ދަތިތަކާއި ކުރިމަތިލާން ޖެހިފައެވެ. އަދި މިފަދަ ދަނޑިވަޅެއްގައި އެކައުންޓުން ވަކި އަދަދެއް މައިނަސް ވެ، ކެނޑެން ޖެހޭ އަދަދެއް އުނި ވާނަމަ ވެސް އެކަމެއް ކަސްޓަމަރަށް ބީއެމްއެލްއިން އަންގަން ޖެހޭނެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: