ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކަނޑިކި ހިއްލައިގެން ތިބެ ޒުވާބު ކުރުމަކީ ޕޮލިޓިކްސްއެއް ނޫން: ބޮންޑޭ

މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހިމް ރަޝީދު (ބޮންޑޭ)
ޝެއާރކޮށްލާ ކަހަލަދޯ؟

މީގެ އަހަރުތަކެއް ކުރިން މާލޭ ކަންކަން މަތީގައި އެއް ބަޔަކު އަނެއް ބަޔަކަށް ކަނޑިކި ހިއްލައިގެން ތިބެ ޒުވާބު ކުރިހެން މިހާރު ޒުވާބު ކުރުމަކީ “ޕޮލިޓިކްސް” އެއް ނޫން ކަމަށް މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހިމް ރަޝީދު (ބޮންޑޭ) ވިދާޅުވެއްޖެއެވެ.

ސަންގުޓީވީގެ ހަބަރަށް ފަހު ޕްރޮގުރާމުގައި ވާހަކަ ދައްކަވަމުން ބޮންޑޭ ވިދާޅުވި ގޮތުގައި ސިޔާސީ ޕާޓީތައް ހަދަނީ އެއްބަޔަކު އަނެއްބަޔަކާއި ކޯޅޭކަށް ނޫނެވެ. އަދި ރައްޔިތުން މަޖިލީހުގެ މެންބަރުންނާއި ސިޔާސީ މީހުންވެސް މަސައްކަތްކޮށް ވާހަކަ ދައްކަންވާނީ ރައްޔިތުންނަށް ފައިދާހުރި ގޮތްތަކެއް ހޯދައިދިނުމަށް ކަމަށް ބޮންޑޭ ވިދާޅުވިއެވެ.

ބޮންޑޭ ވިދާޅުވީ މީޑިއާތަކަށް އެމްޑީޕީގެ މެންބަރުންވެސް ވާހަކަ ދައްކަންވާނީ ރައްޔިތުންނާއި ގުޅޭގޮތުން، އެމީހުން ޖީބަށް އެއްޗެއް ވަންނާނެ މަގެއް ހޯދަން ކަމަށާއި، މީޑިއާތަކަށް އަރަނީ އެއްބަޔަކު އަނެއް ބަޔަކަށް ޒުވާބުކުރާކަށް ނޫން ކަމަށެވެ.

މިހާރު އަބަދުވެސް ފެންނަނީ އެ މަންޒަރު ކަމަށާއި، އެމްޑީޕީގެ މެންބަރުންވެސް ޓީވީތަކަށް އަރާ ޒުވާބު ކުރަނީ އިދިކޮޅު ކޯލިޝަންގެ އަދުރޭ (އަބްދުއްރަހީމް އަބްދުﷲ) މެންކަހަލަ މީހުންނާ ކަމަށް ބޮންޑެ ވިދާޅުވިއެވެ.

“އަޅުގަނޑުމެންގެ މެންބަރުންވެސް ނުޖެހޭ ރައްޔިތުންގެ ބޯ ހަލާކުކުރާކަށް ބޭކާރު ވާހަކަ ދައްކާކަށް، އަޅުގަނޑުމެން ވާހަކަ ދައްކަންޖެހޭ ރައްޔިތެއްގެ ޖީބަށް ފައިސާ ވަންނާނެ ގޮތެއް ހޯދަން، ތިމާގެ ޖީބަށް ފައިސާ ވަންނާނެ ގޮތެއް ހޯދާކަށް ނޫން’ އިހުޒަމާނުގައި މާލޭގެ ކަންކަން މަތީ ކަނޑިކި ހިއްލައިގެން ތިބި ޒުވާބުކުރާހެން، ޒުވާބުކުރުމަކީ ޕޮލިޓިކްސް އެއް ނޫން” ބޮންޑޭ

މީގެ އިތުރުން ބޮންޑޭ ވިދާޅުވީ މުޅި ދުނިޔެ ބަންދުވެ، ރައްޔިތުންގެ ގޭގައި ބަންދުވެގެން ތިބި ދަނޑިވަޅެއްގައި ވާހަކަ ދައްކަންވީ އެމީހުންނަށް ދިރިއުޅެވޭނެ މަގެއް ހޯދައިދެވޭނެ ގޮތަކާއިމެދުގައި ކަމަށެވެ.

ބޮންޑެ ވިދާޅުވި ގޮތުގައި އިންޑިއާ އިން އައި “ތެޔޮދޯރިއެއް” ކަހަލަ ބޯޓުގަނޑަކުން ނުނެއްޓިގެން އެމްޑީޕީގެ މެންބަރުންވެސް އުޅެންޖެހޭ ސަބަބެއް ނުވިސްނެއެވެ.

މިހާލަތުގައި ދައްކަންވީ ރައްޔިތުންނަށް އެހީތެރިވާނެ ގޮތުގެ ވާހަކަ ކަމަށާއި މިހާލަތުގައި ކަމާނުބެހޭ ވާހަކަ ދައްކައިގެންލިބޭނެ މޮޅެއްވެސް އަދި ކުރިއެރުމެއްވެސް ނެތް ކަމަށް ބޮންޑޭ ވިދާޅުވިއެވެ.

ވަރަށް ގަދަ
59%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 18%ބޮޑު ޖޯކެއް 6%ހައިރާންވެއްޖެ 0%ވަރަށް ދެރަ 18%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: