ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މީޑިއާ ކައުންސިލުގެ މެމްބަރުކަމަށް ކުރިމަތިލުމުގެ މުއްދަތު އިތުރުކޮށްފި

ޝެއާރކޮށްލާ ކަހަލަދޯ؟

މީޑިއާ ކައުންސިލްގެ މެމްބަރުކަމަށް ކުރިމަތިލުމުގެ މުއްދަތު ހޯމް މިނިސްޓްރީން އިތުރުކޮށްދީފިއެވެ.

އެ މިނިސްޓްރީން ވިދާޅުވީ މުއްދަތު އިތުރުކޮށްފައި ވަނީ އެ މަޤާމުތަކަށް ނަން ހުށައެޅުމަށް ހުޅުވާލި ފުރުޞަތުގައި އެދެވޭ ތަރުޙީބެއް ލިބިފައިނުވާތީ ކަމަށެާއި އެގޮތުން މިހާރު ވަނީ މެމްބަރުކަމަށް ކުރިމަތިލުމުގެ ފުރުޞަތު މިމަހުގެ 28 ވަނަ ދުވަހަށް އިތުރުކޮށްދީފައިވާ ކަމަށެވެ.

ހޯމް މިނިސްޓްރީން ވިދާޅުވި އެމްއެމްސީ މެމްބަރުކަމަށް ކުރިމަތިލުމަށް ހުޅުވާލީ އެ ކައުންސިލްގައި ތިއްބަވާ 15 މެމްބަރުންގެ ތެރެއިން 13 މެމްބަރެއްގެ ދައުރު އަންނަ ޑިސެމްބަރު މަހުގެ 11 ވަނަދުވަހަށް ހަމަވާތީ ކަމަށެވެ. ދައުރު ހަމަވަނީ މީޑިއާތައް ތަމްސީލު ކުރާ 7 މެމްބަރަކާއި އާއްމުންގެ ތެރެއިން ކައުންސިލަށް އިންތިޙާބުވި 6 މެމްބަރެކެވެ.

އާއްމުންގެ ތެރެއިން ހޮވާ މެމްބަރުކަމަށް ކުރިމަތިލެވޭނީ މީޑިއާ އާއި ގުޅުންހުރި އެއްވެސް ދާއިރާއެއްގައި މަސައްކަތް ނުކުރާ ފަރާތްތަކަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: