ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ނޫސްވެރިކަމުގެ މިނިވަންކަމަށް އަސަރު ކުރާ ބައެއް ކަންކަން އަދިވެސް ދިމާވޭ: ސަހުބާން

ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި: ފޮޓޯ/ ރައިސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

ނޫސްވެރިކަމުގެ މިނިވަންކަމަށް އަސަރުކުރާ ބައެއް ކަންކަން އަދިވެސް ދިމާވަމުންދާކަމަށް މޯލްޑިވްސް މީޑިއާ ކައުންސިލްގެ ރައީސް ސަހުބާން ފަހުމީ ވިދާޅުވެއްޖެ އެވެ.

ނުހައްގު އުސޫލުތަކެއްގެ ދަށުން މީޑިއާތަކަށް ފިޔަވަޅުއެޅޭނެ ފަދަ ގޮތަކަށް ދިވެހިރާއްޖޭގެ ބައެއް ގާނޫނުތައް ބައްޓަން ކުރެވިފައި ހުރުމުގެ ސަބަބުން 2022 ވަނަ އަހަރުގެ ޕްރެސް ފްރީޑަމް އިންޑެކްސްގައި ރާއްޖެ 15 ދަރަޖަ ދަށަށް ވަނީ ވެއްޓިފަ އެވެ.

ދުނިޔޭގެ ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހުގެ މުނާސަބަތުގައި ދިވެހި މީޑިއާތަކަށް އާއްމު ކުރެއްވި ބަޔާނެއްގައި ސަހުބާން ވިދާޅުވީ، ރާއްޖޭގެ ނޫސްވެރިކަމަށް އަމާޒުވެފައިވާ “އުންޑަތައް” މަދެއް ނޫންކަމަށެވެ. ގާނޫނު އަސާސީގެ 27 ވަނަ މާއްދާއިން ރައްޔިތުންނަށް ލިބިދީފައިވާ ހިޔާލު ފާޅުކުރުމުގެ މިނިވަންކަމަށާއި ގާނޫނު އަސާސީގެ 28 ވަނަ މާއްދާ ނޫސްވެރިކަމުގެ މިނިވަންކަމަށް އަސަރުކުރާ ބައެއް ކަންކަން ފާހަގަ ކުރެވިފައިވާކަމަށް އިޝާރާތް ކުރަށްވައި އޭނާ ވިދާޅުވީ ބެލެނިވެރި މުއައްސަސާގެ ބޭރުން ފިޔަވަޅު އެޅޭނެ ގޮތަކަށް ގާނޫނު ބައްޓަންކޮށް ދިވެހި މީޑިއާތަކުގެ ހަރަކާތްތައް ރެގިއުލޭޓް ކުރުމުގެ ސަބަބުން ދުނިޔޭގެ ޕްރެސް ފްރީޑަމް އިންޑެކްސްގައި ދިވެހި ރާއްޖެއަށް ވެއްޓުމެއް އައިސްފައިވާ ކަމަށެވެ.

180 ގައުމު ހިމެނޭނެހެން އެކުލަވާލެވިފައިވާ މި ޗާޓުން ދިވެހި ރާއްޖެއަށް ލިބިފައިވާ ވެއްޓުމުގެ ވާހަކަ ދައްކަވަމުން ސަހުބާން ވިދާޅުވީ މިހާރު އެކުލަވާލަމުންދާ ހެއްކާ ބެހޭ ބިލުގެ 136 ވަނަ މާއްދާގެ (ށ) ގައި ވާގޮތުގެ ދަށުން ނޫސްވެރިޔާގެ މަސްދަރު ޝަރީއަތަށް ހާމަކުރުމަށް ފަނޑިޔާރުންނަށް މަޖުބޫރު ކުރެވިދާނެ ގޮތަށް ހިމެނުމަށް މަސައްކަތް ކުރުމަކީ، އެ މަސްދަރު ހިމާޔަތްކުރުމުގެ ހައްގު ނިގުޅައިގަނެވޭނެ ސަބަބެއްކަމަށާއި މި އުސޫލު ބައިނަލްއަޤްވާމީ މުއާހަދާތަކާއި ވެސް ފުށުއަރާ ކަމަށެވެ. އެހެންކަމުން ޤާނޫނު އަސާސީން ލިބިދީފައިވާ ހިޔާލު ފާޅުކުރުމުގެ މިނިވަންކަމާއި ނޫސްވެރިންގެ މަސްދަރު ހިމާޔަތް ކުރެވޭނެ ގޮތެއްގެ މަތިން ސަރުކާރާއި ދައުލަތުގެ އެހެންނިހެން މުއައްސަސާގެ އަމަލުތައް ބައްޓަންކުރެށްވުމަށް ސަހުބާން އިލްތިމާސް ކުރެއްވި އެވެ.

ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަސް ފާހަގަކުރުމުގެ މައިގަންޑު މަގުސަދަކީ އެ މިނިވަންކަން އޮތް މިންވަރު ދެނެގަނެ، ދައިރާއަށާއި މިކަމުގައި ޝާމިލުވާ އެނމެހައި ފަރާތްތަކަށް ދެވޭ ހަމަލާތަކުން އެ ފަރާތްތައް ދިފާއު ކުރުމާއި މި ބުރަ މަސައްކަތުގައި މި ދުނިޔެއިން ވަކިވެފައިވާ ފަރާތްތަކުގެ ހަނދާން އާކުރުން ކަމަށް ފާހަގަ ކުރަށްވަމުން ސަހުބާން ވިދާޅުވީި ނޫސްވެރިކަމާއި މީޑިއާ މަސައްކަތުގައި ދިމާވާ ކޮންމެ ގޮންޖެހުމެއް ކަޑައްތުކުރުމުގައްޔާއި، ދާއިރާގެ މިނިވަންކަމުގެ ޙައްޤު ކަށަވަރުކޮށްދިނުމުގައި، މޯލްޑިވްސް މީޑިއާ ކައުންސިލުން މިކަމުގެ އެންމެހައި ބައިވެރިންނަށް ފުރިހަމަ އެއްބާރުލުން ދެއްވާނެކަމަށެވެ.

މީގެ އިތުރުން ދުނިޔޭގެ ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހާއި ގުޅުވައި މޯލްޑިވްސް މީދީއާ ކަައުންސިލް އިން އާއްމުކޮށްފައިވާ ބަޔާނުގައި ޝަހުބާން ވިދާޅުވެފައިވަނީ ގާނޫނީ އިމުގެތެރެއިން ނޫސްވެރިކަމުގެ ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކާއި މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤުގެ ދިފާޢުގައި އަދި ލިބިގެންދާ މައުލޫމާތުގެ ސައްހަކަން ދެމެހެއްޓުމުގައި އެންމެހައި ފަރާތްތަކުން ބައިވެރިވެވަޑައިގެން ދެއްވަން އެނާ ގޮވާލާކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: