ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިދިކޮޅުގެ ތުހުމަތު: މީީޑިއާތަކާއި، ބައެއް ނޫސްވެރިންނަށް އިންޑިއާއިން ފަންޑު ކުރޭ!

ރައީސް އޮފީހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން/ ފޮޓޯ: ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖޭގެ މީޑިއާތަކަށާއި، ވަކިވަކި ނޫސްވެރިންނަށް އިންޑިއާގެ އެމްބަސީން ފަންޑު ކުރާކަމުގެ ތުހުމަތު އިދިކޮޅު ކޮންގްރެސް ކޯލިޝަނުންކޮށްފި އެވެ.

ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަސް މިއަދު ފާހަގަކުރާއިރު ދުނިޔޭގެ ގައުމުތަކުގައި ނޫސްވެރިކަމުގެ މިނިވަންކަން އޮތް މިންވަރު ބަލައި، ކޮންމެ އަހަރަކު ނެރޭ “ވޯލްޑް ޕްރެސް ފްރީޑަމް އިންޑެކްސް” ރިޕޯޓްގައި ރާއްޖެ 11 ދަރަޖަ ދަށަށް ވަނީ ވެއްޓިފަ އެވެ. ދުނިޔޭގެ 180 ގައުމެއް ހިމަނައިގެން ޕްރެެސް ފްރީޑަމް އިންޑެކްސްގައި މިދިޔަ އަހަރު ރާއްޖެ އޮތީ 72 ވަނައިގަ އެވެ. އަދި މިއަދު އާއްމު ކުރި ތަފާސްހިސާބުތައް ދައްކާ ގޮތުގައި ރާއްޖެ ވަނީ 87 އަށް ވެއްޓިފަ އެވެ.

ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހާއި ގުޅުވައި އިދިކޮޅުން ނެރުނު ބަޔާނުގައި ބުނީ މިއަދު ރާއްޖޭގެ ގިނަ މީޑިއާތަކަށް އިންޑިއާގެ އެމްބަސީން ފަންޑު ކުރަމުންދާ ކަމަށެވެ. އެ ގައުމުގެ ނުފޫޒު މީޑިއާތަކަށް ވަދެ، ވަކި ވަކި ނޫސްވެރިން ބޭނުންކޮށް އިންޑިއާ ބޭނުންވާ އެޖެންޑާ ހިންގަމުންދާކަމުގެ ތުހުމަތުކޮށް އިދިކޮޅުން ބުނީ މިއީ މިނިވަން ނޫސްވެރިކަމަށް ފާޅުގައި ދޭ ވަރަށް ބޮޑު އަނިޔާއެއް ކަމަށެވެ.

އިދިކޮޅުގެ ހަރަކާތްތައް ކަވަރު ކުރާ ނޫސްވެރިން އަދި މީޑިއާތަކަށް ފިއްތުންތަކާއި ކުރިމަތި ކުރަން ސަރުކާރުން މަސައްކަތް ކުރާކަމަށް ބަޔާނުގައި ވެއެވެ. އޭގެ ތެރޭގައި ނޫސްވެރިޔާ ދައުލަތުގެ އިދާރާތްތަކާއި ކުރާ ސުވާލުތަކަށް ޖަވާބު ނުދިނުމާއި، އިވެންޓުތަކުން ފުރުސަތު ދޭން ދެކޮޅު ހެދުން ހިމެނޭކަމަށް އިދިކޮޅުން ބުންޏެވެ.

ބަޔާނުގައި ބުނީ މީޑިއާ އަދި ނޫސްވެރިކަމަކީ ޑިމޮކްރަސީގެ ހަތަރުވަނަ ބާރުގެ ގޮތުގައި އޮތް ނަމަވެސް، ޒިންމާދާރު މަސައްކަތެއް ކުރުމުގައި އެއްބާރުލުން ނުލިބޭ ކަމަށެވެ. ނޫސްވެރިން ކުރާ ސުވާލުތަކަށް ޖަވާބުދީ، ރައީސުލްޖުމްހޫރިއްޔާ ވެސް ނޫސްވެރިންނަށް މައުލޫމާތު ހިއްސާ ކުރުމަށް އިދިކޮޅުން ވަނީ ގޮވާލާފަ އެވެ.

މީގެއިތުރުން  ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހުގެ މުނާސަބަތުގައި ދެއްވި ހިތޯބުގައި ރައީސް ވިދާޅުވީ ރާއްޖެއަކީ އޭޝިއާ ސަރަހައްދުގައި ނޫސްވެރިކަމުގެ މިނިވަންކަމުގެ ހައްގު މިހާރު އެންމެ ފުރިހަމައަށް ލިބިދީފައިވާ ގައުމު ކަމަށެވެ. ދިވެހި ނޫސްވެރިކަމަށް ފުރިހަމަ މިނިވަންކަން ދިނުމުގެ ނަތީޖާއާ މެދު ވަރަށް ހިތްހަމަޖެހި، އުފާ ކުރައްވާކަން ފާހަގަކޮށް އެމަނިކުފާނު ވިދާޅުވީ އެގޮތުގައި އަބަދުވެސް ދެމި ހުންނާނެ ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: