ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކޮވިޑްއާ ގުޅިގެން ބީއެމްއެލުން އެއް ބިލިއަން ރުފިޔާގެ ލޯން ދޫކޮށްފި

ޝެއާރކޮށްލާ ކަހަލަދޯ؟

ކޮވިޑް-19 އާ ގުޅިގެން ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ޖުމްލަ 1.2 ބިލިއަން ރުފިޔާގެ ލޯނު ދޫކޮށްފި އެވެ.

ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު ޓިމް ސޯޔާ ވިދާޅުވީ ކޮވިޑް-19 އާ ގުޅިގެން ބޭންކުން އެކި ދާއިރާތަކަށް ޖުމުލަ 1.2 ބިލިއަން ރުފިޔާގެ ލޯން ދޫކޮށްފައި ވާއިރު، މިދިޔަ މަހުގެ ނިޔަލަށް 397 ލޯނަކަށް 769 މިލިއަން ރުފިޔާ އެޕްރޫވްކޮށްފައިވާ ކަމަށެވެ.

އަދި ކޮވިޑާ ގުޅިގެން ސަރުކާރުން ފަށާފައިވާ ރިކަވަރީ ޕްލޭންގެ ދަށުން 10 މިލިއަން ރުފިޔާގެ ޓާންއޯވާގެ ރިސޯޓް އަދި ގެސްޓްހައުސް ވިޔަފާރިތަކަށް އެހީވުމަށް މިނިސްޓްރީ އޮފް ފިނޭންސުން ކުރިއަށް ގެންދާ ރިކަވަރީ ސްކީމް ފަންޑް ހިންގުމުގައި ބޭންކުން އަންނަނީ އެހީތެރިކަން ފޯރުކޮށްދެމުން ކަމަށްވެސް ޓިމް ވިދާޅުވިއެވެ.

ކޮވިޑް19 ގެ ހިތްދަތި ވަގުތުތަކާއި އެކު ގިނަ ބަޔަކައް ދަނީ މާލީ ގޮތުން ވަރަށް ބޮޑަށް އެހީތެރިކަން ބޭނުންވެފައެވެ. އަދި އޭގެ އިތުރުން ވަރަށް ގިނަ ފަރާތްތަކެއްގެ ވަޒީފާތައް ވަނީ ގެއްލިފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: