ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޖަވާބުދާރީވާން ފުރުސަތެއް ނުދޭ، ޕާޓީން ކުރާ ތުހުމަތުތަކުގެ ތަފްސީލު ބޭނުން: ޝުއައިބު

ޝެއާރކޮށްލާ ކަހަލަދޯ؟

އެމްޑީޕީގެ ފިޔަވަޅު އަޅާ ކޮމިޓީގެ ނައިބު މުގައްރިރުގެ މަގާމުން ސަސްޕެންޑުކުރީ ޖަވާބުދާރީވާން އެކަށީގެންވާ ފުރުސަތެއް ނުދީ ކަމަށް ވިދާޅުވެ ޕާޓީން ކުރާ ތުހުމަތުތަކުގެ ތަފްސީލު ސާފުކޮށްދޭން ޝުއައިބު އަލީ (ފުރަހަނި ޝުއައިބު) އެދިވަޑައިގެންފިއެވެ.

ރައީސް އޮފީހުގެ މިނިސްޓަރު އަދި އެމްޑީޕީގެ ނައިބު ރައީސް މުޙައްމަދު ޝިފާޒަށް، ޝުއައިބު ފޮނުއްވި ސިޓީއެއްގައި ވިދާޅުވެފައިވަނީ އޭނާގެ މައްޗަށް ތުހުމަތު ކުރަނީ ޕާޓީގެ އަގު ވައްޓާލުމާއި ފިތުނަ އުފެއްދުމާއި ޕާޓީ އަށް ގެއްލުންވާ ގޮތަށް އަމަލުކުރުން ކަމަށެވެ.

މީގެ އިތުރުން ރައީސުލްޖުމްހޫރިއްޔާ އާއި ޕާޓީގެ ރައީސަށް ނިސްބަތްކޮށް ހުތުރުބަހުން މުއާމަލާތް ކުރެއްވުން ހިމެނޭ ކަމަށް ޝުއައިބުގެ ސިޓީގައިވެއެވެ.

ޝުއައިބު ވިދާޅުވީ އެމްޑީޕީގެ ފިޔަވަޅު އަޅާ ކޮމިޓީން އެއްފަރާތް ކުރީ، އޭނާގެ މައްޗަށް ކުރި ތުހުމަތަށް ޖަވާބުދާރީވުމަށް އެކަށީގެންވާ ފުރުސަތެއް ނުދީ ކަމަށެވެ.

އެގޮތުން ޝުއައިބު އެދިލައްވާފައިވަނީ ރައީސުލްޖުމްހޫރިއްޔާ އާއި ޕާޓީގެ ރައީސަށް ހުތުރު ބަހުން މުއާމަލާތް ކުރައްވާފައިވާ ކަމަށް ޕާޓީން ކުރާ ތުހުމަތުގެ ތަފްސީލުތައް ހާމަކޮށް ދެއްވުމަށެވެ.

ފިޔަވަޅު އަޅާ ކޮމިޓީން މިދިޔަ ހަފުތާގައި އޭނާ ސަސްޕެންޑްކުރީ އެ ކޮމިޓީގެ ނައިބު މުގައްރިރުގެ ގޮތުގައި ހުންނަވައި، ސޯޝަލް މީޑިއާގައި އެމްޑީޕީގެ އަގު ވައްޓާލަން މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް ބުނެ ހުށަހެޅި މައްސަލައިގައި ކަމަށް އެ ޕާޓީން ވަނީ ބުނެފަ އެވެ.

ޝުއައިބު ވިދާޅުވީ އޭނާ އަކީ އެމްޑީޕީ އަށް ގެއްލުންވާނެ ގޮތަށް އަމަލުކުރާނެ މީހެއް ނޫންކަން ޕާޓީގެ އިސް ފަރާތްތަކަށް އެނގިވަޑައިގަންނަވާނެ ކަމަށެވެ.

އެމްޑީޕީގެ އަގު ވައްޓާކަމުގެ ތުހުމަތު ޝުއައިބަށް ކޮށްފައިވާއިރު އޭނާ ގެންދަވަނީ ޓުވިޓާގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ކާޓޫން ކުރަހައި ތަފާތު މެސެޖު އާއްމުކުރައްވަމުންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: