ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކައުންސިލަރުން ސަސްޕެންޑުކުރި އުސޫލު ހައިކޯޓުން ބާތިލުކޮށްފި

ޝެއާރކޮށްލާ ކަހަލަދޯ؟

“ކައުންސިލުން ކުރާ ގާނޫނާ ހިލާފު އަމަލުތަކާއި އިސްލާހީ ފިޔަވަޅުތައް ދަރަޖަކުރުމުގެ އުސޫލު” ހިލާފު އުސޫލެއް ކަމަށް ކަނޑައަޅައި، ހައިކޯޓުން އެ އުސޫލު ބާތިލްކޮށްފި އެވެ.

އެ އުސޫލަކީ، 25 ޖުލައި 2016 ގައި ލޯކަލް ގަވާމެންޓް އޮތޯރިޓީ(އެލްޖީއޭ) އިން އަމަލު ކުރަންފެށި އުސޫލެކެވެ.

ޒިމްނާ އަބްދުލްމުހްސިން އަދި ރައީފާ އަބްދުލްވައްހާބްގެ ފަރާތުން ހުށަހެޅި އެ މައްސަލަ ހައިކޯޓަށް ފުރަތަމަ ހުށަހެޅީ، 29 ޖެނުއަރީ 2018 ގައެވެ. އެފަހަރު ހައިކޯޓުގެ ރަޖިސްޓްރާ ނިންމީ އެ މައްސަލަ ބެލުމަކީ ހައިކޯޓަށް ލިބިގެންވާ އިހުތިސާސެއް ނޫން ކަމަށެވެ

މައްސަލަ ނިންމައި ހައިކޯޓުން އިއްޔެ ބުނީ އުސޫލުގައި ހަވާލާދީފައިވާ މާއްދާގައި އޮތީ ދެ ކައުންސިލެއްގެ ދެމެދުގައި ހިލާފެއް އުފެދިއްޖެ ނަމަ އަމަލުކުރަންވީ ގޮތް ބަޔާންކުރާ މާއްދާއެއް ކަމަށެވެ.

ހުކުމްގައި ބުނެފައި ލޯކަލް ގަވަމަންޓް އޮތޯރިޓީން އެކުލަވާލައިގެން، 25 ޖުލައި 2016 ގައި އަމަލުކުރަންފެށި “ކައުންސިލުން ކުރާ ގާނޫނާ ހިލާފު އަމަލުތަކާއި އިސްލާހީ ފިޔަވަޅުތައް ދަރަޖަކުރުމުގެ އުސޫލު” އަކީ ރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުގެ 149 ވަނަ މާއްދާއިން ބާރު ލިބިގެން، އެ މާއްދާގެ އިމުގެ ތެރެއިން ހަދާފައިވާ އުސޫލެއް ނޫން ކަމަށެވެ.

އެހެންކަމުން އެ އުސޫލަކީ ގާނޫނު އަސާސީގެ 61 ވަނަ މާއްދާގެ (ށ) އާއި، 94 ވަނަ މާއްދާ އާއި 271 ވަނަ މާއްދާ އާއި 274 ވަނަ މާއްދާގެ (ހ) އިން ބާރު ލިބިގެން ހަދާ ގަވާއިދުގައި ފުރިހަމަ ވާންޖެހޭ ޝަރުތުތައް ފުރިހަމަ ނުކޮށް، އެ މާއްދާތަކާ ހިލާފަށް އެކުލަވާލާފައިވާ އުސޫލެއް ކަމަށްވާތީ މި އުސޫލަކީ ގާނޫނު އަސާސީގެ 268 ވަނަ މާއްދާއަށް ރިއާޔަތްކޮށް ގާނޫނުއަސާސީގެ 144 ވަނަ މާއްދާގެ (ހ) ގެ ދަށުން ބާތިލު އުސޫލެއް ކަމަށް މައްސަލަ ބެއްލެވި ފަނޑިޔާރުންގެ އިއްތިފާގުން ކަނޑައަޅައި، ހުކުމް ކުރާ ކަމަށެވެ.

ހައިކޯޓުން މިއަދު ބާތިލުކުރި އުސޫލުގެ ދަށުން 2018 ވަނަ އަހަރު ގިނަ ކައުންސިލަރުންތަކެއް ވަނީ ސަސްޕެންޑުކޮށްފަ އެވެ.

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: