ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސަމާލުވޭ! މަކަރާއި ހީލަތުން ފައިސާ ހޯދަން، ފޭކް ޓްރާންސްފާ ސްލިޕް ފޮނުވުން އިތުރުވަނީ

ޝެއާރކޮށްލާ ކަހަލަދޯ؟

ޑޮލަރު ހޯދައިދޭނަކަމަށް ބުނެ މަކަރާއި ހީލަތުން ފައިސާ ހޯދުމާއި ސައްހަނޫން ޓްރާންސްފަރ ސްލިފް ފޮނުވާ މައްސަލަތައް އިތުރުވަމުން އަންނާތީ މިކަމަށް އާންމުން ސަމާލުވެ ތިބުމަށް މޯލްޑިވްސް ޕޮލިސް ސާވިސްއިން އެދިއްޖެ އެވެ.

ފުލުހުން ބުނީ މިހާރަކަށް އައިސް، ޑޮލަރު ހޯދައިދޭނެކަމަށްބުނެ މަކަރާއި ހީލަތުން ފައިސާ ހޯދާ މައްސަލަތައް ހުށަހެޅޭ މިންވަރު އިތުރުވަމުންދާކަން ވަނީ ފާހަގަކުރެވެން ފަށާފައިކަމަށާއި މީގެ އިތުރުން އޮންލައިންކޮށް ވިޔަފާރިކޮށް، އޮންލައިން ޓްރާންސްފަރ ކުރުމަށްފަހު ނުބައި ސްލިޕެއް ފޮނުވާ މައްސަލަތައްވެސް ހުށަހެޅޭ މިންވަރު އިތުރުކަންވަނީ ފާހަގަކުރެވެން ފަށާފައިވާކަމަށެވެ.

ހާއްސަކޮށް މިފަދަ މައްސަލަތައް އިތުރުވެފައިވާކަން ފާހަގަކުރެވިފައިވަނީ ކޯވިޑްގެ ހާލަތާ ގުޅިގެން އަޅާފައިވާ ފިޔަވަޅުތަކާއެކު އޮންލައިންކޮށް ވިޔަފާރިކުރާ ފަރާތްތައް އިތުރުވެ ގިނަ ވިޔަފާރިތަކުން އޮންލައިން ޓްރާންސްފަރ ގަބޫލުކުރަން ފެށުމުންކަން ފާހަގަކުރެވިފައިވާ ކަމަށް ފުލުހުން ބުނެއެވެ.

މިފަދަ މައްސަލަތައް ހުށަހެޅޭ މިންވަރު އިތުރުކަން ފާހަގަކުރައްވައި، ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓްގެ ޑެޕިއުޓީ ހެޑް އިންސްޕެކްޓަރ އޮފް ޕޮލިސް އަހްމަދު ހަނީފް ވިދާޅުވީ އެ ޑިޕާޓްމަންޓަށް ހުށަހެޅިފައިވާ މައްސަލަތަކަށް ބަލާއިރު، ޑޮަލަރު ހޯދައިދޭނެކަމަށްބުނެ މަކަރާއި ހީލަތުން ފައިސާ ހޯދާ މައްސަލަތަކާއި ވިޔަފާރިކުރުމަށްފަހު ނުބައި ޓްރާންސްފަރ ސްލިޕް ފޮނުވާ މައްސަލަތައްވެސް ހުށަހެޅޭ މިންވަރު އިތުރުކަމަށެވެ. އަދި ޑޮލަރު ހޯދުމަށް މުއާމަލާތުކުރާ ފަރާތުގެ ފުރިހަމަ މައުލޫމާތު ނޭނގުމަކީ މިފަދަ މައްސަލަތަކުގެ ތަހުގީގަށް ފާހަގަކުރެވިފައިވާ ކަމެއްކަމުގައި ވިދާޅުވިއެވެ.

އެހެންކަމުން ހުރިހާ ރައްޔިތުންވެސް މިފަދަ ކަންކަމަށް ސަމާލުކަންދީ، ވަކިން ހާއްސަކޮށް ފައިސާގެ މުއާމަލާތެއް ކުރާނަމަ މުއާމަލާތުކުރާ ފަރާތުގެ ސައްހަ މައުލޫމާތު ހޯދައި ޔަގީން ކުރުމަށްފަހު ނޫނީ ފައިސާގެ މުއާމަލާތު ނުކުރުމަށް ފުލުހުން ވަނީ އިލްތިމާސް ކޮށްފައެވެ. އަދި މިފަދަ ފަރާތްތަކާ ފޯނުން މުއާމަލާތުކުރުމުގެ ބަދަލުގައި އެމީހަކާ ބައްދަލުކޮށް، ކާކުކަން ރަނގަޅަށް ބެލުމާއި ފައިސާ ޖަމާކުރަން ފޮނުވާ އެކައުންޓަކީ ރަނގަޅު އެކައުންޓް ނަންބަރުތޯ ޔަގީންކުރުމަށް ވެސް ފުލުހުން އެދެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: