މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވޯކް(އެމްޑީއެން) އިން ނެރުނު ރިޕޯޓާއި ދެކޮޅަށް ރ. ހުޅުދުއްފާރު މެޖިސްޓްރޭޓު ކޯޓުގެ އިސް މެޖިސްޓްރޭޓު އަލީ މުސްތަފާ އަޑު އުފުލި ކަމަށް ބުނާ މައްސަލާގައި އޭނާއާ މެދު ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ފިޔަވަޅު އަޅައިފިއެވެ.
ޖޭއެސްސީ އިން މިއަދު ބުނީ މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުގެ 15 ވަނަ ދުވަހު އެމްޑީއެންއާ ދެކޮޅަށް ހުޅުދުއްފާރުގައި ބޭއްވި ހަރަކާތެއްގައި އަލީ މުސްތަފާ ބައިވެރިވެފައިވާކަން ސާބިތުވެފައިވާ ކަމަށާއި އެހެންކަމުން އޭނާ ފަނޑިޔާރުންގެ ގާނޫނާއި ފަނޑިޔާރުންގެ ސުލޫކީ މިންގަނޑާއި ހިލާފުވެފައިވާ ކަމަށް ޖޭއެސްސީން ނިންމާފައިވާ ކަމަށެވެ.
އަދި އެކަމުގެ ފިޔަވަޅެއްގެ ގޮތުގައި އިސް މެޖިސްޓްރޭޓު އަލީ މުސްތަފާ އަށް ނަސޭހަތް ދިނުމާއިއެކު އެ ކޮމިޝަނުން ކަނޑައަޅާ ތަމްރީނު ޕްރޮގްރާމެއް ފުރިހަމަ ކުރުމަށް ޖޭއެސްސީން ވަނީ އަންގާފައެވެ.


One Response
އަސަލާމުއަލައިކުން ވަރަހުމަތުﷲވަބަރަކާތު މިހާރު އެއޮތީ މިރިނުވެ ގޮބަޅިކާށި ވެފައި
މެކުނު ފުމުނަކަސް ވާހަކަތަކަށް ނުފުމެވޭނެ އަދި ،،،،،،،،،،،،،،،،،،،،،،،،،ފަހުންވިސްނޭނެ
އޭރުންވަގުތުފާއަތުވާނެ؟