ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެއްވުމުގައި ހައްޔަރުކުރި މީހުންގެ ތެރެއިން އެކަކު ފިޔަވައި އެންމެން ދޫކޮށްލައިފި

މިއަދު އިދިކޮޅުން ބޭއްވި އެއްވުމުގެ ތެރެއިން-- ފޮޓޯ: އަވަސް
ޝެއާރކޮށްލާ ކަހަލަދޯ؟

އިދިކޮޅު ކޯލިޝަނުން އިއްޔެ ބޭއްވި އެއްވުމުގެ ތެރެއިން ހައްޔަރުކުރި އެންމެން ޖޫރިމަނާކޮށް، އެކަކު ފިޔަވައި އެންމެ ދޫކޮށްލާފައިވާކަމަށް ފުލުހުން ބުނެފިއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ ގައިޑްލައިންތަކާއި ޚިލާފަށް މާލޭގައި އިއްޔެ ސައިކަލު ބުރެއް ބޭއްވުމަށް މަސައްކަތްކުރި މީހުންގެ ތެރެއިން 41 މީހަކު ވަނީ ފުލުުހުން ވަނީ ހައްޔަރު ކޮށްފިއެވެ.

ފުލުހުން މިއަދު ބުނީ އެއްވުމުން ހައްޔަކު ކުރި އެކަކު ފިޔަވައި އެހެން އެންމެ ދޫކޮށްލާފައިވާ ކަމަށާއި އެޗްޕީއޭގެ ގައިޑްލައިނާ ހިލާފުވުމުން އެ މީހުން ޖޫރިމަނާ ކޮށްފައިވާ ކަމަށެވެ. ނަމަވެސް އެއިން އެއްވެސް މީހެއްގެ ލައިސަންސް ހިފަހައްޓާފައި ނުވާކަމަށް ފުލުހުން ބުނެއެވެ.

އެޗްޕީއޭގެ އުސޫލުތަކާ ހިލާފަށް މަގުމަތީގައި އުޅޭ މީހުން ޖޫރިނަމާ ކުރަނީ 1000 ރުފިޔާއިންނެވެ.

އާންމު ޞިއްޙަތުގެ ކުއްލި ނުރައްކަލުގެ މި ޙާލަތުގައި، ރައްޔިތުންގެ ރައްކާތެރިކަން އިސްކޮށް، އެޗްޕީއޭގެ އެންގުންތަކާއި އެއްގޮތަށް އަމަލުތައް ބެހެއްޓެވުމަށް ފުލުހުން ވަނީ އިލްތިމާސް ކޮށްފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: