ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އަލީ ހުސައިންގެ ސުވާލު: ކޮޗިން ފެރީގެ ސަބަބުން ތިލަދުންމަތީގެ ދަނޑުވެރިންނަށް ނޭދެވޭ އަސަރެއް ނުކުރާނެ؟

ޝެއާރކޮށްލާ ކަހަލަދޯ؟

އިންޑިއާ އާއި ރާއްޖެއާ ދެމެދު އިއްޔެ އިފްތިތާހުކުރި ކާގޯ ފެރީގެ ސަބަބުން ތިލަދުންމަތީގެ ދަނޑުވެރިންނަށް ނޭދެވޭ އަސަރެއް ނުކުރާނެތޯ ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސައިން ސުވާލު އުފައްދަވައިފިއެވެ.

އަލީ ހުސައިން މިހެން ވިދާޅުވީ ކޮޗިން ފެރީގެ ސަބަބުން ރާއްޖޭގެ އެކްސްޕޯޓް ރަނގަޅުވެ ރައްޔިތުންނަށް ގިނަ ފުރުސަތުތަކެއް ފަހިވެގެންދާނެ ކަމަށް މަކުނުދޫ ދާއިރާގެ މެމްބަރު މުޙައްމަދު ރާޢީ ވިދާޅުވުމާ ގުޅިގެންނެވެ.

އެގޮތުން އަލީ ހުސައިން ކުރެއްވި ޓްވީޓެއްގައި ވަނީ ކޮޗިން ފެރީގެ ސަބަބުން ތިލަދުންމަތީގެ ދަނޑުވެރިންނަށް ނޭދެވޭ އަސަރެއް ނުކުރާނެތޯ ސުވާލު ކުރައްވާފައެވެ. އަދި އޭގެ ސަބަބުން ކުޅުދުއްފުށީގައި ކޮންމެ ހޮނިހިރު ދުވަހު ބާއްވާ ބާޒާރަށް ވާނީ ކިހިނެތޯވެސް އަލީ ވާނީ ސުވާލު ކުރައްވާފައެވެ. ކުޅުދުއްފުށި ހޮނިހިރު ބާޒާރަކީ އެ ހއ، ހދ އަދި ށ އަތޮޅުގެ ރަށްތަކުގައި ހައްދާ ބާއްވަތްތައް އެންމެ ފަސޭހައިން ވިއްކޭނެ މަގެވެ.

އިންޑިއާ ކޮޗިން ބަނދަރުން ފުރި ފުރަތަމަ ކާގޯ ފެރީ ކުޅުދުއްފުއްޓަށް އަންނާނީ މި މަހުގެ 26 ވަނަ ދުވަހު ކަމަށެވެ. އަދި ކާގޯ ފެރީ މާލެ އަންނަނީ މި މަހުގެ 28 ވަނަ ދުވަހުއެވެ. މި ބޯޓަކީ 3000 މެޓްރިކް ޓަނުގެ މުދާ އުފުލޭ އުޅަނދެކެވެ.

މި ހިދުމަތް ފެށުމާއެކު ރާއްޖެ އާއި ކޮޗިންއާ ދެމެދު މަހަކު 2-3 ދަތުރު ކުރާނެ އެވެ. މި ދަތުރުތައް ކުރާނީ ކޮޗިން އިން ކުޅުދުއްފުށީގެ ޕޯޓަށާއި މާލޭގެ ޕޯޓަށެވެ.

އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ވިދާޅުވީ ކާގޯ ފެރީން ގެންނާނީ ރާއްޖޭގެ ވިޔަފާރިތަކަށް ވިޔަފާރިވެރިން ގަންނަ މުދާ ކަމަށާއި އެނޫން ކަމެއް އެކާގޯ ފެރީން ނުކުރާނެ ކަމަށެވެ. އަދި މި ފެރީއާއެކު ރާއްޖެ އާއި އިންޑިއާ އާ ދެމެދު މުދާ އުފުލުމުގެ ޔަގީންކަން ލިބިގެންދާނެ ކަމަށާއި މިހާރު ރާއްޖެއަށް އޮޕަރޭޓްކުރާ ކާގޯ އުޅަނދުތަކާއި މި ފެރީއާ ހުރި ހަމައެކަނި ތަފާތަކީ މި ފެރީއަކީ ޝެޑިއުލް ކުރެވިގެން ބޭއްވޭ ފެރީއަކަށްވުން ކަމަށް ފައްޔާޒު ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 50%ބޮޑު ޖޯކެއް 50%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: