ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހުޅުމާލޭގެ ސައިޓަކުން ކޭބަލް ނަރުތަކެއް ވަގަށް ނަގަން އުޅުނު ދެމީހަކު ހައްޔަރުކޮށްފި

ޝެއާރކޮށްލާ ކަހަލަދޯ؟

ހުޅުމާލޭ ސައިޓަކުން ކޭބަލް ނަރުތަކެއް ވަގަށް ނަގަން އުޅުނުކަމުގެ ތުހުމަތުގައި ދެމީހަކު ހައްޔަރުކޮށް މައްސަލަ ތަހުގީގުކުރަންފަށައިފިއެވެ.

ފުލުހުން ވިދާޅުވީ މިމައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ 26 އަހަރުގެ ދިވެހި ފިރިހެނަކާއި  45 އަހަރުގެ ދިވެހި ފިރިހެނެއްކަމަށެވެ.

އެދެމީހުން ހައްޔަރުކޮށްފައިވަނީ އިއްޔެ 14:55 އެހާކަންހާއިރު ހުޅުމާލޭ ޕޮލިސްއަށް ލިބުނު މައުލޫމާތަކާ ގުޅިގެން ކުށުގެ ވެށިންނެވެ.

އެދެމީހުން  ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް، އެދެމީހުން ތިބި ތަން ބަލައިފާސްކުރިއިރު ކަރަންޓް ކޭބަލުން ބުރިކޮށްފައިވާ ގިނަ އަދަދެއްގެ ނަރުތަކަކާއި ދުނިކީސް ތިލައަކާއި ނަރުކަނޑާ ކަތުރަކާއި ކަޓަރެއްގެ އިތުރުން ދެ ކަޓަރު ފެނިފައިވެއެވެ.

މިމައްސަލަ ހުޅުމާލެ ޕޮލިސްއިން ދަނީ ތަހުގީގު ކުރަމުންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: