ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ބަޖެޓް ސަޕޯޓު ފަންޑު ދިނުމާ ގުޅިގެން ނަޝީދުގެ ޝުކުރު އިންޑިއާއަށް!

ޝެއާރކޮށްލާ ކަހަލަދޯ؟

ބަޖެޓް ސަޕޯޓުގެ ގޮތުގައި އިންޑިއާ ރާއްޖެއަށް 250 މިލިޔަން ޑޮލަރުގެ ލޯނު ދިނުމާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އިންޑިއާއަށް ޝުކުރު އަދާކުރައްވައިފިއެވެ.

އިންޑިއާއިން ރާއްޖެ އަށް ދިން 250 މިލިޔަން ޑޮލަރު (3.85 ބިލިޔަން ރުފިޔާ)ގެ ލޯނުގެ ލިއުން ރާއްޖެއާ ރަސްމީކޮށް ހަވާލުކޮށްދެއްވީ އެކަަމަށް ޓަކައި ފޮރިން މިނިސްޓްރީގައި މިއަދު ބޭއްވި ހާއްްސަ ރަސްމިއްޔާތެއްގަ އެވެ.

މިކަމާ ގުޅިގެން ނަޝީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ބަޖެޓު ސަޕޯޓު ފަންޑުގެ އެހީތެރިކަން ފޯރުކޮށްދިނުމުން އިންޑިއާގެ ރައްޔިތުންނަށާއި ސަރުކާރަށް ޝުކުރު އަދާކުރާ ކަމަށެވެ.

ނަޝީދު ވިދާޅުވީ މި އެހީ މި ލިބުނީ ވަރަށް އުނދަގޫ ދަނޑިވަޅެއްގައި ކަމަށާއި ރާއްޖޭގެ ސަރުކާރުން އެ ފައިސާ ހޭދަކުރާނީ ވަރަށް ވިސްނުންތެރިކަމާ އެކު ކަމަށް ޔަގީންކުރާ ކަމަށެވެ.

ސޮފްޓް ލޯނެއްގެ ގޮތުގައި އިންޑިއާއިން ރާއްޖެ އަށް ދޫކުރި އެ ފައިސާގެ ޗެކް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދާ މިއަދު ހަވާލުކުރެއްވީ ރާއްޖޭގައި ހުންނަވާ އިންޑިއާގެ ސަފީރު ސަންޖޭ ސުދިރު އެވެ.

އިންޑިއާ ސަރުކާރުން ރާއްޖެއަށް އެ ލޯނު ދިނުމަށް ނިންމާފައިވަނީ 10 އަހަރު ދުވަހުގެ ތެރޭ ދައްކާ ހަލާސްކުރާ ގޮތަށެވެ. އަދި އެ ލޯނުގެ އިންޓަރެސްޓްގެ ގޮތުގައި ނަގަނީ 3.5 ޕަސަންޓެވެ.

މި ސަރުކާރު ވެރިކަމަށް އައި ފަހުން އިންޑިއާ އިން އަންނަނީ ރާއްޖެ އަށް ގިނަ އެހީތަކެއް ފޯރުކޮށްދެމުންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: