ސްޕޮންސަރަށް ފިލައިގެން ގޮސް އެހެން ސައިޓުތަކުގައި މަސައްކަތްކޮށް އިމިގްރޭޝަން ގާނޫނާ ހިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީއަކު ހޯދަން ފޮޓޯ އާންމުކޮށްފިއެވެ.
ފުލުހުން މިއަދު ފޮޓޯ އާންމުކޮށްފައި ވަނީ އެމް.ޑީ ފޮއިސަލް ސަރުކާރު، ބަންގްލަދޭޝް (ޕާސްޕޯޓު ނަންބަރު: EA0056441) އެވެ.
ވީމާ، މިމީހާއާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާ ފަރާތެއްވާނަމަ މޯލްޑިވްސް ޕޮލިސް ސަރވިސްގެ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓްގެ ނަންބަރު 9631696 އަށް ގުޅުއްވައި ހިއްސާކުރެއްވުމަށް ފުލުހުން އެދެއެވެ.
މިފަދަ ކަންކަމުގައި ރައްޔިތުންގެ ފަރާތުން ފުލުހުންނަށް ލިބޭ އެއްބާރުލުމަށް ފުލުހުން ވަނީ ޝުކުރު އަދާކޮށްފައެވެ.

