ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިންޑިއާއިން ކޮވިޑް ޖެހުނު މީހުންގެ އަދަދު ފަސް މިލިއަނަށްވުރެ މައްޗަށް

އިންޑިއާގައި ކޮވިޑް ޖެހުނު މީހުންގެ އަދަދު ތިން މިލިއަނަށްވުރެ މައްޗަށް އަރައިފި
ޝެއާރކޮށްލާ ކަހަލަދޯ؟

އިންޑިއާއިން ކޮވިޑް ޖެހުނު މީހުންގެ އަދަދު ފަސް މިލިއަނަށްވުރެ މައްޗަށް އަރައިފިއެވެ.

މުޅި ދުނިޔެއިން ވެސް ދެ ވަނަ އަށް އެންމެ ގިނައިން ކޮވިޑް ކޭސްތައް ފެނުނު ގައުމަކަށް އިންޑިއާ ވެފައި ވާއިރު، ފަގީރު އަދި އެކަހެރި އަވަށްތަކުގައި ވެސް ޓެސްޓްކުރުން ކުރިއަށް ދާތީ މި އަދަދު އަދިވެސް ދާނީ މައްޗަށް ކަމަށް ބެލެވެ އެވެ.

އިންޑިއާއިން ވޭތުވެދިޔަ 24 ގަޑިއިރު އެކަނިވެސް 90،000 އަށްވުރެ ގިނަ ކޮވިޑް ކޭސް ފެނިފައި ވެއެވެ.

އިންޑިއާއިން ކޮވިޑް ޖެހިގެން މަރުވި މީހުންގެ އަދަދު 82،066 އަށް އަރާފައިވާއިރު ވޭތުވެދިޔަ 24 ގަޑިއިރު އެގައުމުން 1290 މީހުން މިބަލީގައި މަރުވެފައިވާކަމަށް ރެކޯޑްތަކުން ދައްކައެވެ.

އިންޑިއާގެ ސިއްހީ ދާއިރާއަށް ނުތަކާވަރަށް ކޭސްތައް އިތުރުވެފައިވާކަމަށް އެގައުމުގެ އޮފިޝަލުން ބުނެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: