ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އާ ސީޕްލޭން ޓާމިނަލްގެ އެކްޒެކެޓިވް ލައުންޖުތައް ކުއްޔަށް ދޭން ހުޅުވާލައިފި

ޝެއާރކޮށްލާ ކަހަލަދޯ؟

ވެލާނާ އިންޓަނޭޝަނަލް ޓާމިނަލް (ވީއައިއޭ) ގެ އާ ސީޕްލޭން ޓާމިނަލްގެ ”އެކްޒެކެޓިވް ލައުންޖު“ ކުއްޔަށް ހިފާނެ ބަޔަކު ހޯދަން އިއުލާނު ކޮށްފިއެވެ.

މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) އިން ކޮށްފައިވާ އިއުލާނެއްގައި ބުނީ އާ ސީޕްލޭން ޓާމިނަލް އިމާރާތުގެ ”އެކްޒެކެޓިވް ލައުންޖު“ ގެ ގޮތުގައި ކަނޑައެޅިފައިވާ ސަރަހައްދުތައް ކުއްޔަށް ހިފާނެ ފަރާތް ތަކެއް ހޯދަން ބޭނުންވާ ކަމަށާއި އެ ތަން ކުއްޔަށް ހިފުމަށް ޝައުގުވެރިވާ ފަރާތްތަކުން މިމަހުގެ 23 ވަނަ ދުވަހުގެ ހެނދުނު 11:00 ގެ ކުރިން، ސިޓީ, ފެކްސް ނުވަތަ އީމެއިލް މެދުވެރިކޮށް ޝައުގުވެރިކަން ފާޅުކުރުމަށް އެދޭ ކަމަށެވެ.

އުގުވެރިކަން ފާޅުކުރާ ފަރާތްތަކުން އެފަރާތެއްގެ ފުރިހަމަ ނަމާއި އެޑްރެސް، އީމެއިލް އަދި ގުޅޭނެ ނަންބަރުތައް ފޯރުކޮށްދެއްވަން ވާނެ ކަމަށެވެ. މިގޮތަށް ޝައުގުވެރިކަން ފާޅުކުރާ ފަރާތްތައް ރަޖިސްޓްރީ ކުރެވި، ތައްޔާރު ކުރެވިފައިވާ ބީލަން ފޮތް އީމެއިލް ކުރެވޭނެ ކަމަށް އެކުންފުނިން ބުންޏެވެ.

މީގެ އިތުރުން އެ އިއުލާނުގައި ބުނެފައި ވަނީ ކުއްޔަށް ހިފުމަށް ޝައުގުވެރިވާ ފަރާތަކީ ކުރިމަތިލާ ފަރާތްތަކަކީ ސީޕްލޭން ނުވަތަ ޓުއޯ ނުވަތަ ރިސޯޓު އޮޕަރޭޓަރަކަށް ވާން ޖެހޭނެ ކަމަށެވެ. އަދި 10,000 ޑޮލަރު ނުވަތަ ބިޑް ސެކިއުރިޓީގެ ގޮތުގައި ކުއްޔަށް ހިފަން ބޭނުންވާ ކޮންމެ ސަރަހައްދަކަށް ހުށަހަޅަން ވާނެ ކަމަށްވެސް އެ އިއުލާނުގައި ބުނެފައި ވެއެވެ.

ރަޖިސްޓްރީވާ ފަރާތްތަކުގެ ތެރެއިން ކުރިން ދާ ފަރާތްތަކަށް ބާއްވާ އޮޕްޝަނަލް ”ސައިޓް ވިޒިޓް“ އޮންނާނީ ސެޕްޓެންބަރު 28 ވާ އަންގާރަދުވަހުގެ ހެނދުނު 11:00 ގައި އޮންނާނެ ކަމަށާއި ބީލަންތައް ހުށަހެޅުމުގެ ސުންގަޑިއަކީ އޮކްޓޫބަރު 11 ވާ އާދިއްތަ ދުވަހުގެ ހެނދުނު 11:00 ކަމަށް އެމްއޭސީއެލުން ބުނެއެވެ.

ފަންނީ އަދި މާލީ ދިރާސާއެއް ހެދުމަށް ފަހު، ބީލަމުގައި ކަނޑައެޅިފައިވާ އުސޫލުތަކުގެ މަތިން، އެ ކުންފުންޏަށް އެންމެ ފައިދާހުރި ބީލަމެއް ހުށަހަޅާފައިވާ ފަރާތެއް ބަލައި އެވޯޑްކުރެވޭނެ ކަމަށް އެމްއޭސީއެލްގެ އިއުލާނުގައި ވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 100%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: