ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ދައުލަތުގެ ބަޖެޓުން ސިޔާސީ ޕާޓީތަކަށް ފައިސާ ދިނުން ނިމުމަކަށް ގެންނަން ޖެހޭ: އަލީ ހުސައިން

އަލީ ހުސައިން--
ޝެއާރކޮށްލާ ކަހަލަދޯ؟

ދައުލަތުގެ ބަޖެޓުން ސިޔާސީ ޕާޓީތަކަށް ފައިސާ ދިނުން ނިމުމަކަށް ގެންނަން ޖެހޭ ކަމަށް ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސައިން ވިދާޅުވެއްޖެއެވެ.

އަލީ ހުސައިން މިހެން ވިދާޅުވީ ސިޔާސީ ޕާޓީތަކުގެ ގާނޫނަށް އިސްލާހު ގެނައުމަށް އިލެކްޝަންސް ކޮމިޝަނުން އިސްނަގައިގެން ސިޔާސީ ޕާޓީތަކާއި އެކު މަޝްވަރާކުރަން ފެށުމާ ގުޅިގެންނެވެ.

އެގޮތުން އަލީ ހުސައިން ކުރެއްވި ޓްވީޓެއްގައި ވަނީ ދައުލަތުގެ ބަޖެޓުން ސިޔާސީ ޕާޓީތަކަށް ފައިސާ ދިނުމާ، ސިޔާސީ ޕާޓީތަކަށް ރާއްޖެއިން ބޭރުގެ ފަރާތްތަކުން ފަންޑު ހޯދުމާ އަދި އީސީ އިން ޕާޓީ ތަކުގެ ދަފްތަރުތައް ބެލެހެއްޓުން، ނިމުމަކަށް ގެންނަންޖެހޭ ގޮތައް ގާނޫނު އިސްލާހު ކުރަން ހުށައެޅުން ކިހިނެތްވާނެތޯ ސުވާލު ކުރައްވާފައެވެ.

ސިޔާސީ ޕާޓީތަކާއި އެކު މަޝްވަރާ ކުރުމަށް ބޭއްވި ބައްދަލުވުން ފެށުމުގެ ގޮތުން ވާހަކަ ދައްކަވަމުން އީސީގެ ރައީސް އަހުމަދު ޝަރީފް ވިދާޅުވީ މީގެ ކުރިން ސިޔާސީ ޕާޓީތަކަށް ފައިސާ ދޫކުރަމުން އައީ ޕާޓީތަކުގެ ދަފްތަރުގައި ހުރި މެންބަރުންގެ އަދަދުން ކަމަށާއި، ހަމަ އެކަނި މެންބަރުންގެ އަދަދުން ސިޔާސީ ޕާޓީގެ ސަޕޯޓް ނޭނގޭ ކަމަށެވެ. އަދި އަލަށް އެކުލަވާލި ޑްރާފްޓްގައި އެކަމަށް އިސްލާހުތަކެއް ހުށަހަޅާފައިވާނެ ކަމަށް ވެސް ޝަރީފް ވިދާޅުވި އެވެ.

ޕާޓީތަކަށް ފައިސާ ބައި އެޅެން ޖެހޭ އަދަދަކަށް ވަނީ ތިން ހާސް މީހުންނާއި އެކު ޕާޓީއެއް ރަޖިސްޓުރީ ކުރުމުންނެވެ. ފައިސާ ދޫ ކުރަނީ ޕާޓީގައި ރަޖިސްޓުރީ ކޮށްފައި ތިބި މެމްބަރުން ގެ މައްޗަށް ބަލައިގެންނެވެ.

ވަރަށް ގަދަ
50%ވަރަށް ގަދަ 50%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

One Response

  1. ތިޔައީ ވަރަށް ބޮޑު ތެދުފުޅެއް ސިޔާސީ ޕާޓީތަކަށް ދައުލަތުން ފައިސާ ދިނުމަކީ ފައިސާ ކަނޑަށް އެޑުން ކަހަލަ ބޭކާރުކަމެއް !

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: