ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ފުލުހުންގެ ބެލުމުގެ ދަށުގައިހުރި ބައެއް ތަކެތީގެ ވެރިފަރާތް ހޯދަނީ

ޝެއާރކޮށްލާ ކަހަލަދޯ؟

މައްސަލަތަކުގައި ފުލުހުންގެ ބެލުމުގެދަށަށް ގެނެސްފައިވާ ބައެއް ތަކެތީގެ ވެރިފަރާތް ހޯދުމުގެ މަސައްކަތް ފުލުހުން ކުރަންފަށައިފިއެވެ.

ފުލުހިން ވިދާޅުވީ, މި ތަކެއްޗަކީ މި ސެޕްޓެމްބަރ މަހުގެ 10 އިން 12 އަށް މާލޭގެ އެކި ސަރަހައްދުތަކުން ތުހުމަތު ކުރެވިގެން ހުއްޓުވައި ސުވާލުކުރި ބައެއް މީހުންގެ އަތުން ފެނިފައިވާ ތަކެތިކަމަށާއި އަދި މިތަކެތީގެ ވެރިފަރާތް އެ މީހުންނަށް ބުނެދެވިފައި ނުވާތީ އެ ތަކެތި ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފަކަމަށެވެ.

ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި ތަކެއްޗަކީ ސެޕްޓެމްބަރ 10 ވަނަ ދުވަހު ފަރީދީ މަގު، ޕިންކު ގަރާޖް ކައިރިން ތުހުމަތު ކުރެވިގެން ހުއްޓުވި ދެ މީހެއްގެ އަތުން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ސީސީޓީވީ ކެމެރާ ސިސްޓަމެއް. އޭގެތެރޭގައި ހިމެނެނީ:  1 މޮނިޓަރ (އަސުސް)، 1 ޑީވީއާރު، 1 ރައުޓަރ، 2 ކެމެރާ، 8 ކޭބަލް ވާގަނޑު، 1 ކަށިގަނޑު، 1 ސޮކެޓު، 1 ޕްލަގް ސޮކެޓު. އެވެ.

މީގެ އިތުރުން ސެޕްޓެމްބަރ 12 ވަނަ ދުވަހު ޝަހީދުއަލީ ހިނގުން، ވިޔަފާރިވެރިންގެ މިސްކިތް ކައިރިން ތުހުމަތު ކުރެވިގެން ހުއްޓުވި މީހެއްގެ އަތުން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ 1 ބިޑި ގޯނި (ކޮންސްޓްރަކްޝަން މަސައްކަތުގައި ބޭނުންކުރާ) އެވެ.

ވީމާ މި ތަކެތީގެ ވެރިފަރާތުން، ފުލުހުންގެ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓުގެ ނަންބަރު 9631696 އަށް ގުޅުއްވައި، އިންސިޑެންޓް ނަންބަރު ވިދާޅުވެ، ކާކުކަން އެނގޭނެ ލިޔުމަކާއެކު ޝަހީދު ހުސައިން އާދަމް ބިލްޑިންގަށް ހާޒިރުވެ ތަކެއްޗާ ހަވާލުވެލެއްވުމައް ފުލުހުން އެދެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: