ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކުއްލި ޖަލްސާއެއްގައި ބޮޑެތި މައްސަލަތައް ނުނިންމޭ ގޮތަށް އީސީގެ ގަވައިދު ބަދަލުކޮށްފި

އީސީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގެ ތެރެިއން: ފައިލް ފޮޓޯ
ޝެއާރކޮށްލާ ކަހަލަދޯ؟

އިލެކްޝަންސް ކޮމިޝަން (އީސީ) ގެ ކުއްލި ބައްދަލުވުންތަކުގައި އިންތިޚާބުތަކާ ގުޅޭގޮތުން ހުށަހެޅޭ މައްސަލަތައް ނުބެލޭ ގޮތަށް އެކޮމިޝަނުގެ ގަވައިދު އިސްލާހުކޮށްފިއެވެ.

މިދިއަ ހަފްތާގައި އިލެކްޝަންސް ކޮމިޝަނުން ގެޒެޓުކޮށްފައިވާ އެކޮމިޝަނުގެ ގަވައިދަށް ގެނައި ތިން ވަނަ އިސްލާހުގައި، އިންތިޚާބުތަކާއި ގުޅޭގޮތުން ހުށަހެޅޭ މައްސަލަތަކުގެ އިތުރުން ކުއްލި ބައްދަލުވުމުގައި ނުނިންމޭނެ ކަންކަންވަނީ ބަޔާންކޮށްފައެވެ.

އެގޮތުން ކޮމިޝަނުގެ ހިންގުމުގެ އޮނިގަނޑަށް ބަދަލުގެނައުމާއި، ބަޖެޓާއި، ފައިސާއާ ގުޅޭ ކަންކަމަކީ ކުއްލި ޖަލްސާތަކުގައި ނުނިންމޭނެ ކަންކަމުގެ ގޮތުގައިވަނީ ބަޔާންކޮށްފައެވެ.

މީގެ އިތުރުން ކުއްލި ޖަލްސާއެއްގައި ކޮމިޝަނުގެ ގަވާއިދަށް ބަދަލުގެނައުމާއި މުވައްޒަފުންގެ ވަޒީފާއާއި، މުސާރައާއި، ޢިނާޔަތްތަކަށް ބަދަލުގެނައުމަށް ނުނިންމޭނެ ކަމަށް އިސްލާހުކުރި ގަވައިދުގައިވެއެވެ.

ކޮމިޝަނުގެ ރައީސް ނުވަތަ ނާއިބު ރައީސް އިންތިޚާބުކުރުމާއި، މެންބަރުންނާއި މުވައްޒަފުން ރާއްޖެއިން ބޭރަށް ކުރާ ރަސްމީ ދަތުރުތައް ހަމަޖެއްސުމާއި ކޮމިޝަނަށް އައު މުވައްޒަފަކު ލެއްވުމާއި މުވައްޒަފަކު ވަޒީފާއިން ވަކިކުރުމަކީ ކުއްލި ޖަލްސާއަކުން ކުރެވޭނެ ކަމެއް ނޫން ކަމަށް ބަޔާންކޮށްފައިވެއެވެ.

އީސީގެ ގަވައިދަށް ގެނައި އިސްލާހުގައި ވާ ގޮތުން ކުއްލި ޖަލްސާއަކީ، ކޮމިޝަނުގެ ހިންގުމާ ގުޅޭ ނުވަތަ މަސައްކަތާ ގުޅޭ މުހިންމު ކަމަކާމެދު މަޝްވަރާ ކުރުމަށް ޓަކައި މެންބަރަކު އެދިގެން ކުއްލިއަކަށް ބާއްވާ ޖަލްސާއެވެ.

ކޮމިޝަނުގެ ކޮންމެ މެންބަރަކަށްވެސް ކުއްލި ޖަލްސާއެއް ބާއްވައި ދިނުމަށް އެދެވިދާނެ ކަމަށް ގަވައިދުގައިވެއެވެ. އަދި ކުއްލި ޖަލްސާއަށް ހާޒިރުވުމަށް މެންބަރުންނަށް އަންގާއިރު، ޖަލްސާ ބާއްވާ ބޭނުން ބަޔާންކުރަންވާނެ ކަމަށާއި ކުއްލި ޖަލްސާގެ ޔައުމިއްޔާ، ކޮމިޝަނަރސް ބިއުރޯއިން ގަވާއިދުން ލިޔެ ބަލަހައްޓަންވާނެ ކަމަށް ގަވައިދުގައިބުނެފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: