އުމްރާއަށް މީހުން ގެންދިއުމަށް ހުއްދަ ދީފައިވާ ކުންފުނިތަކުގެ ހުއްދައިގެ މުއްދަތު އިތުރުކޮށްފިއެވެ.
އިސްލާމިކް މިނިސްޓްރީން ނެރުނު އިއުލާނެއްގައި ބުނީ އުމްރާއަށް މީހުން ގެންދިއުމަށް މިހާރު ހުއްދަ ދީފައިވާ ކުންފުނިތަކަކީ ދިވެހިރާއްޖެއިން އުމްރާއަށް މީހުން ގެންދިއުމާބެހޭ އުސޫލުގެ ހަތަރު ވަނަ މާއްދާގެ (ށ) ގެ ދަށުން އަހަރު ދުވަހުގެ މުއްދަތަށް ހުއްދަ ދީފައިވާ ކުންފުނިތަކެއް ކަމަށެވެ.
ނަމަވެސް މިއަހަރުގެ މިހާތަނަށް އެ ކުންފުނިތަކަށް އުމްރާ ދަތުރުތައް ކުރުމަށް އެކަށީގެންވާ ފުރުސަތު ލިބިފައި ނުވާ ކަމަށް އިސްލާމިކް މިނިސްޓްރީން ނެރެނު އިއުލާނުގައި ވަނީ ފާހަގަ ކޮށްފައެވެ.
މީގެ އިތުރުނ އިސްލާމިކް މިނިސްޓްރީން ބުނީ ކުންފުނިތަކަށް ދީފައިވާ ހުއްދައިގެ މުއްދަތު ، ރާއްޖެއިން އުމްރާ އަށް މީހުން ގެންދިއުމާ ބެހޭ އުސޫލުގެ 24 ވަނަ މާއްދާ އިން މިނިސްޓްރީ އަށް ލިބިދީފައިވާ ބާރުގެ ދަށުން 1 އަހަރަށް ދުވަސް އިތުރުކޮށްދިނުމަށް ނިންމާފައިވާ ކަމަށެވެ.

