ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރާއްޖެ އިންޑިއާ ކާގޯ ފެރީ ފުރަތަމަ ދަތުރު މިއަދު ފަށަނީ

"ނިޢުމަތު ކާގޯ ބޯޓު. ފޮޓޯ: އެމްޕީއެލް
ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖެއާއި އިންޑިއާ އާއި ކާގޯ ފެރީގެ ދަތުރުތައް މިއަދު ފަށާނެ ކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން ބުނެފިއެވެ.

ރާއްޖެއާއި އިންޑިއާ ދެމެދު ބާއްވާ ކާގޯ ފެރީގެ ދެ ދަތުރުތައް ކޮންމެ މަހަކު އޮންނާނެ ކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން ވަނީ ބުނެފައެވެ

“އެމްސީޕީ ލިންޒް 47” ނަމަކަށް ކިޔާ ކާގޯ ފެރީއަކީ 380 ކޮންޓެއިނަރު، އަދި 3،000 މެޓްރިކް ޓަނުގެ ބްރޭކް ބަލްކް ކާގޯ ކެޕޭސިޓީ ހުރި ފެރީއެކެވެ.

އަދި އެ ފެރީގެ ދިގު މިނުގައި 117 މީޓަރު ހުންނާނެއެވެ. ފެރީ ފުރަތަމަ ފުރައިގެން އިންޑިއާގެ ސޫތުކުޅިން ދާނީ ކޮޗިންއަށެވެ. އެ ފެރީ ސޫތުކުޅިން މިއަދު ފުރާނެ އެވެ. އޭގެ ފަހުގައި، އެންމެ ފުރަތަމަ އަންނާނީ ކުޅުދުއްފުއްޓަށެވެ. ކުޅުދުއްފުއްޓަށް ފަހު، ފެރީ އަންނާނީ މާލެއަށެވެ.

އެ އުޅަނދު ކޮޗިން އިން ފުރާނީ މި މަހުގެ 22 ވަނަ ދުވަހުއެވެ. އަދި ރާއްޖެ އަންނާނީ 26 ވަނަ ދުވަހުއެވެ.

 

ވަރަށް ގަދަ
75%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 25%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: