ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ގަވާއިދުގައިވާ މިނަށްވުރެ އުސްކޮށް އިމާރާތްކުރުމުގެ ހުއްދަ ދިން މައްސަލައިގައި ކުރީގެ ޑެޕިއުޓީ މޭޔަރުގެ މައްޗަށް ދައުވާ ކުރަނީ!

އޭސީސީގެ މެމްބަރުން މަޖިލީހުގެ ކޮމެޓީއެއްގައި : ފައިލް ފޮޓޯ
ޝެއާރކޮށްލާ ކަހަލަދޯ؟

މާލޭ ޕްލޭނިންގ ގަވާއިދުގައިވާ މިނަށްވުރެ އުސްކޮށް އިމާރާތްކުރުމުގެ ހުއްދަ ދިން މައްސަލައިގައި މާލޭ ސިޓީ ކައުންސިލްގެ ކުރީގެ ޑެޕިއުޓީ މޭޔަރ އިބްރާހީމް ސުޖާޢުގެ މައްޗަށް ދައުވާކޮށްދިނުމަށް އެދި ޕްރޮސެކިއުޓާ ޖެނެރަލްއަށް އެންޓި ކޮރަޕްޝަން ކޮމިޝަނުން ހުށަހަޅައިފިއެވެ.

މައްސަލައިގައި އެންޓި ކޮރަޕްޝަން ކޮމިޝަނުން އާއްމުކޮށްފައިވާ ބަޔާނެއްގައި ބުނެފައިވަނީ މާލޭގެ ގޯއްޗަކުން އަމިއްލަފަރާތަކަށް ލިބިފައިވާ 250 އަކަފޫޓުގެ ބިމުގައި މާލޭގެ ޕްލޭނިން ގަވައިދުގައިވާ މިންވަރަށްވުރެ އުސްކޮށް އިމާރާތް ކުރުމަށް އިމާރާތުގެ ކުރެހުން ފާސްކޮށް، އިމާރާތްކުރުމުގެ ހުއްދަ މާލޭ ސޮޓީ ކައުންސިލުން ދޫކޮށްފައިވާ ކަމަށް ބުނާ މައްސަލަ ކޮމިޝަނުން ތަހުގީގުކޮށް ނިންމާފައިވާ ކަމަށެވެ.

އެގޮތުން، މި މައްސަލައިގައި ދަޢުވާކުރުމަށް ފޮނުވާފައިވަނީ މާލޭ ސިޓީ ކައުންސިލްގެ ކުރީގެ ޑެޕިއުޓީ މޭޔަރ އިބްރާހީމް ސުޖާޢުގެ މައްޗަށްކަމަށް އޭސީސީއިން ވަނީ ބުނެފައެވެ. ސުޖާއުގެ މައްޗަށް ދައުވާ ކުރުމަށް ފޮނުވާފައިވަނީ މަގާމުގެ ނުފޫޒު ބޭނުން ކުރުމުގެ ދައުވާއެވެ.

”އެފަރާތުގެ މައްޗަށް ދަޢުވާކުރުމަށް ފޮނުވާފައިވަނީ ޤާނޫނު ނަންބަރު 2000/2 (ކޮރަޕްޝަން ހުއްޓުވުމާ މަނާކުރުމުގެ ޤާނޫނު) ގެ 12 ވަނަ މާއްދާގެ (ހ) ގެ ދަށުން މަޤާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒު ފައިދާއެއް ހޯދައިދިނުމުގެ ކުށުގެ ދަޢުވާއެވެ“ އޭސީސީ

އޭސީސީއިން ބުނެފައިވަނީ މައްސަލާގައި ކަންހިނގާފައިވާގޮތަށް ބަލާއިރު، މާލޭ ސިޓީގައި އިމާރާތް ކުރުމުގެ ހުއްދައަށް އެދޭ ބިމުގެ ބޮޑުމިނަކީ 250 އަކަފޫޓުކަމާއި އެ ބިމުގައި، މާލޭ ޕްލޭނިން ގަވާއިދާއި އެއްގޮތަށް އިމާރާތް ކުރުމުގެ ހުއްދަ ދެވޭނީ 6.27 މީޓަރަށް ކަން މައްސަލައިގެ ލިޔުންތަކުން އެނގެން ހުރ ކަމަށެވެ. އަދި އެ ބިމުގައި މާލޭ ޕްލޭނިން ގަވާއިދާ ޚިލާފަށް 12 މީޓަރަށް އިމާރާތް ކުރުމުގެ ހުއްދަދީ 2014 ވަނަ އަހަރުގެ ޖެނުއަރީ 15 ގައި މާލޭ ސިޓީކައުންސިލްގެ އިދާރާއިން ”އިމާރާތުގެ ކުރެހުން ފާސްކުރިކަމުގެ ލިޔުން“ އަދި ”އިމާރާތް ކުރުމުގެ ހުއްދަ“ ދޫކޮށްފައިވާ ކަމަށެވެ އޭސީސީން ބުނެފައިވަނީ އެ ހުއްދަތަކަކީ މާލޭ ސިޓީކައުންސިލްގެ ސުޖާއު ސޮއިކޮށް ދޫކޮށްފައިވާ ހުއްދަތަކެއް ކަމަށެވެ.

”އެހެންކަމުން، އެ ބިމުގައި 4 ބުރިއަށް އިމާރާތްކުރުމަށް 1995 ވަނަ އަހަރު ހުއްދަ ދީފައިވާކަމަށް ބުނެ ލިޔުމެއް ދޫކޮށް، މާލޭ ޕްލޭނިންގ ގަވާއިދުގައިވާ މިނަށްވުރެ އުސްކޮށް އިމާރާތްކުރުމުގެ ހުއްދަދީފައި ވަނީ، އިބްރާހީމް ސުޖާޢު އަށް އެނގިހުރެ، މަޤާމުގެ ނުފޫޒު ބޭނުންކޮށްގެން ވަކި ފަރާތަކަށް ފައިދާ ހޯދައިދިނުމަށްކަން ޝައްކެއް ނެތް މިންވަރަށް މި ކޮމިޝަންގެ ތަޙްޤީޤަށް ސާބިތުކުރެވޭތީ، އިބްރާހީމް ސުޖާޢުގެ މައްޗަށް، ދަޢުވާ ކުރުމަށް، ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް މި މައްސަލަ ފޮނުވުމަށް ނިންމީއެވެ.“ އޭސީސީ

މީގެ އިތުރުން މައްސަލާގައި ހަވާލާދެވޭ ބިމުގައި އިމާރާތް ކުރުމުގެ ހުއްދަ ދޫކޮށްފައިވަނީ، އެ ބިމުގައި ”4 ބުރިއަށް އިމާރާތް ކުރުމަށް މާލޭ ސިޓީކައުންސިލްގެ އިދާރާއިން 1995 ވަނަ ހުއްދަ ދީފައިވާކަމަށް ސުޖާއު، 2014 ވަނަ އަހަރުގެ 14 ޖެނުއަރީ ސޮއިކޮށްފައިވާ ލިޔުމަކަށް ބިނާކޮށް ކަމަށް ވެސް ކޮމިޝަނުން ވަނީ ބުނެފައެވެ.

އެހެންނަމަވެސް، އެބިމުގައި އިމާރާތްކުރުމަށް އެފަދަ ހުއްދައެއް ދީފައި ނުވާކަމާއި، އެލިޔުމަކީ، މާޅޭ ޕްލޭނިން ގަވާއިދާ އެއްގޮތަށް އެ ބިމުގައި އިމާރާތް ކުރެވޭ އުސްމިނަށްވުރެ އުސްކޮށް އިމާރާތް ކުރުމުގެ ހުއްދަ ދިނުމަށް ޝުޖާއު ސޮއި ކުރި ލިޔުމެއްކަން ތަހުގީގަށް ސާބިތުވާކަމަށް އޭސީސީގެ ބަޔާނުގައި ވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 100%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: