ހދ. ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް ބޮޑު ކުރުމާއި، މަރާމާތު ކުރުމުގެ މަސައްކަތުގެ 18 އިންސައްތަ މަސައްކަތް ނިމެއްޖެ ކަމަށް އެ މަސައްކަތް ހަވާލުކޮށްފައިވާ އެމްޓީސީސީން ބުނެފިއެވެ
މި މަޝްރޫޢުގެ ދަށުން، ހޮސްޕިޓަލްގެ ވާރޑް ބިލްޑިންގގެ ފުރަތަމަ ފަންގިފިލާގެ ލިފްޓުގެ ފާރު ކާސްޓް ކުރުމުގެ މަސައްކަތް މިހާރު ވަނީ ނިމިފައެވެ. އަދި ހަމަ އެފަންގިފިލާގެ ސިޑިގޮޅި މަރާމާތު ކުރުމުގެ މަސައްކަތުގެ 50 އިންސައްތަ ނިމިފައިވާއިރު މިހާރު ކުރިއަށް ދަނީ ދެވަނަ ފަންގިފިލާގެ ސްލެބް އެޅުމަށް ތައްޔާރުވުމުގެ މަސައްކަތް ކަމަށް އެ ކުންފުނިން މަޢުލޫމާތު ދެއްވައެވެ.
ހޮސްޕިޓަލް އިމާރާތް ބޮޑުކުރުމުގެ މަޝްރޫއުގެ ދަށުން 30 އެނދުގެ ވޯޑް އިމާރާތެއް އެޅުމާއި އޯޕީޑީ ސަރަހައްދު މަރާމާތު ކުރުމާއި، މައި އިމާރާތާއި އޮފީސް އިމާރާތް ވޯކްވޭ އަކުން ގުޅުވާލުމުގެ އިތުރުން ލެބޯޓްރީ މަރާމާތް ކުރުމަށް ކުރަން ޖެހޭ މަސައްކަތް ހިމެނެ އެވެ.
މީގެ އިތުރުންވެސް އެމްޓީސީސީ އިން ދަނީ ރާއްޖޭ ގެ ގިނަ ހިސާބުތަކެއްގައި ތަރައްގީގެ އެކި މަސައްކަތްތައް ކުރަމުންނެވެ.

