ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިއުތިރާފު އެއްބަސްވުމެއް އެކުލަވާލުމަށް އާތިފް ހުށަހަޅުއްވައިފި

އެމްއެމްއޭގެ ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓް (އެފްއައިޔޫ)ގެ ކުރީގެ އިސްވެރިޔާ އިބްރާހިމް އާތިފް ޝަކޫރު:_ފޮޓީ: ސަން
ޝެއާރކޮށްލާ ކަހަލަދޯ؟

އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތުގެ މައްސަލައިގައި މަނީ ލޯންޑަރިން އަދި ޓެރަރިޒަމަށް ފައިނޭންސް ކުރުން ހުއްޓުވުމުގެ ގާނޫނާ ޚިލާފުވުމުގެ ކުށުގެ ދައުވާއަށް އެމްއެމްއޭގެ ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓް (އެފްއައިޔޫ)ގެ ކުރީގެ އިސްވެރިޔާ އިބްރާހިމް އާތިފް ޝަކޫރު ދައުލަތާއެކު އިއުތިރާފު އެއްބަސްވުމެއް އެކުލަވާލުމަށް ހުށަހަޅުއްވައިފިއެވެ.

އާތިފްގެ މައްޗަށް ދައުވާ ކުރަނީ އެމްއެމްޕީއާރުސީން ދައުލަތަށް ވަންނަން ޖެހޭ ފައިސާ އެސްއޯއެފްގެ އެކައުންޓްތަކަށް ޖަމާކޮށް، އެ ފައިސާ އިން މަނީ ލޯންޑެރިންގެ މުއާމަލާތް ހިންގި އިރު އެކަން ހުއްޓުވަން އިހުމާލުވި މައްސަލައިގައެވެ.

އަންގާރަ ދުވަހު އޮތް އިބްތިދާއީ އަޑު އެހުމުގައި އާތިފް ވިދާޅުވީ ޕީޖީ އޮފީހާއެކު އެއްބަސްވުމަކަށް އައުމަށް މަޝްވަރާ ކުރައްވަމުންދާ ކަމަށެވެ. އަދި އެއީ އޭނާގެ މައްޗަށް އުފުލާފައިވާ ދައުވާ ގުޅިގެން އެއްބަސް ވުމަކަށް އާދެވޭތޯ ކަމަށް އާތިފް ވިދާޅުވިއެވެ.

މީގެ އިތުރުން ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހާ އެކީގައި ފެށިފައި އޮތް މަޝްވަރާތައް ނިންމާލުމަށް ވަގުތު ދެއްވައިފި ނަމަ ރަނގަޅު ކަމަށް އާތިފް ވިދާޅުވިއެވެ.

އާތިފްގެ މައްޗަށް އުފުލާފައިވާ ދައުވާއާ ގުޅިގެން ޕްރޮސެކިއުޓަރ ޖެނެރަލް (ޕީޖީ) އޮފީހާއި މަޝްވަރާ ކުރެއްވިޔަސް އަދި އެކަމުގައި ގޮތެއް ނިންމާފައެއް ނުވެއެވެ.

އާތިފްގެ ވާހަކަތަކާއި ގުޅިގެން މައްސަލަ ބައްލަވާ ގާޒީ އަހުމަދު ޝަކީލް ވިދާޅުވީ ދައުލަތުން އުފުލާފައިވާ ދައުވާއާ މެދު ވަކި ގޮތެއް ކޯޓަށް ނާންގާ ހިނދެއްގައި ދައުވާ ކުރިޔަށް ގެންދަންޖެހޭ ކަމަށެވެ.

އެމްއެމްޕީއާރްސީގެ ޚިޔާނާތުގެ ފައިސާތައް ދައުރުވަމުން ދިޔައިރު އެކަމުގައި ފިޔަވަޅު ނާޅުއްވައި އިހުމާލުވެ ވަޑައިގެން ކަމުގެ ތުހުމަތުގައި އާތިފް ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީއަށް 2019 އަހަރުގެ އޯގަސްޓް މަހު ހާޒިރުކޮށް ސުވާލުކުރުމުން ކަން ހިނގައިދިޔަ ގޮތް ވިދާޅުވެ ތުހުމަތުތަކަށް ވަނީ އިންކާރު ކުރައްވާފައެވެ.

ތުހުމަތުތަކާ ގުޅޭ ގޮތުން އޭރު އާތިފް ވިދާޅުވެފައިވާ ގޮތުގައި ބޮޑު ހިޔާނާތުގެ ފައިސާ އެސްއޯއެފް މެދުވެރިކޮށް ބޭރުކުރަމުން ދިޔަ އިރު އެ މައްސަލަ ފުލުހަށް ހުށަހަޅަން އެތައް ފަހަރަކު މަސައްކަތް ކުރެއްވެވިއެވެ.

އޭރު ޝައްކު ކުރެވޭ މުއާމަލާތްތައް ހިންގަމުން ދިޔައިރު އެ ވާހަކަތައް އޭރު ގަވަރުނަރަކަށް ހުންނެވި އަޒީމާ އަށް ދަންނަވަމުން ގެންދެވި ކަމަށާއި މަދުވެގެން ހަތަރު ފަހަރު އެފަދަ މައްސަލަތައް އާޒިމާއާ ހަމައަށް ގެންދެވި ކަމަށް އާތިފް ވިދާޅުވެފައިވެއެވެ.

މަނީ ލޯންޑްރިންގެ އަމަލެއް ހިންގަން އުޅުމަކީ ނުވަތަ އެ ކުށް ކުރުމުގައި އެހީތެރިވެދިނުމަކީ ނުވަތަ މަގުފަހިކޮށްދިނުމަކީ ކުށެކެވެ. އެ ކުށް ކުރުމަށް ހިތްވަރުދިނުން ވެސް އޮތީ ބޮޑު ކުށެއްގެ ގޮތުގައި ކަނޑައަޅައިފައެވެ.

އެކުށުގެ އަދަބަކީ 50،000ރ އާއި 500،000ރ. އާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރުމާ އެކު ދެ އަހަރާއި ދިހަ އަހަރާއި ދެމެދުގެ މުއްދަތަކަށް ޖަލަށް ލުމެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 100%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: