ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރަޖިސްޓްރީ ނުކޮށް ހިންގާ ވެބްސައިޓްތައް ޒިންމާދާރުކުރުމަށް މީޑިއާ ކައުންސިލްއިން މަސައްކަތްކުރަނީ

ޝެއާރކޮށްލާ ކަހަލަދޯ؟

ރަޖިސްޓްރީ ނުކޮށް ޚަބަރުފެތުރުމަށް ހިންގާ ވެބްސައިޓުތަކަކީ ވެސް “މީޑިއާ” ކަމަށް ބަލާތީ އެ ފަރާތްތަކުން ފަތުރާ ޚާބަރާއި މަޢޫލޫމާތުތައް މޮނިޓަރ ކުރުމާއި ޒިންމާދާރުކުރުމަކީ މޯލްޑިވްސް މީޑިއާ ކައުންސިލްގެ މެންޑޭޑްޓްގެ ތެރޭގައި ހިމެނޭކަމެއްކަމަށް އެ ކައުންސިލްއިން ބުނެފިއެވެ.

މީޑީއާ ކައުންސިލްއިން ހާމަކޮށްފައިވާ ގޮތުގައި އެ ކައުންސިލްގެ ޤާނޫނުގެ 36 ވަނަ މާއްދާގައި މަޢުލޫމާތާއި ހިޔާލާއި ޚަބަރު ފެތުރުމަށްޓަކައި ދިވެހިރާއްޖޭގައި ރަޖިސްޓްރީކޮށްގެންނާއި ނުކޮށް ހިންގާ ވެބްސައިޓްތައްވެސް ބަލަނީ މީޑީއާގެ ގޮތުގައި ކަމަށް ބުނެފައިވެއެވެ. އެހެންކަމުން އެފަދަ ވެބްސައިޓުތަކާއި ގުޅިގެން އާންމުންގެ ފަރާތުން ގިނަ ޝަކުވާތަކެއް ލިބެމުންދާކަން އެ ކައުންސިލްއިން ވަނީ ފާހަގަކޮށްފައެވެ.

މީޑިއާގެ ގޮތުގައި ރަޖިސްޓްރީ ނުކޮށް ހިންގާ ދިޔަވަރު ޑޮޓް ކޮމް، ކުރުސީ ޑޮޓް ކޮމް އަދި ދޮން އަމާ ޑޮޓް ކޮމް އިން ރައްޔިތުންނަށް އޮޅޭ ގޮތައް ހަގީގަތާ ހިލާފު ވާހަކަތައް ފެތުރަމުން އަންނަ ކަމަށް އާންމުންގެ ފަރާތުން ގިނަ ޝަކުވާތަކެއް ލިބެމުންދާކަމަށް އެ ކައުންސިލްއިން ނެރެފައިވާ ބަޔާނުގައި ބުނެފައިވެއެވެ.

އެމްއެމްސީން ބުނީ، މީޑިއާގެ ނަމުގައި ހަގީގަތާ ހިލާފު މައުލޫމާތުތައް ފަތުރަމުން އަންނަ އިރު އެއްވެސް ފިޔަވަޅެއް ނޭޅި އޮތުމަކީ ކަންބޮޑުވުމެއް ކަމެއް ކަމަށާއި ނަމަވެސް ކުރިޔަށް އޮތް ދުވަސްތަކުގައި މީޑިއާތަކާއި ކަމާގުޅޭ ޖަމިއްޔާތަކާއި ދައުލަތުގެ އިދާރާތަކާއި މުއައްސަސާތައް އަދި އާންމުންގެ ހިޔާލާ އެކު އެ މަސައްކަތް ވަރަށް އަވަހަށް ކުރާނެ ކަމަށް ބުނެފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: