ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ގިނަ އަދަދެއްގެ ބަނގުރަލާއެކު މާލެއިން ހަތަރު މީހަކު ހައްޔަރުކޮށްފި

މީގެ ކުރިން ފުލުހުން އަތުލައިގަތް ބަނގުރާ ފުޅިތަކެއް--
ޝެއާރކޮށްލާ ކަހަލަދޯ؟

މާލޭގައި ޕިކަޕެއް ބަލައި ފާސްކޮށް ގިނަ އަދަދެއްގެ ބަނގުރާ އާއެކު ހަތަރު މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނީ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓާއި ޑްރަގް އިންޓެލިޖެންސް ގުޅިގެން ހިންގި އެ އޮޕަރޭޝަނުގައި، ހަނދުވަރީ ހިނގުމުން ދުއްވާފައިދިޔަ ޕިކަޕެއް ހުއްޓުވައި ބަލައި ފާސްކުރިއިރު 10 ޕެކެޓު ބަނގުރާ އާއި، 72 ފުޅި ބަނގުރާ އަދި 192 ދަޅު ބިޔަރު ފެނިފައިވާ ކަމަށެވެ.

މި މަހުގެ 21 ވަނަ ދުވަހު ހިންގި އެ އޮޕަރޭޝަނުގައި އެ ޕިކަޕު ހުއްޓުވަން ފުލުހުން މަސައްކަތްކުރުމުން، އޭގައި ތިބި ބިދޭސީން ފިލަން މަސައްކަތްކޮށް ފުލުހުންނަށް ހަމަލާދީފައިވާ ކަމަށް ފުލުހުން ހާމަކުރެއެވެ.

މި މައްސަލައާ ގުޅިގެން 31 އަހަރުގެ ދިވެހި ފިރިހެނަކާއި 26 އަހަރުގެ ބަނގުލަދޭޝް ދެ ފިރިހެނުންނާއި 28 އަހަރު ފިރިހެނަކު ހައްޔަރުކޮށް މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން ބުނެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: