ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކުޅުދުއްފުށި-ކޮޗިން ފެރީ މިމަހު ފަހުކޮޅު ފަށަން ތައްޔާރު ވެއްޖެ

ޝެއާރކޮށްލާ ކަހަލަދޯ؟

ހދ. ކުޅުދުއްފުއްޓާއި އިންޑިއާގެ ކޮޗިން އާ ދެމެދު ކާގޯ ދަތުރުތައް ފެށުމަށް ތައްޔާރުވެއްޖެއެވެ.

ޓާންސްޕޯޓް މިނިސްޓްރީން ބުނީ މިކަމާގުޅޭ އެންމެ ފަހުގެ މަޝްވަރާތަކާއި ތައްޔާރީތަށް މިހާރު ކުރިއަށްދާކަމަށެވެ.

އެގޮތުން މިމަހުގެ ފަހުކޮޅު، ފުރަތަމަ ކާގޯ ފެރީ ބާއްވާނެކަމަށާއި މިވަގުތަށް ޢަމާޒުކޮށްފައިވަނީ މަހަކު ދެ ފެރީ ކުޅުދުއްފުއްޓާއި ކޮޗިންއާ ދެމެދު ބޭއްވުމަށްކަމަށް ކަމަށް އެ މިނިސްޓްރީން ބުނެެއެވެ.

ޓްރާންސްޕޯޓް މިނިސްޓްރީން ބުނީ ކާގޯ ފެރީގެ ގޮތުގައި ބޭނުން ކުރާނީ ބޮޑެތި ފެރީތައް ކަމަށާއި އެފެރީތައް ކުޅުދުއްފުށީ ބަނދަރަށް ނުވެއްދޭނެ ކަމަށެވެ. އެހެންކަމުން ލޯކަލް އެޖެންޓު ސްޓޭޓް ޝިޕިން ކޮމްޕެނީ އިން ނިންމާފައިވަނީ މުދާ އަރުވާ ބޭލުމުގައި ބޭނުން ކުރާނީ ޓަގުބޯޓާއި ބާޖު ކަމަށްވެސް ޓްރާންސްޕޯޓް މިނިސްޓްރީން ބުންޏެވެ.

މިނިސްޓްރީން ބުނީ ކޮޗިން އިން އަންނަ ބޯޓު ފުރަތަމަ ކައިރިކުރާނީ ކުޅުދުއްފުއްޓަށް ކަމަށާއި އެރަށު ބަނދަރަށް މުދާ ބޭލުމަށްފަހު މާލެ ބަނދަރަށްވެސް ކައިރިކުރާނެ ކަމަށެވެ. އަދި މިވަގުތު ހަމައެކަނި ނިިންމާފައިވަނީ ކާގޯ މުދާ އުފުލުމަށް އެކަނި ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 100%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: